މެޖިސްޓްރޭޓުންގެ ފޯނު އެލަވަންސްގެ ގޮތުގައި މަހަކު 500 ރުފިޔާ ދެނީ

02 Mar 2021 | 23:24

މެޖިސްޓްރޭޓުންގެ ފޯނު އެލަވަންސް ގެ ގޮތުގައި މަހަކު 500 ރުފިޔާ ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މެޖިސްޓްރޭޓުންނަށް ފޯނު އެލަވެންސެއް ހަމަޖައްސައި ދިނުމަށް އެދުނީ ޖުޑީޝަލް ސާވިސް ކޮމިޝަނުންނެވެ.

މިގޮތުން އެ މައްސަލަ ދިރާސާ ކުރި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ 59 މެމްބަރުންގެ ވޯޓާއިއެކު ނިންމީ މެޖިސްޓްރޭޓުންނަށް އެލަވެންސްގެ ގޮތުގައި 500 ރުފިޔާ ދިނުމަށެވެ.

މަޖިލީހުގެ މި ނިންމުމަށް ޢަމަލުކުރަން ފަށާނީ އަންނަ އޭޕްރިލް މަހުން ފެށިގެންނެވެ.

މިއަދު މަޖިލީހުން ފާސްކޮށް މެޖިސްޓްރޭޓުންނަށް ފޯނު އެލަވަންސެއް ދޭން ނިންމިއިރު، ރާއްޖޭގެ މަތީ ކޯޓުތަކުގެ ފަނޑިޔާރުންނަށް މަހަކު 1000 ރުފިޔާގެ ފޯނު އެލަވަންސެއް ލިބެއެވެ.

Advertisement

ކޮމެންޓް