މިއީ އެތެރެއިން ގުޅިގެން ހިންގި ބޮޑު ޕްރޮޕެގެންޑާއެއް: އިންތި

31 May 2021 | 14:16

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދީފައިވާ ސެކިއުރިޓީއާ ގުޅޭ މަޢުލޫމާތު ހާމަކޮށްފައިވާއިރު، މިއީ އެތެރެއިން ގުޅިގެން ހިންގި ބޮޑު ޕްރޮޕެގެންޑާއެއް ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަޙުމީ ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް ދީފައިވާ ސެކިއުރިޓީއާ ގުޅޭ ތަފުސީލީ މަޢުލޫމާތު ހާމަވެފައިވާ މައްސަލައިގައި މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ގެންދާ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ނަޝިދުގެ ސެކިއުރިޓީގެ މައުލޫމާތު ހާމަކޮށް އެކަން ނޫހެއްގައި ޖެހިއިރުވެސް، މިހާތަނަށް ސަލާމަތީ ބާރުތަކުން އެކަމުގައި އެއްޗެއް ނުބުނެ އޮތުމަކީ ވަރަށް ގޯސް މެސެޖެއް ދޭ ކަމެއްކަމަށް ވިދާޅުވެ އިންތި ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެގޮތުން މިއީ އެމްއެންޑީއެފްގެ އެތެރެއިން ގުޅިގެން ހިނގި ބޮޑު ޖަރީމާއެއް ކަމަށާއި މިހާތަނަށްވެސް ދިފާޢީ ބާރުން އެއްޗެއް ނުބުނެ އޮތުމަކީ އެކަމުން ރައްޔިތުންނަށް ގޯސް މެސެޖެއްދޭ ކަމެއް ކަމަށް އިންތި ވިދާޅުވިއެވެ.

"އަޅުގަނޑު ވަރަށް ކަންބޮޑުވޭ. މިއީ ގުޅިގެން އެތެރެއިން ގުޅިގެން ހިންގި ބޮޑު ޕްރޮޕެގެންޑާއެއް." އިންތި ވިދާޅުވިއެވެ.

Advertisement

ކޮމެންޓް