ދައުރުން ބޭރުގައި މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް މަސައްކަތްކުރަނީ

26 Dec 2018 | 13:56

ރަސްމީ ދައުރުން ބޭރުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމުގެ މަސައްކަތް ކުރަމުންދާކަމަށް ސަރުކާރުގެ އިއްތިހާދުގެ ޖޮއިންޓް ޕާރލިމެންޓްރީ ގްރޫޕުން ބުނެފިއެވެ.

މީޑީޔާތަކަށް މައުލޫމާތު ދެއްވަމުން ޖޮއިންޓް ޕީޖީ ގްރޫޕްގެ މެންބަރުން ވިދާޅުވީ ގަވާއިދުގައިވާ ގޮތުގެ މަތިން ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށްޓަކައި ހަމަކުރަންޖެހޭ ސޮއިގެ އަދަދު ހަމަކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގައި ދައުރުން ބޭރުން ޖަލްސާއެއް ބޭއްވޭނީ މަޖިލީހުގެ ތިން ބައިކުޅަ އެއްބައި މެމްބަރުން އެ ޖަލްސާ ބޭއްވުމަށް އެދި ސޮއި ކުރުމަށް ފަހު އެކަން މަޖިލީހަށް ހުށަހެޅުމުންނެވެ.

ދައުރުން ބޭރުގައި ބާއްވަން އުޅޭ ޖަލްސާގެ މައިގަނޑު ސަބަބަކީ ރައީސުލްޖުމްހޫރިއްުޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލްތައް ފާސްކުރުންކަމަށް މެންބަރުންވަނީ ފާހަގަކޮށްފައެވެ.

މި ބިލްތައް ފާސްނުކޮށް މަޖިލީސް ޗުއްޓީއަށް ދިއުމުން އާންމުންގެ ތެރެއިން ގިނަބަޔަކު ވަނީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. މި ބިލްތަކަށް ވޯޓަށް ނޭހުނީ ކޯރަމް ހަމަނުވުމުގެ ސަބަބުންނެވެ.

ދައުރުން ބޭރުގައި މި ޖަލްސާ ބޭއްވުމަށް ސަރުކާެރު ހިންގާ ކޯލިޝަންގެ ހަަތަރު ލީޑަރުންވެސް ވަނީ އެއްބަސްވެފައެވެ.

Advertisement

ކޮމެންޓް