ވަކި ގައުމެއްގެ، "ޕަޕެޓަކަށް" ވުމުގެ ސިޔާސަތު މަޑުމަޑުން ފަސްލައި، ވަޅުލައި ނިންމައިފިން: ރައީސް
ވަކި ގައުމެއްގެ، "ޕަޕެޓަކަށް" ވުމުގެ ސިޔާސަތު މަޑުމަޑުން ފަސްލައި، ވަޅުލައި ނިންމައިފި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ "ނޭޝަން ޗެޓް" ޕޮޑްކާސްޓް ސިލްސިލާގެ 6 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ. މިހާރު އޮތީ ރާއްޖެއަށް ފައިދާ ހުރި ކަންކަމުން ކުރިއަށް ދިއުމުގެ ސިޔާސަތު ކަމަށާ އެއީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވެސް ގެންގުޅުއްވި ސިޔާސަތު ކަމުގައި ވިދާޅުވި އެވެ. ރައީސްގެ ވާހަކަފުޅުގައި ރައީސް މައުމޫންގެ ޚާރިޖީ ސިޔާސަތަށް ވަރަށް ބޮޑަށް ތައުރީފް ކުރެއްވި އެވެ.
އަދި އިސްލާމީ ޤައުމުތަކާއި ޚާއްސަ ގާތްގުޅުމެއް ބާއްވަވާ ކަމަށާ އެއީ ރާއްޖޭން އިސްކަންދޭން ޖެހޭ ކަމެއް ކަމުގައި ވިދާޅުވި އެވެ.
ނަމަވެސް މިދިޔަ ސަރުކާރުގައި އެ ސިޔާސަތު އޮތީ އެގޮތަށް ނޫން ކަމުގައި ވިދާޅުވި އެވެ. އެގޮތުން ކުރީން އޮތީ ވަކި ފަރާތަކަށް ހުސްވެފައިވާ “ޕަޕެޓް” ސިޔާސަތެއް ކަމުގައި ވިދާޅުވި އެވެ.
އަދި ވިދާޅުވީ އެ ސިޔާސަތު މިދިޔަ ތިން އަހަރު ތެރޭ މަޑުމަޑުން ފަސްލައި، މިހާރު އޮތީ ވަޅުލައި ނިންމާފައި ކަމުގައި ވިދާޅުވި އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް