މީޑިޔާތަކަށް ތަފާތުކުރުމެެއް ނެތި ފުރުސަތު ފޯރުކޮށްދޭން މީޑިޔާ ކައުންސިލުން ރައީސް އޮފީހުގެ ކިބައިން އެދިއްޖެ

28 Feb 2021 | 12:47

މީޑިޔާތަކަށް ތަފާތުކުރުމެެއް ނެތި ފުރުޞަތު ފޯރުކޮށްދޭން މޯލްޑިވްސް މީޑިޔާ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކިބައިން އެދިއްޖެއެވެ.

އެ ކައުންސިލުން މިފަދައިން އެދިފައިވަނީ ފުލެޓުތަކުގެ މައްސަލަބަލާ ކޮމެޓީއާ ދެކޮޅަށް "ވޮއިސް" ނޫހުން ހުށައެޅި މައްސަލައެއް ބެލުމަށްފަހު މި ނޫހަށް ފޮނުވި ސިޓީއެއްގައެވެ.

ވޮއިސްއިން ފުލެޓުތަކުގެ މައްސަލަބަލާ ކޮމެޓީއާ ދެކޮޅަށް އެމްއެމްސީއަށް މައްސަލަ ހުށައެޅީ މި ނޫހަށް ވީޑިޔޯ އިންޓަރވިއުއެއްދޭން އިންކާރުކުރުމަށްފަހު، ރާއްޖޭގެ އެހެން މީޑިޔާއަކަށް ވީޑިޔޯ އިންޓަރވިއުއެއް ދިނުމުންނެވެ.

މި ނޫހުން ދެކެނީ މި ޢަމަލަކީ މީޑިޔާތަކުގެ މެދުގައި ތަފާތުކުރުން ކަމުގައެވެ.

މީޑިޔާ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީ ސޮއިކުރައްވާ ވޮއިސްއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ހުށައަޅާފައިވާ ޝަކުވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސަމާލުކަމަަށް ގެނެވިފައިވާކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެއްވެސް މީޑިއާއެއް ތަފާތުކުރުމެއް ނެތި ފުރުޞަތު ފޯރުކޮށްދޭން ކައުންސިލުން އެދިފައިވާނެކަމަށްވެސް ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް