ރައީސް މުޢިއްޒު
ރައީސް މުޢިއްޒު
ހަބަރު 28 Oct 2026 | 17:52

ގޯއްޗަށްލީ މީހުންގެ ތެރެއިން ޝަރުތުހަމަވާ އެންމެނަށް ރަސްމާލޭން ބިން ލިބޭނެ، އެވަރަށް ބިން އެބައޮތް: ރައީސް

ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢާއެކު ފެށިގެންދަނީ ބޯހިޔާވަހިކަމުގެ ރަންޒަމާނެއް ކަމަށާ، ކުރިއަށް އޮތް 2 އަހަރު ދުވަހަކީ، ތާރީޚު ދެކެފައި ނުވާ މިންވަރަށް، ދިވެހި ރައްޔިތުންނަށް ފުރަތަމަ ބޯހިޔާވަހިކަން ކަށަވަރުކޮށްދެވޭނެ ދުވަސްތަކެއް ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފި އެވެ.

ރައީސް މިކަމުގެ ޔަގީންކަން ދެއްވީ "ނޭޝަން ޗެޓް" ޕޮޑްކާސްޓް ސިލްސިލާގެ 6 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ، އަދި އެންމެ އިސްކަމެއް ދީގެން ކުރަމުންދާ އެންމެ ބޮޑު އެއް މަސައްކަތަކީވެސް ކޮންމެ ދިވެހި ރައްޔިތަކަށްވެސް އަމިއްލަ ބޯހިޔާވަހިކަމެއް ކަށަވަރުކޮށްދިނުންކަން އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ. މި މޭރުމުން މިވަގުތު ކުރިއަށްދާ އެންމެ ބޮޑު މަޝްރޫޢުގެ މަސައްކަތްތަކާ ގުޅިގެން އެއްވެސް އަސާސެއް ނެތި މުޖުތަމަޢުގައި ފެތުރޭ ބައެއް އަޑުތަކާއި އެކަމުގެ ޙަޤީޤަތުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ތަފްސީލީ ގޮތެއްގައި އަލިއަޅުއްވާލެއްވިއެވެ. ހުރިހާ ކަމަކާ ދެކޮޅަށް ތެދުވާ ބަޔަކު އުޅުނު ކަމުގައި ވީ ނަމަވެސް، ކަންކަމުގެ ރަނގަޅު ގޮތާއި ގޯސް ގޮތަކީ ކޮބައިތޯ ބަލާ، އެތަނުން ރަނގަޅު ގޮތް ޚިޔާރުކުރާ ބަޔަކުވެސް މުޖުތަމަޢުގައި އުޅޭކަން ފާހަގަކުރައްވާ، މިފަދަ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރިޢާޔަތްކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރަސްމާލޭގައި ކުރިއަށްގެންދެވޭ ތަރައްޤީގެ މަޝްރޫޢުގެ ސަބަބުން، ރައްޔިތުން ކަންބޮޑުވާންޖެހޭ ސަބަބެއް ނެތް ކަމަށާ، މިކަމުގައި އޮތީ ފައިދާކަމުގެ ޔަޤީންކަން ތަކުރާރުކުރައްވާފައެވެ.

މި ރޫޙުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ގެނެސްދޭ ސިލްސިލާ ޕޮޑްކާސްޓް "ދަ ޕަލްސް"ގައި ހަމަ މިމައުލޫއަށް ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ދެއްވި ތަފްސީލުތައް މިރޭވެސް ހިއްސާކުރައްވާފައެވެ. އަދި މަޝްރޫޢު ކުރިއަށްގެންދާ ގޮތާމެދު ރައްޔިތުންގެ ހިތުގައި ފިތުނައާއި ބިރުވެރިކަން އުފެދޭ ގޮތަށް، ދެކެވޭ ވާހަކަތަކުގައި އެއްވެސް އަސާސެއް ނެތްކަން ހާމަކުރައްވައި، އިޒްރޭލާ ދެކޮޅަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުން މިސާލު ޖައްސަވަމުން، އެކަން އެގޮތަށް ކުރައްވަމުން ގެންދަވާނެ ކަމުގެ ކަށަވަރުކަން ދެއްވާފައިވެއެވެ.

ރަސްމާލޭގައި ބޭރުގެ ފަރާތަކުން އިންވެސްޓްކުރުމުގެ ސަބަބުން ތަރައްޤީ އިތުރަށް ކަށަވަރުވެގެންދާ މަގުތައް ބަޔާންކޮށްދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މިފަދަ މަޝްރޫޢެއްގެ ސަބަބުން، ދިވެހިރައްޔިތުންނަށް އޮތް ބޯހިޔާވަހިކަމުގެ ފުރުޞަތު ހަނިވެގެންނުދާނެކަމުގެ ޔަޤީންކަން ތަކުރާރުކުރައްވާފައެވެ. އަދި ރަސްމާލެއިން ބޯހިޔާވަހިކަމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން، ހުރިހާ ގިންތިއަކުން ޝަރުތުހަމަވާ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވާނެކަމުގެ ޔަޤީންކަން އެބައޮތްކަންވެސް، ޕޮޑްކާސްޓްގެ މި އެޕިސޯޑްގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

މި ފަދަ ބިޔަ މަޝްރޫޢުތައް ކުރިއަށް ގެންދަނީ ބޮލުގައި އެއްވެސް ދަރަންޏެއް ނޭޅޭނެ ފަދަ އީޖާދީ އުޞޫލުތަކެއްގެ ދަށުންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. ފިއުޗަރ ރެވެނިއު ބޭނުންކޮށްގެން ނުވަތަ ބިން ދޫކުރާ އުޞޫލުން އިންވެސްޓަރުން ލައްވާ ކުރިއަށްގެންދާ މި މަސައްކަތްތަކަކީ ސީދާ ރައްޔިތުންނަށް އޭގެ ހެޔޮ ލާބަޔާއި މަންފާ ލިބޭނެ ކަންތައްތަކެއް ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ތަކުރާރުކޮށް، ދެއްވާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސަލާމަތީ ސަބަބުތަކަކަށްޓަކައި، މާދަމާ ފުރަން އޮތް މޯލްޑިވިއަންގެ ޖިއްދާ ފްލައިޓް ފަސްކޮށްފި
28 Oct 2026 ހަބަރު

ސަލާމަތީ ސަބަބުތަކަކަށްޓަކައި، މާދަމާ ފުރަން އޮތް މޯލްޑިވިއަންގެ ޖިއްދާ ފްލައިޓް ފަސްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވަމުން ދިއުމުގެ ސަބަބުން، ބައެއް އެއާލައިންތަކުން މިހާރު ވަނީ ސައުދީ އަރަބިއްޔާއަށް ކުރާ ދަތުރުތައް މެދުކަނޑާލާފައެވެ.

ހަރަދުކުޑަކުރަން "މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް" އުވާލައި "މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް" އުފައްދަނީ
28 Oct 2026 ހަބަރު

ހަރަދުކުޑަކުރަން "މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް" އުވާލައި "މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް" އުފައްދަނީ

މިއީ ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކޮށް، ޚަރަދު ކުޑަކުރުމަށްޓަކައި، ނިންމެވި ނިންމެވުކެވެ.

ތުލުސްދޫ ކައިރިން ދަތުރުކުރި ދެ ލޯންޗް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
28 Oct 2026 ހަބަރު

ތުލުސްދޫ ކައިރިން ދަތުރުކުރި ދެ ލޯންޗް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 19:55 ހާއިރުކަމަށެވެ. އެކްސިޑެންޓްގައި ދެ މީހަކަށް އަނިޔާވި ކަމަށް ފުލުހުން ބުންޏެވެ.

ބަނގުރާ ބޭނުންކޮށް ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހިތަދޫއިން ދެމީހުން ހައްޔަރުކޮށްފި
28 Oct 2026 ހަބަރު

ބަނގުރާ ބޭނުންކޮށް ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހިތަދޫއިން ދެމީހުން ހައްޔަރުކޮށްފި

މި އޮކްޓޫބަރު މަހުގެ 18 ވަނަ ދުވަހުގެ ރޭ އެ ދެމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި ދެ ފުޅި ފެނިފައިވެއެވެ.

ހދ. އަދި ށ. އަތޮޅުގެ ޔުޓިލިޓީ ހިދުމަތްތަކާއި ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެ
28 Oct 2026 ހަބަރު

ހދ. އަދި ށ. އަތޮޅުގެ ޔުޓިލިޓީ ހިދުމަތްތަކާއި ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެ

މި ބަދަލާ ގުޅިގެން، އެ ދެ އަތޮޅުގެ ރަށްތަކުގައި މިވަގުތު ދެމުންދާ އެކި ޚިދުމަތްތަކުގެ ފެންވަރު އެ ކުންފުނީގެ ޚާއްޞަ މިންގަނޑުތަކަށް ފެއްތުމުގެ މަސައްކަތްތައް ވަނީ ފަށާފައެވެ. ސްޓެލްކޯއިން މިކަން ހާމަކޮށްފައިވަނީ، އެ ކުންފުނިން މިއަދު އެކްސްގައި ހިއްސާކުރި ޕޯސްޓަކުންނެވެ.

ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލުގައި ބަލަންޖެހޭ ކަންކަން ހުރުމުން އަނބުރާ ގެންގޮސްފި
28 Oct 2026 ހަބަރު

ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލުގައި ބަލަންޖެހޭ ކަންކަން ހުރުމުން އަނބުރާ ގެންގޮސްފި

ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު )ބޮޗޭ( ހުށަހެޅުއްވި މި ބިލަކީ ރާއްޖޭން ބައިވެރިވެފައިވާ ގަތުލުއާންމު ހުއްޓުވުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއާ އެއްގޮތަށް ގަތުލުއާންމު ހިންގުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ހުށަހެޅި ބިލެކެވެ.

ހޯމް ސްކޫލިން ތަޢާރަފްކުރާތީ ރައީސް ނަޝީދުގެ ކަންބޮޑުވުން؛ އެއީ ޒުވާން ޖީލު މަގުފުރެއްދުން
28 Oct 2026 ހަބަރު

ހޯމް ސްކޫލިން ތަޢާރަފްކުރާތީ ރައީސް ނަޝީދުގެ ކަންބޮޑުވުން؛ އެއީ ޒުވާން ޖީލު މަގުފުރެއްދުން

އެ ބިލުގެ ބަހުސް ކުރިއަށްދާއިރު، އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވަނީ އެކަން ކުރުމުގެ ފުރުސަތު ނުދިނުމަށް ގޮވާލައްވާފައެވެ.

ޙައްޖު ކޯޕަރޭޝަންގެ އަންނަ އަހަރުގެ ޢުމްރާ ކަލަންޑަރު އާންމުކޮށް، ރަޖިސްޓްރީވާން ހުޅުވާލައިފި
28 Oct 2026 ހަބަރު

ޙައްޖު ކޯޕަރޭޝަންގެ އަންނަ އަހަރުގެ ޢުމްރާ ކަލަންޑަރު އާންމުކޮށް، ރަޖިސްޓްރީވާން ހުޅުވާލައިފި

ޙައްޖު ކޯޕަރޭޝަނުން 2026 ގެ ޢުމްރާ ދަތުރުތަކުގެ ތާވަލު އިޢުލާންކޮށް، ރަމަޟާން، ޖުލައި، ސެޕްޓެމްބަރު އަދި ޑިސެމްބަރުގެ ދަތުރުތަކަށް "ފަހެލި" ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވުމަށް ހުޅުވާލައިފިއެވެ.