މިއަހަރުގެ އޮގަސްޓް މަހުގައި މާލޭގައި ބޮޑު ޓީޓީ މުބާރާތްތަކެއް ބާއްވަނީ
މިއަހަރުގެ އޮގަސްޓް މަހުގައި މާލޭގައި ޓޭބަލް ޓެނިސްގެ ބޮޑު ތިން މުބާރާތް ބާއްވަން ނިންމައިފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ ޔޫތު މިނިސްޓަރ އަހުމަދު މަޚްލޫފެވެ.
މަޚްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަހަރުގެ އޮގަސްޓް މަހުގައި މާލޭގައި ޓީޓީގެ ކޮމަންވެލްތު ޔޫތު ޓުއަރ، ސައުތު އޭޝިޔަން ޖޫނިއަރ އަދި ކެޑޭޓް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ ޤައުމީ ޓީމުތަކަށް އައު ހެޑް ކޯޗެއް ހަމަޖައްސާފައިވާކަމަށްވެސް އެބޭފުޅާ ވަނީ އިޢުލާންކުރައްވާފައެވެ.
އެއީ ގްރީސްގެ ޤައުމީ ޓީޓީ ޓީމުތަކަށް ކޯޗްކޮށްދީފައިވާ ކޮސްޓޮޕޯލޮސްއެވެ. ދިވެހިރާއްޖެއިން ފާއިތުވެދިޔަ ދެ އަހަރުގެ ތެރޭގައި ވަނީ ޓީޓީން ސަރަޙައްދީ ފެންވަރުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން އެންމެފަހުން ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ޤައުމީ އަންހެން ޓީމުން ހޯދި ކާމިޔާބީތައް ފާހަގަކޮށްލެވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް