ކޮމިއުނިޓީ އާރބަން ފަރމިންގ މަޝްރޫއުގެ ގުރުއަތު ނަގައިފި

29 Dec 2020 | 05:48

ހުޅުމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ރަށްވެހި ދަނޑުވެރިކަން ނުވަތަ ކޮމިއުނިޓީ އަރބަން ފާމިންގ މަޝްރޫޢުގެ ދަށުން ހުޅުމަލޭގައި ދަނޑުވެރިކަން ކުރަން ހުޅުވާލި ފުރުޞަތަށް ކުރިމަތިލެއްވި ފަރާތްތަކުގެ މެދުގައި މިއަދު ގުރުއަތު ނަގައިފިއެވެ.

މިގޮތުން ހުުޅުމާލޭ ގާޒީ ސްކޫލުގައި ބޭއްވުނު ގުރު ނެގުމުގެ ރަސްމިއްޔާތުގައި ވަނީ ތިން ގިންތިއަކަށް ބަހާލާއިގެން 3 ދަނޑުވެރިން އެކުލެވޭ ގްރޫޕްތަކުން 16 ގްރޫޕެއް ހޮވިފައެވެ. ހުޅުމާލެ ނެއިބާހުޑް 3 އިން ޖުމްލަ 19.877.26 އަކަފޫޓު 16 ޕްލޮޓަށް ބަހާލައިގެން ހުޅުވާލި މިފުރުޞަތުގައި 393 ފަރާތަކުން ވަނީ ފޯމު ހުށަހަޅާފައެވެ.

އަންހެނުނަށް ޙައްޞަ ކެޓަގަރީއަށް 168 ބޭފުޅުން ފޯމުލައިފާ ވާއިރު، "ޒުވާނުން އަދި ނުކުޅެދުންތެރިކަމެއް ހުންނަ" ފަރާތްތަކުގެ ކެޓަގަރީއަށް 78 ފަރާތަކުން ފޯމު ހުށަހަޅާފައިވާ އިރު "އެހެނިހެން" ކެޓަގަރީ އަށް 147 ފޯމު ހުށަހަޅާފައިވެއެވެ.

މި 3 ގިންތިއަށް ވެސް ވަކި ގުރެއް ނެގުނު އިރު، ފުރަތަމަ ގުރު ނަގާފައިވަނީ "އަންހެނުންނަށް" ޙާއްޞަ ކެޓަގަރީއިންނެވެ. މި ކެޓަގަރީއިން ވަނީ 6 ގްރޫޕްގެ ނަމްބަރު ނަގާފައެވެ. "ޒުވާނުން އަދި ނުކުޅެދުންތެރިކަމެއް ހުންނަ ފަރާތްތަކަށް ޙާއްޞަ "ކެޓަގަރީއިން 5 ގްރޫޕް ހޮވުނު އިރު، "އެހެނިހެން" ކެޓަގަރީއިން ވެސް ވަނީ 5 ގްރޫޕް ހޮވިފައެވެ. މި ކެޓަގަރީގެ ގުރު ނެގިފައިވަނީ ކުރިން ދެންނެވުނު 2 ކެޓަގަރީއިން (އެހެނިހެން އަދި ޒުވާނުން އަދި ނުކުޅެދުންތެރިކަމެއް ހުންނަ ފަރާތްތަކަށް ޙާއްޞަ ) ހޮވިފައިނުވާ ހުރިހާ ފަރާތްތަކެއްވެސް ހިމަނަައިގެންނެވެ.

މީގެ އިތުރުންވެސް ކޮންމެ ކެޓަގަރީ އަކުން ވެއިޓް ލިސްޓުގެ ގޮތުގައި އިތުރު 3 ނަންބަރުވެސް ވަނީ ނަގާފައެވެ. މި ކެޓަގަރީތަކުން ހޮވިފައިވާ ނަންބަރުތަކަކީ:

މިމަޝްރޫޢު ކުރިއަށް ގެންދިއުމުގެ އެއްމެ ބޮޑު މަޤުސަދަކީ ދަނޑުވެރިކަމުގެ ސިނާޔަތް ކުރިއަރުވާ ދަނޑުވެރިކަމަށް އަޙުލުވެރިކޮށް މި ދާއިރާއިން ގިނަ ބަޔަކު ބިނާކުރުންކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ. އަދި ހުޅުމާލޭގައިވާ ހުސް ޖާގަތައް ހެޔޮގޮތުގައި ބޭނުންކޮށް އަދި ކޮވިޑް19 ގެ ސަބަބުން މާލީގޮތުން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވާ ފަރާތްތަކަށް ދެމެހެއްޓެނެވި ގޮތެއްގައި އާމްދަނީ ލިބޭން ގޮތެއް ހޯދައިދިނުމަަކީ ވެސް މި މަޝްރޫޢުގެ އެއްމެ މައިގަނޑު އެއް މަޤްޞަދެވެ.

Advertisement

ކޮމެންޓް