ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 552 މީހުން!

07 Jun 2021 | 22:05

ދިވެހިރާއްޖެއިން ކޮވިޑް-19އަށް މިއަދު ޕޮޒިޓިވްވީ މީހުންގެ އަދަދު 552 އަށް އަރައިފިއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 552 މީހަކު ވަނީ އަލަށް ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި ހިމެނެނީ، މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 271 މީހަކާއި، ރަށްރަށުން ޕޮޒިޓިވްވި 249 މީހަކާއި ތަރައްޤީކުރަމުންދާ ރަށްރަށުން ޕޮޒިޓިވްވި 1 މީހެކެވެ.

މިއަދާ ހަމައަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު 68،502 އަށް އަރާފައިވާއިރު، މި ބައްޔަށް 164 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 49،844 އަށް އަރާފައެވެ.

Advertisement

ކޮމެންޓް

Advertisement