އެމްޕީއެލްގައި ބިއްލޫރި ޕެލެޓެއް ވެއްޓި، އަނިޔާވި ޒުވާނާ ނިޔާވެއްޖެ

16 Jan 2021 | 11:53

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް (އެމްޕީއެލް)ގައި ބިއްލޫރި ޕެލެޓެއް ވެއްޓި، ތާށިވި މީހާ ނިޔާވެއްޖެއެވެ.

އުމުރުން 27 އަހަރުގެ އަބްދުﷲ އާސިމް ނިޔާވީ އެ ޙާދިސާގައި ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ރޭގެ ފަތިހުގެ ވަގުތެއްގައެވެ.

މިޙާދިސާ ހިނގާފައިވަނީ ކޮންޓެއިންރެއްގައި އޮތް ބިއްލޫރި ޕެލެޓެއް ފޯކް ލިފްޓުގެ އެހީގައި ބާލަން އުޅުމުގެ ތެރޭގައެވެ.އަދި ބިއްލޫރި ޕެލެޓްުގެ ތެރޭގައި އާސިމް ތާށިވުމާއި ގުޅިގެން އޭނާ ސަލާމަތް ކޮށްފައިވަނީ އެމްއެންޑީއެފް އިންނެވެ.

މިމަހުގެ 7 ވަނަ ދުވަހު އެމްޕީއެލްގައި ބިއްލޫރު ޕެލެޓެއް ނެރުމުގެ ތެރޭގައި ދެޒުވާނަކަށް ވަނީ އަނިޔާވެފައެވެ.އަދި މިޙާދިސާ ތަޙްޤީޤުކޮށް މިފަދަ ކަމެއް ތަކުރާރުވިޔަނުދިނުމަށް، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށްވެސް އެމްޕީއެލް އިން ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް