އެމްޑީޕީން ހޯދައިދޭންބުނި އިންސާފުގެ ރަހަ ރައީސް ނަޝީދަށްވެސް ހިތި: އާދަމް ޝަރީފް

13 Jul 2021 | 22:39

އެމްޑީޕީން ހޯދަދޭންބުނި އިންސާފުގެ ރަހަ ރައީސް ނަޝީދަށްވެސް ހިތިކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށްފަހު ސެކޔިޔުރިޓީ ވަރުގަދަކުރުމުގެ ބަދަލުގައި ސަރުކާރުން ރައީސް ނަޝީދު ހަވަރަށްދެނީތޯ ނުވަތަ ފެނު ކައްކާ ބޮލީގެ އިއްޒަތް ދެނީތޯ ސުވާލު އުފައްދާފައެވެ.

"އެމްޑީޕީ އިން ހޯދައިދޭންބުނި އިންސާފުގެ ރަހަ ރައީސް ނަޝީދަށްވެސް ހިތި" އާދަމް ޝަރީފްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

އާދަމް ޝަރީފް މިފަދައިން ޓްވީޓު ކުރައްވާފައިވާއިރު ރައީސް ނަޝީދުގެ ޢާއިލާގެ އެކި ފަރާތްތަކުންވެސް އަންނަނީ އެމަނިކުފާނަށް އިންސާފު ނުލިބޭތީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރައީސް ނަޝީދުގެ ހަމަލާއަށްފަހު މަޖިލީހުގެ 241 ކޮމެޓީއިން ތައްޔާރުކުރި ރިޕޯޓު މިހާރު ރައީސް ސާލިޙު އާއި ވަނީ ރަސްމީކޮށް ހަވާލުކޮށްފައެވެ. އެހެންނަމަވެސް އަދިވެސް މި މައްސަލައިގައި ފަންޑުކުރިބަޔަކު ހޯދިފައި ނުވާތީ ރައީސް ނަޝީދުގެ ޢާއިލާއިން އަންނަނީ ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ފާޑުކިޔަމުންނެވެ. އަދި އިންކުއަރީ ރިޕޯޓު ފުރިހަމަ ކަމަށާއި ދިފާޢީ ވަޒީރު މާރިޔާ އިސްތިއުފާދިނުމަށްވެސް ރައީސް ނަޝީދުގެ ޢާއިލާއިން ވަނީ ގޮވާލައްވާފައެވެ.

Advertisement

ކޮމެންޓް