ރައީސް ޔާމީން ޖަލަށްލި މައްސަލައިގެ އިސްތިއުނާފްގެ ޙުކުމް ކުރުން އަންނަ ބުރާސްފަތި ދުވަހު

07 Jan 2021 | 00:57

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ގއ.ވޮޑަމުއްލާ ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުންތައް ނިންމައި، އަންނަ ޙަފްތާގެ ބުރާސްފަތި ދުވަހު ހުކުމް ކުރުން ބޭއްވުމަށް ހައިކޯޓުން ތާވަލުކޮށްފިއެވެ.

ހައިކޯޓުން ވިދާޅުވީ، ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާ މައްސަލައިގެ ޙުކުމް ކުރުން ޖަނަވަރީ މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ އަމަލެއް ހިންގުމުގެ ކުށް ސާބިތުވެ ފަސް އަހަރަށް އެމަނިކުފާނު ޖަލަށްލުމާއެކު ފަސް މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކޮށް، އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކަން ނޮވެންބަރު 28، 2019 ގައި ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

އެމައްސަލައިގެ އަޑުއެހުންތައް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ނިންމާލާަފއި ވީނަމަވެސް އެމައްސަލައިގައި ޙުކުމް ނުކޮށް ދިގުދެމިގެންދާތީ ރައީސް ޔާމީންގެ ވެކީލުންނާއި، ޢާޢިލާ ބޭފުޅުން އަދި އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

Advertisement

ކޮމެންޓް