ޔޫރޯ 2020: ޑެންމާކް ދެވަނަބުރަށް، ބެލްޖިއަމް އެއްވަނަ ޓީމަކަށް

22 Jun 2021 | 02:46

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީ ގެ އެއްވަނަ މަޤާމާއެކު ދެވަނަބުރަށް ބެލްޖިއަަމް ދަތުރުކުރި އިރު ދެވަނަ ޓީމުގެ ގޮތުގައި ޑެންމާކް ދަތުރުކޮށްފި އެވެ.

ބެލްޖިއަމް ދެވަނަބުރަށް ދިޔަައީ ފިންލޭންޑް 2-0 އިން ބަލިކޮށް ގްރޫޕުގެ އެއްވަނަ ހޯދައިގެންނެވެ. އަދި ޑެންމާކް ދެވަނަ ލިބުނީ ރަޝިޔާ 4-1 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.

ގްރޫޕްގެ އެއްވަނަ ބެލްޖިއަމް ހޯދީ ކުޅުނު ތިން މެޗުން ލިބުނު 9 ޕޮއިންޓާ އެކުއެވެ. ގްރޫޕުގައި ދެން ހިމެނުނު ތިން ޓީމަށްވެސް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. ދެވަނަ މަގާމު ޑެންމާކް އަށް ލިބެނީ ފައިދާ ލަނޑުގެ ތަފާތުންނެވެ. ތިންވަނައިގައި ހިމެނެނީ ފިންލޭންޑެވެ. ފުލުގައި އޮތީ ރަޝިޔާ އެވެ.

ބެލްޖިއަމް މޮޅުވި މެޗުގައި ފެނިގެންދިޔަ ދެ ލަނޑުގ ތެރެއިން އެއް ގޯލަކީ ފިންލޭންޑުގެ ކީޕަރު އަތުން ބައިކޮޅަށް ވަތް ލަ ލަނޑެކެވެ. އަދި އަނެއް ލަނޑު ބެލްޖިއަމް އަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ރޮމެލޫ ލުކާކޫއެވެ.

ޑެންމާކް މޮޅުވި މެޗުގެ 38 ވަނަ މިނެޓްގައި އެޓީމަށް ލީޑު ނަގައިދިނީ ޑަމްސްގާޑް އެވެ. އަދި މެޗުގެ 59 ވަނަ މިނެޓްގައި ޕޯލްސަން ޑެންމާކުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިންއިރު މެޗުގެ 70 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ރަޝިޔާއަށް ސުން ކަނޑުވާލަދިނީ ކެޕްޓަން ޒޫބާ އެވެ.

މި ލަނޑު ޖެހިތާ ނުވަ މިނެޓުފަހުން ކްރިސްޓެންސެން ވަނީ ޑެންމާކުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. އަދި އޭގެ ތިން މިނެޓްފަހުން ޑެންމާކް ދެވަނަބުރު ކަށަވަރުކުރި ލަނޑު ކާމިޔާބުކުރީ ޔޮކީމް އެވެ.

ދެވަނަ ބުރުގައި ޑެންމާކް ބައްދަލުކުރާނީ ވޭލްސްއާއެވެ.

Advertisement

ކޮމެންޓް