ރިޕޯޓް
11 Jul 2022 | 23:54
އަމީނީ މަގު މަޝްރޫއު ބޮޑެތި ބަނދަރުތަކަށްވުރެވެސް އަގުބޮޑީތަ؟

މާލޭގެ މަގުތަކަކީ ޒަމާންވީ ދުވަސްވީ މަގުތަކެކެވެ. އަޑިގުޑަން ގިނަ މަގުތަކެކެވެ. މީގެ އެތައް އަހަރެއް ކުރީން ރައީސް މައުމޫންގެ ދައުރުގައި މާލޭގައި މަގުތަކުގައި ގައު އަތުރާ މަގުތައް ހެދި ފަހުން މާލޭގެ މަގުތަކަށް ގެނައި އެންމެ ބޮޑު ބަދަލެއް ފެންނަން ހުރީ މާލޭގެ މައި މަގު، މަޖީދީ މަގުންނާއި ބޮޑުތަކުރުފާނު މަގުންނެވެ. މާލޭގެ ވަށައިގެން އޮންނަ ބޮޑުތަކުރުފާނުގެ މަގުގެ އެއްބައިގައި މިހާރު ވަނީ ތާރު އަޅާފައެވެ.

މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމަށް މާލޭ ސިޓީ ކައުންސިލާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ދެމެދު އެއްބަސްވެފައި ވަނީ 2019 ވަނަ އަހަރުގެ ތެރޭގައެވެ.

މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް ހަވާލުކުރީ 462 މިލިއަން ރުފިޔާއަށެވެ. މި އެއްބަސްވުމުގެ ދަށުން ގިނަ މަގުތަކެއްގައި އަލުން ގާ އަތުރައި ބައެއް މަގުތަކުގައި ތާރު އަޅަން އޮތީ ނިންމައިފައެވެ. ތާރު އަޅަން ނިންމި މަގުތަކުގެ ތެރޭގައި އަމީނީ މަގުގެ އިތުރުން ބޮޑުތަކުރުފާނު މަގުގެ ތާރު ނާޅައި އޮތް ބަޔާއި ފަރީދީ މަގާއި ބުރުޒު މަގު ހިމެނެއެވެ.

މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމަށް މާލޭ ސިޓީ ކައުންސިލާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ދެމެދު އެއްބަސްވެފައި ވަނީ 2019 ވަނަ އަހަރު

ދިގު މިނުގައި 1.7 ކިލޯ މީޓަރު ހުންނަ އަމީނީ މަގު ހިމެނޭހެން މާލޭގެ މަގުތައް ހަދަން އާރްޑީސީއާ ސިޓީ ކައުންސިލުން ހަވާލުކޮށްފައި އޮއްވައި ދެން ފެނުނީ، ޕްލޭނިން މިނިސްޓްރީން އަމީނީ މަގު ހެދުމުގެ މަޝްރޫއު 84 މިލިއަނަށް އާރްޑީސީއާ ހަވާލުކުރިތަނެކެވެ.

އެ މަޝްރޫއު އެކުންފުންޏާ ހަވާލުކުރީ 210 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. ބޮޑު އަގުގައި އަމީނީ މަގު އާރްޑީސީއާ ހަވާލުކުރިއިރު، އެ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސިޓީ ކައުންސިލުން އާރްޑީސީއަށް ހުށަހަޅާފައިވަނީ 39 މިލިއަން ރުފިޔާއެވެ. އެއީ އެ އަގަށް އެ މަގު ޒަމާނީ ފެންވަރަށް ހެދޭނެތީއެވެ. ނަމަވެސް އެކަމަށް އާރްޑީސީން ދިނީ ބީރުކަންފަތެކެވެ. އާރްޑީސީން ބުނެފައިވާ ގޮތުގައި ސިޓީ ކައުންސިލުން ހުށަހެޅީ އަމީނީ މަގު ހެދޭވަރަށް ވުރެ މާ ކުޑަ އަގެކެވެ.

އެންމެ މަގެއް، ބަނދަރުތަކަށްވުރެ އަގުބޮޑު!

އަމީނީ މަގު ހެދުމަށް ޕްލޭނިން މިނިސްޓްރީއާއެކު އެއްބަސްވި އަގުކަމަށްވާ 84 މިލިއަން ރުފިޔާއަކީ، އެ މަޝްރޫއަށް އެކަށޭގެ އަގަށްވުރެ މާބޮޑު އަގެއްކަން ހާމަވެގެންދަނީ، އެމްޓީސީސީއާ ހަވާލުކޮށްގެން ރާއްޖޭގެ އެކި ރަށްރަށުގައި އަޅަމުން އަންނަ ބަނދަރުތައްވެސް އެ އަގަށް އެޅޭތީއެވެ.

އެންމެ ބޮޑު އެއް ބަނދަރުކަމަށްވާ ހިންވަރު ބަނދަރުގެ އަގަކީވެސް 99 މިލިއަން ރުފިޔާއެވެ.

އެންމެ ބޮޑު އެއް ބަނދަރުކަމަށްވާ ހިންވަރު ބަނދަރުގެ އަގަކީވެސް 99 މިލިއަނެވެ. އެއީ ބަނދަރަށް ބޭނުންވާ ބިން ހިއްކުމާވެސް އެކުގައެވެ. ގިނަ ރަށްރަށުގެ ބަނދަރުތައް އުޅެނީ 40 މިލިއަނާއި 70 މިލިއަން ރުފިޔާއާ ދެމެދުއެވެ. މިކަންކަން މިހެން ހުރިއިރު، އަމީނީ މަގު މަޝްރޫއުގައި ކޮރަޕްޝަން ހިމެނެނެހެން ނާޖާއިޒް ފައިދާ ނެގޭނެ ޖާގަ އޮތޭ ބުނެވޭނެ ޖާގަ އެބައޮތެވެ. އެއީ ނާޖައިޒް ގޮތުގައި ފައިދާގެ ގޮތުގައި އެ މަޝްރޫއިން އެކަނިވެސް 45 މިލިއަނެއްހާ ރުފިޔާ އިތުރަށް ޖަހާފައިވާތީއެވެ..

މަގު ހެދުމުގެ މަޝްރޫއު ސިޓީ ކައުންސިލުން ނަގައި ޕްލޭނިން މިނިސްޓްރީއަށް

މަގު ހެދުމުގެ މުޅި މަޝްރޫއަށް ގާތްގަނޑަކަށް 462 މިލިއަން ރުފިޔާ ހަރަދު ކުރަން ޖެހޭތީވެ އެވަރުގެ ފައިނޭންސެއް ކުރެވޭނީ ގާނޫނު ބުނާގޮތުން 15 މިލިއަން ރުފިޔާއަށްވުރެ ބޮޑު މަޝްރޫއެއް ނަމަ ދައުލަތުގެ އިދާރާއެއްގައި ބަޖެޓު ބަހައްޓައިގެންނެވެ.

އެގޮތުން އެ ބަޖެޓު ބަހައްޓާފައި ހުރީ ޕްލޭނިން މިނިސްޓްރީގައެވެ. ނަމަވެސް މަގު ހެދުމުގެ މަަޝްރޫއު ފަށައި ބައެއް މަގުތައް ނިންމި ފަހުން ދެން ޖެހުނީ ބަޖެޓުގެ މައްސަލައެވެ. ޕްލޭނިން މިނިސްޓްރީން އެކަމަށް ބޭނުންވާ ބަޖެޓު ނުދީ ހިފެހެއްޓީއެވެ. ސިޓީ ކައުންސިލުން އެކި ފަހަރުމަތިން އެދުމުންވެސް، އެކަމަށް ހައްލެއް ނުލިބި އާރްޑީސީއަށް އެންމެ ފަހުން ޖެހުނީ އެ މަސައްކަތް ހުއްޓާލާށެވެ.

އެހެން އެކަށް އޮއްވައި މިމަހުގެ 4 ވަނަ ދުވަހު ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއު ޕްލޭނިން މިނިސްޓްރީ އާއި ހަވާލު ކުރުމަށް ކެބިނެޓުން ނިންމި ކަމަށް ބުނެ އެ މިނިސްޓްރީގެ ސިޓީއެއް މެދުވެރިކޮށް ކައުންސިލަށް އަންގާފައިވެއެވެ.

ސްޓޭޓް މިނިސްޓަރަކު ސޮއި ކުރައްވައި ޕްލޭނިން މިނިސްޓްރީއިން ސިޓީ ކައުންސިލަށް ފޮނުވި ސިޓީގައި އެގޮތަށް ނިންމި ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ އެ މަސައްކަތް ކުރުމަށް ސިޓީ ކައުންސިލް އިހުމާލު ވުމެވެ. ނަމަވެސް މާލޭގެ މަގު ހެދުން ސިޓީ ކައުންސިލާއި ލިޔެކިޔުމުން ހަވާލު ކުރީ މާލިއްޔަތު ގާނޫނާއި ލާމަރުލަޒީ ގާނޫނުން ކައުންސިލްތަކަށް ދީފައި އޮންނަ ބާރާއި، މަސްއޫލިއްޔަތާއި، އިހުތިސާސްތަކުގެ ތެރެެއިން ކަމަށްވާތީ އެ މަޝްރޫއު ޕްލޭނިންއަށް ބަދަލުކުރެވުމަކީ ހިރާސްތައް ބޮޑު ކަމެކެވެ. އެއީ ލާމަރުކަޒީ ގާނޫނަށް ފަހުން ގެނައި އިސްލާހުތަކުގެ ސަބަބުން އެއީ ފަސޭހައިން ކުރެވޭނެ ކަމަކަށް ނޫންވީމައެވެ.

އާރްޑީސީން ބުނަނީ ކޮރަޕްޝަން ނެތް ކަމަށް، ސިޓީ ކައުންސިލުން ކޯޓަށް

އާރްޑީސީން ބުނެފައިވާ ގޮތުގައި އަމީނީ މަގު ހަދަން ޕްލޭނިން މިނިސްޓްރީއާއެކުވީ ވަކި އެއްބަސްވުމެކެވެ. އަދި އެ އެއްބަސްވުމުގައި ސިޓީ ކައުންސިލާ ބެހެވޭނެ ކަމެއް ނޫން ކަމަށެވެ. އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވިގޮތުގައި ސިޓީ ކައުންސިލުން ކޮރަޕްޝަންގެ ވާހަކަ ދައްކަވަނީ އަމީނީ މަގު ހެދުމުގެ މަސައްކަތަށް ހުރަސްއަޅުމަށެވެ.

އެކަމާ ގުޅިގެން ސިޓީ ކައުންސިލުން ވަނީ، "މާލެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް" ސިޓީ ކައުންސިލުން އަތުލާފައިވާ ކަމަށް ބުނެ، ސިޓީ ކައުންސިލްގެ އާއްމު ޖަލްސާއެއްގައި ނިންމީ، މާލޭގެ މަގުތައް ހަދަން ޕްލޭނިން މިނިސްޓްރީން އާރުޑީސީއަށް ދިނުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ކުރެވޭ ތުހުމަތާ ގުޅިގެން އެ މައްސަލަ ބަލައިދޭން އޭސީސީ އަށް ހުށަހެޅުމަށް ނިންމާފައެވެ.

މީގެ އިތުރުން އަމީނީ މަގު ހެދުމުގެ މަސައްކަތާ ބެހޭގޮތުން އާރްޑީސީ އާއި ސިޓީ ކައުންސިލާ ދެމެދު ކަންކަން ހިނގައިދިޔަ ގޮތުގެ ތަފުސީލު ސިޓީއެއް ރައީސް އޮފީހަށް ފޮނުވައި، ޕްލޭނިން މިނިސްޓްރީ އާއި އާރްޑީސީއާ ދެމެދު ސޮއިކުރި އެއްބަސްވުން ބާތިލުކުރަން ކޯޓަށް ހުށަހެޅުމަށްވެސް ނިންމައިފައިވެއެވެ. އަދި އެ މައްސަލަ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އާއި ރައްޔިތުން މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީއަށް ހުށަހެޅުމަށް ވެސް ވަނީ ނިންމައިފައެވެ.

އަމީނީ މަގުގެ ކޯޅުން ބޮޑުވެފައިވާއިރު، ކުޑަ އަގެއްގައި ކުރެވެން އޮތް ކަމެއް އެތައް މިލިއަން ރުފިޔާއެއް އިތުރަށް ހަރަދުކޮށްގެން މުޅިން އާ މަޝްރޫއެއްގެ ގޮތުގައި ހަވާލުކުރުމުގެ ބޭނުމެއް ނެތެވެ. އެގޮތަށް ހަވާލުރުމުން ދޭހަވަނީ ކޮންމެވެސް ބަޔަކަށް އެކަމުގެ ނާޖާއިޒް ފައިދާ ލިބޭނެ ކަމެވެެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
ދީނީ އިލްމުވެރިންގެ އަހަރީ ބައްދަލުވުން މި މަހު 14 އަދި 15 ގައި
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ، "21 ވަނަ ޤަރުނުގައި އިސްލާމީ ދަޢުވަތު" މި ތީމްގެ މައްޗަށެވެ.
09 Aug 2026
ދިހަ ދުވަސްތެރޭ ރާއްޖޭގައި ބަންގްލަދޭޝްގެ 8 މީހަކު މަރު، ގިނައީ ސްޓްރޯކް
ބަންގްލަދޭޝްގެ ވިއުސް ނޫހުން ރިޕޯޓްކުރި ގޮތުގައި ޖުލައި މަހުގެ 25 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ތިންވަނަ ދުވަހަށް ރާއްޖޭގައި ބަންގްލަދޭޝްގެ އަށް މީހަކު މަރުވެފައިވެ އެވެ.
09 Aug 2026
އިންފަންޓީނޯގެ އަގު ވައްޓާލުމަށް ބަޔަކު މަސައްކަތްކުރަމުންދާކަމަށް ފީފާއިން ބުނެފި
"ފީފާގެ ރައީސަކީ އެ އިދާރާގެ މެންބަރު ގައުމުތަކުގެ މެދުގައި ބޭއްވުނު ޑިމޮކްރެޓިކް އިންތިޚާބަކުން ހޮވިފައިވާ ބޭފުޅެއް. އޭނާ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަނީ އެ މެންޑޭޓުގެ ދަށުން" ފީފާގެ ބަޔާނުގައިވެއެވެ
09 Aug 2026
ނޫރު ބިލްޑިންގެ ތަފްސީލީ ކުރެހުން އަންނަ މަހުގައި ނިމޭނެ
މި ބިލްޑިންގަކީ ގުރްއާނަށް ހާއްސަ ވަގްފެއް ގޮތުގައި 15 ބުރިއަށް މާލެގައި ބިނާކުރެވޭ ބިލްޑިންގެކެވެ. މިތާނގެ 3 ފްލޯ ހާއްސަ ކުރެވިފައި ހުންނާނީ އިސްލާމީ މިނިސްޓްރީގެ އިދާރާއަށެވެ.
09 Aug 2026
ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ކުރިއަށްގެންދިޔަ "ވިޔަނަ ކޭމްޕް" ކާމިޔާބުކަމާއެކު ނިންމާލައިފި
ކޭމްޕްގައި ކުރިއަށް ގެންދިޔަ ޙަރަކާތްތަކުގެ ތެރޭގައި ދީނީ ޢިލްމީވޯކްޝޮޕާއި، ދީނީ ދަރުސްތައް، ތަރުބަވީ ސެޝަންތައް، ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ސްޓަޑީ ކޭމްޕް ތަކާއި ސްކިލް ޑިވެލޮމްޕެންޓް ޕްރޮގްރާމްތައް، ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ސެޝަންތަކާއި ޓީމް ބިލްޑިންގ ހަރަކާތްތަކުގެ އިތުރުން ކުޅިވަރު ޙަރަކާތްތައް ހިމެނެއެވެ
09 Aug 2026
ބޭނުންވަނީ މުޒާހަރާ މާލެތެރޭގައި ރައްޔިތުންނަށް އަޑު އިވޭގޮތަށް ކުރިއަށްްގެންދަން: އެމްޑީޕީ
މުޒާހަރާ ކުރިއަށްގެންދަން މަޖީދީމަގު ނޫން އެހެންމަގެއް ހިޔާރުކުރެވެން ނެތްކަމަށް އެޕާޓީން ވަނީ ބުނެފައެވެ
09 Aug 2026
ހަމަސްނުވާ ތުއްތު ކުދިން ކަރުހިއްކުން ފިލުވުމަށް ފެން ނުދީ: އެޗްޕީއޭ
އެޗްޕީއޭއިން ބުނީ މައިމީހާގެ ގާތުން ދޭ ކިރުގެ 88 އިންސައްތައަކީ ފެންކަމުގައިވާތީ، ދަރިފުޅުގެ ކަރުހިއްކުން ފިލުވުމަށް ގާތުންދޭ ކިރު ފުދޭނޭކަމަށް
09 Aug 2026
ގެއްލުނު ތިން މީހުން ހޯދަން ބޭރުގެ އެހީ ހޯދަނީ
ހާރިޖިއްޔާގެ އޮފީހުން ބުނީ، މީހުން ހޯދުމުގެ މަސައްކަތުގައި ލިބެންހުރި ހުރިހާ ވަސީލަތެއްގެ ބޭނުން ހިފައި، އެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ދޭކަމަށެވެ