"ނޭޝަން ޗެޓް" ސިލްސިލާ ޕޮޑްކާސްޓްގެ 6 ވަނަ އެޕިސޯޑްގައި ރައީސް ވާހަކަފުޅުދައްކަވަނީ
"ނޭޝަން ޗެޓް" ސިލްސިލާ ޕޮޑްކާސްޓްގެ 6 ވަނަ އެޕިސޯޑްގައި ރައީސް ވާހަކަފުޅުދައްކަވަނީ
ހަބަރު 28 Oct 2026 | 17:31

ހަރަދުކުޑަކުރަން "މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް" އުވާލައި "މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް" އުފައްދަނީ

ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކޮށް، ޚަރަދު ކުޑަކުރުމަށްޓަކައި، "މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް" އުވާލައި "މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް" އުފައްދަން ނިންމެވިކަން ހާމަކުރައްވައި، މީގެ ސަބަބުން ޚިދުމަތް ދިނުން ހަލުވިވެ، ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

"ނޭޝަން ޗެޓް" ސިލްސިލާ ޕޮޑްކާސްޓްގެ 6 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސިއްޙީ ދާއިރާ ތަރައްޤީކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު އަމާޒެއްކަމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޓަރޝަރީ ހޮސްޕިޓަލްތައް ޤާއިމުކުރުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށެވެ.

އަދި އަތޮޅު ހޮސްޕިޓަލްތަކާއި ރަށު ސިއްޙީ މަރުކަޒުތަކުގެ ފެންވަރު މަތިކުރުމުގެ މަސައްކަތްވެސް ކުރެވެމުންދާކަމަށާއި، މީގެ ބޭނުމަކީ ރައްޔިތުންނަށް ބޭނުންވާ ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތް، އެމީހަކު ދިރިއުޅޭ ރަށަކުން ނުވަތަ އަތޮޅަކުން ލިބޭނެ މަގު ފަހިކޮށްދިނުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ޞިއްޙީ ބޭނުންތަކަށްޓަކައި ބޭރަށްކުރަންޖެހޭ ދަތުރުތައް މަދުކުރުމުގެ މަސައްކަތްތައްވެސް ހަލުވި ދުވެލީގައި ކުރެވެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސިއްޙީ ދާއިރާގެ ހިންގުން ހަރުދަނާކޮށް، ޚިދުމަތުގެ ފެންވަރު މަތިކޮށް، އަދި ޚަރަދުތައް ކުޑަކުރެވޭ އުސޫލަކުން ކަންކަން ކުރެއްވުމަށްޓަކައި، "މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް" އުވާލައި "މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް" އުފައްދަން ނިންމެވީ ކަމަށާ، މި ބަދަލާއެކު ސިއްޙީ ދާއިރާގައި ހުރި ތަކުރާރުވުންތައް ނައްތާލެވި، ހިންގުމުގެ ހަރުދަނާކަން އިތުރުވެގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އައު ގްރޫޕުގެ ދަށުން، ސަރުކާރުގެ ހުރިހާ ޓަރޝަރީ ހޮސްޕިޓަލްތަކާއި، ޓަރޝަރީ ފެންވަރަށް ތަރައްޤީކުރަމުންދާ ސަރުކާރުގެ ހޮސްޕިޓަލުތައް އެއް ވިއުގައަކުން ގުޅާލެވިގެންދާނެކަމަށާ، މީގެ މައިގަނޑު ބޭނުމަކީ އެއް ހޮސްޕިޓަލާއި އަނެއް ހޮސްޕިޓަލާ ދެމެދު ވަސީލަތްތައް ޙިއްޞާކުރުމާއި، އެއް ތަނުން އަނެއް ތަނަށް ޑޮކްޓަރުންގެ ފަންނީ ޚިދުމަތުގެ ބޭނުން ކުރެވޭނެ ގޮތްތައް ފަސޭހަކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

އަންނަ ނޮވެމްބަރު މަހުން ފެށިގެން 3 މަސް ނުވަތަ އެންމެ ގިނަވަގެން 4 މަސްދުވަހުގެ ތެރޭގައި އައު ނިޒާމުގެ ދަށުން ހޮސްޕިޓަލުތައް ގުޅާލެވޭނެކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މިއީ މުވައްޒަފުންތަކެއް އިތުރުކުރެވޭނެ މަޝްރޫޢެއް ނޫންކަންވެސް ހާމަކުރައްވާފައެވެ. މި ބަދަލާއެކު، ސަރުކާރު ޚަރަދުގައި ތަޢުލީމު ހާސިލުކުރައްވާ ޑޮކްޓަރުންގެ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ލިބިގަނެވޭނެ އުސޫލުތައް ގާއިމުކުރެވި، ޚާއްޞަ ދާއިރާތަކުން އެންމެ މަތީ ފަންތީގެ ޚިދުމަތްތަކަށް ޚާއްޞަ ބޭރުގެ ޑޮކްޓަރުން ރާއްޖޭގައި ޤާއިމުވެ ތިއްބަވައިގެން ޚިދުމަތް ފޯރުކޮށްދެއްވުން ފަދަ އިންތިޒާމުތައްވެސް ހަމަޖެހިގެންދާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ގޯއްޗަށްލީ މީހުންގެ ތެރެއިން ޝަރުތުހަމަވާ އެންމެނަށް ރަސްމާލޭން ބިން ލިބޭނެ، އެވަރަށް ބިން އެބައޮތް: ރައީސް
28 Oct 2026 ހަބަރު

ގޯއްޗަށްލީ މީހުންގެ ތެރެއިން ޝަރުތުހަމަވާ އެންމެނަށް ރަސްމާލޭން ބިން ލިބޭނެ، އެވަރަށް ބިން އެބައޮތް: ރައީސް

ރަސްމާލެއިން ބޯހިޔާވަހިކަމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން، ހުރިހާ ގިންތިއަކުން ޝަރުތުހަމަވާ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވާނެކަމުގެ ޔަޤީންކަން އެބައޮތްކަންވެސް، ޕޮޑްކާސްޓްގެ މި އެޕިސޯޑްގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

ސަލާމަތީ ސަބަބުތަކަކަށްޓަކައި، މާދަމާ ފުރަން އޮތް މޯލްޑިވިއަންގެ ޖިއްދާ ފްލައިޓް ފަސްކޮށްފި
28 Oct 2026 ހަބަރު

ސަލާމަތީ ސަބަބުތަކަކަށްޓަކައި، މާދަމާ ފުރަން އޮތް މޯލްޑިވިއަންގެ ޖިއްދާ ފްލައިޓް ފަސްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވަމުން ދިއުމުގެ ސަބަބުން، ބައެއް އެއާލައިންތަކުން މިހާރު ވަނީ ސައުދީ އަރަބިއްޔާއަށް ކުރާ ދަތުރުތައް މެދުކަނޑާލާފައެވެ.

ތުލުސްދޫ ކައިރިން ދަތުރުކުރި ދެ ލޯންޗް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
28 Oct 2026 ހަބަރު

ތުލުސްދޫ ކައިރިން ދަތުރުކުރި ދެ ލޯންޗް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 19:55 ހާއިރުކަމަށެވެ. އެކްސިޑެންޓްގައި ދެ މީހަކަށް އަނިޔާވި ކަމަށް ފުލުހުން ބުންޏެވެ.

ބަނގުރާ ބޭނުންކޮށް ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހިތަދޫއިން ދެމީހުން ހައްޔަރުކޮށްފި
28 Oct 2026 ހަބަރު

ބަނގުރާ ބޭނުންކޮށް ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހިތަދޫއިން ދެމީހުން ހައްޔަރުކޮށްފި

މި އޮކްޓޫބަރު މަހުގެ 18 ވަނަ ދުވަހުގެ ރޭ އެ ދެމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި ދެ ފުޅި ފެނިފައިވެއެވެ.

ހދ. އަދި ށ. އަތޮޅުގެ ޔުޓިލިޓީ ހިދުމަތްތަކާއި ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެ
28 Oct 2026 ހަބަރު

ހދ. އަދި ށ. އަތޮޅުގެ ޔުޓިލިޓީ ހިދުމަތްތަކާއި ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެ

މި ބަދަލާ ގުޅިގެން، އެ ދެ އަތޮޅުގެ ރަށްތަކުގައި މިވަގުތު ދެމުންދާ އެކި ޚިދުމަތްތަކުގެ ފެންވަރު އެ ކުންފުނީގެ ޚާއްޞަ މިންގަނޑުތަކަށް ފެއްތުމުގެ މަސައްކަތްތައް ވަނީ ފަށާފައެވެ. ސްޓެލްކޯއިން މިކަން ހާމަކޮށްފައިވަނީ، އެ ކުންފުނިން މިއަދު އެކްސްގައި ހިއްސާކުރި ޕޯސްޓަކުންނެވެ.

ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލުގައި ބަލަންޖެހޭ ކަންކަން ހުރުމުން އަނބުރާ ގެންގޮސްފި
28 Oct 2026 ހަބަރު

ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލުގައި ބަލަންޖެހޭ ކަންކަން ހުރުމުން އަނބުރާ ގެންގޮސްފި

ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު )ބޮޗޭ( ހުށަހެޅުއްވި މި ބިލަކީ ރާއްޖޭން ބައިވެރިވެފައިވާ ގަތުލުއާންމު ހުއްޓުވުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއާ އެއްގޮތަށް ގަތުލުއާންމު ހިންގުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ހުށަހެޅި ބިލެކެވެ.

ހޯމް ސްކޫލިން ތަޢާރަފްކުރާތީ ރައީސް ނަޝީދުގެ ކަންބޮޑުވުން؛ އެއީ ޒުވާން ޖީލު މަގުފުރެއްދުން
28 Oct 2026 ހަބަރު

ހޯމް ސްކޫލިން ތަޢާރަފްކުރާތީ ރައީސް ނަޝީދުގެ ކަންބޮޑުވުން؛ އެއީ ޒުވާން ޖީލު މަގުފުރެއްދުން

އެ ބިލުގެ ބަހުސް ކުރިއަށްދާއިރު، އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވަނީ އެކަން ކުރުމުގެ ފުރުސަތު ނުދިނުމަށް ގޮވާލައްވާފައެވެ.

ޙައްޖު ކޯޕަރޭޝަންގެ އަންނަ އަހަރުގެ ޢުމްރާ ކަލަންޑަރު އާންމުކޮށް، ރަޖިސްޓްރީވާން ހުޅުވާލައިފި
28 Oct 2026 ހަބަރު

ޙައްޖު ކޯޕަރޭޝަންގެ އަންނަ އަހަރުގެ ޢުމްރާ ކަލަންޑަރު އާންމުކޮށް، ރަޖިސްޓްރީވާން ހުޅުވާލައިފި

ޙައްޖު ކޯޕަރޭޝަނުން 2026 ގެ ޢުމްރާ ދަތުރުތަކުގެ ތާވަލު އިޢުލާންކޮށް، ރަމަޟާން، ޖުލައި، ސެޕްޓެމްބަރު އަދި ޑިސެމްބަރުގެ ދަތުރުތަކަށް "ފަހެލި" ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވުމަށް ހުޅުވާލައިފިއެވެ.