ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 19 މީހުން!

01 Jan 2021 | 01:54

ދިވެހިރާއްޖެއިން އިތުރު 19 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗް.ޕީ.އޭއިން ޢާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 19 މީހަކު ވަނީ އަލަށް ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި މާލޭ ސަރަހައްދުން ޕޮޒިޓިވްވި 14 މީހުން އަދި މީހުން އުޅޭ ރަށްރަށުން ޕޮޒިޓިވްވި 5 މީހަކު ހިމެނެއެވެ.

މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 13،757 އަށް އަރާފައެވެ. މީގެ ތެރެއިން 27 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 13،141 އަށް އަރާފައެވެ.

Advertisement

ކޮމެންޓް