ރިޕޯޓް
16 Jun 2022 | 13:41
އާރްޓީއެލް ބަހުގެ ހިދުމަތާއެކު ދަރިވަރުުންގެ ބޮޑު ކިއުތަކަށް ނިމުމެއް

ހުޅުމާލޭ ދެވަނަ ފިޔަވައްސަކީ މިއަދު 30،000 ވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ސަހަރެކެވެ. އެތަނުގައި އަޅާފައިވާ 25 ބުރީގެ 16 ޓަވަރުގައި އެތައް ސަތޭކަ އާއިލާއެއް ދިރިއުޅެމުން އަންނައިރު، ހިޔާ ސަހަރަށް ބޭނުންވާ އަސާސީ ގިނަ ކަންކަން އަދިވެސް ފުރިހަމަވެފައެއް ނުވެއެވެ. ކުޑަކުދިން ހިތްހަމަޖައްސާލަންދާނެ ޕާކެއް، ފައިސާ ނަގާނެ އޭޓީއެމްއެއް، ރަނގަޅު ރެސްޓޯރެންޓެއް ނެތެވެ. އެންމެ ބޮޑު ދައްޗަކަށް އޮތީ، ޕަބްލިކް ޓްރާންސްޕޯޓުގެ ދަތިކަމެވެ.

ހިޔާގައި މީހުން ދިރިއުޅެން ފެށިއިރު ސަހަރުގައި ޕަބްލިކް ޓްރާންސްޕޯޓެއް ނެތެވެ. އެމްޓީސީސީން ދެމުން އަންނަ ބަހުގެ ހިދުމަތް ދެވަނަ ފިޔަވައްސަކަށް އެއިރު ނުކުރެއެވެ. ނަމަވެސް ހިޔާ ސަރަހަކީ އެތައް ހާސް ދަރިވަރުންނެއްވެސް ދިރިއުޅެމުން އަންނަތަނަކަށް ވުމާއި އެ ސަހަރުގައި ސްކޫލެއް ނެތި، އެހެން ސްކޫލުތަކަށް ކުދިން ގެންދަން ޖެހޭތީ އޮތް ތަކުލީފަށް ތަސައްލީއެއް ގެނެސްދިއުމަށް އެމްޓީސީސީން ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ގުޅިގެން އެ ސަރަހައްދުގައި ބަސް ސްޓޮޕްތަކެއް ގާއިމްކޮށް ބަހުގެ ހިދުމަތްތައް ދޭން ފަށާފައެވެ. ނަމަވެސް އެއީ ގަޑިއިރަކުން އެއް ފަހަރުއެވެ. އެކަމުގެ ސަބަބުން އެ ސަހަރުގައި ދިރިއުޅޭ މީހުންނަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނު ނަމަވެސް އެއީ އެންމެ އެދެވޭ، ދަތުރުފަތުރުގެ ހިދުމަތެއް ކަމަށް އެ ސަހަރުގައި ދިރިއުޅޭ ރައްޔިތުން ގަބޫލެއް ނުކުރެއެވެ. އެހެންވެ، ހިޔާ ސަހަރަށް ފެންވަރު ރަނގަޅު އަދި އަވަސް ބަހުގެ ހިދުމަތެއް ފޯރުކޮށްދިނުމަށް، ސަރުކާރުން ދިޔައީ އެއިރުވެސް މަސައްކަތް ކުރަމުންނެވެ.

ހިޔާ ސަހަރަށް އަވަސް އަދި ފެންވަރު ރަނގަޅު ބަހުގެ ހިދުމަތެއް ދިނުމަށް އެމްޓީސީސީން ވަނީ އެކުންފުނީގެ ވަސީލަތްތައް އިތުރުކުރުމުގެ މަސައްކަތް މީގެ މަސްތަކެއް ކުރިން ފަށައިފައެވެ.

އެ މަސައްކަތުގެ ދަށުން މުޅިން އާ 15 ބަސް މިދިޔަ މޭ މަހުގެ ތެރޭގައި ވަނީ ރާއްޖެ ގެނެސް، އެ ބަސްތަކަށް ބޭނުންވާ މުވައްޒަފުން ތަމްރީނުކުރުކޮށް ދަތުރުތަކަށް ބަސްތައް ފައްކާކޮށްފައެވެ. ދެ ބުރިއަށް ހަދާފައި ހުންނަ 80 މީހުންގެ ޖާގައިގެ އެ ބަސްތަކާއެކު، ކޮންމެ ދިހަ މިނެޓަކާއި 15 މިނެޓަކުން ދަތުރުތައް އޮންނާނެ ކަމަށް އެމްޓީސީސީން އެއިރު ބުނެފައިވެއެވެ.

އެމްޓީސީސީން އާ ބަސްތައް ރާއްޖެ ގެނެވުމާއެކު އެ ބަސްތަކުން ހިދުމަތް ލިބިގަތުމަށް ފެންބޮވައިގެންފައިވާ ހިޔާ ސަހަރުގެ ރައްޔިތުންގެ ދިގު އިންތިޒާރަށް ނިމުމެއް އައީ، ރާއްޖެ ޓްރާންސްޕޯޓް ލިންކް"ގެ ބަހުގެ ހިދުމަތް އެ ސަހަރުގައި ރޭ ރަސްމީކޮށް ފެށުމާއެކުގައެވެ. "ރާއްޖެ ޓްރާންސްޕޯޓް ލިންކް"ގެ ބަހުގެ ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިކެވެ. ރައީސް ސޯލިހު ވަނީ، އެ ހިދުމަތް ފެށުމުން ހިޔާ ސަހަރުގައި ދިރިއުޅޭ ރައްޔިތުންނަށް ރަނގަޅު ބަހުގެ ހިދުމަތެއް ލިބޭނެ ކަމަށާއި ނަމަވެސް އަދިވެސް އެ ހިދުމަތް އިތުރަށް ފައްކާވާން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ފެންވަރު ރަނގަޅު ބަހުގެ ހިދުމަތާއެކު، ކިއޫގައި މީގެ ކުރިން ތިބޭ ތިބުން ވަނީ ނިމުމަކަށް އައިސްފައެވެ. ގަޑިނުޖެހި ދަރިވަރުންނަށް ސްކޫލަށް ދެވޭނެ ކަމުގެ ޔަގީންކަން މިވަނީ އާވެފައެވެ. ބަސް ޓާމިނަލްތަކުގެ ތޮއްޖެހުން މިވަނީ ކުޑަކުރެވިފައެވެ. އެންމެ ދިހަ މިނެޓުން އެމްޓީސީސީން މިހާރު އެދަނީ ދަތުރުތައް ބާއްވަމުންނެވެ. އެމްޓީސީސީގެ އުންމީދަކީ ހިޔާ ސަހަރަށް ފޯރުކޮށްދޭ ބަހުގެ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް މާލެ ސަރަހައްދުގައި އަވަސް ބަހުގެ ހިދުމަތެއް ގާއިމް ކުރުމެވެ.

ހިޔާ ސަހަރުގައި 70،000 މީހުންގެ އާބާދީއެއް ކުރިއަށް އޮތް ދުވަސްތަކުގައި އުޅޭނެ ކަމަށް ލަފާކޮށްފައިވާއިރު ހިޔާ ސަހަރަށް ބޭނުންވާ ހުރިހާ ކަންކަން ފުރިހަމަ ކުރުމަށް، ކުރަން ޖެހޭ މަސައްކަތްތައް ސަރުކާރުން އަދިވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ، 70،000 މީހުންގެ އާބާދީއަކަށް ބޭނުންވާ ހުރިހާ ކަމަކާއެކު ހިޔާ ސަހަރު ތަރައްގީކުރެވޭނެ ކަމަށް ވިދާޅުވެ، އެ ސަހަރުގެ ރައްޔިތުންގެ ދަތިތަކަށް ހައްުލު ހޯއްދަވައި ދެއްވާނެކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Aug 2026
ނަތަންޔާހޫގެ އަނބިމީހާ، ބަޔަކަށް އަނިޔާކުރި މައްސަލަތަކެއް ކޯޓަށް
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ރަސްމީ ގޭގައި މަސައްކަތްކުރި ކުރީގެ މުވައްޒަފުންތަކަކަށް، އޭނާގެ އަނބިމީހާ ސާރާ ނަތަންޔާހޫ އަނިޔާކޮށް ފުރައްސާރަކުރި މައްސަލަތަކެއް ފެންމަތިކޮށްފިއެވެ. މި މައްސަލަތައް މިހާރު ވަނީ ކޯޓަށްވެސް ހުށަހަޅާފައެވެ.
10 Aug 2026
ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މޫސުމާބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ނ އަތޮޅުން ލ އަތޮޅަށެވެ.
10 Aug 2026
އަހަރެމެންނަށް އަވި ބޭނުންވަނީ ކިހާމިންވަރަކަށް؟
ނަމަވެސް، ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި "މެދުމިނުގެ" މިންވަރަކަށް އަވީގައި އުޅުމަކީ ނަފްސާނީ ދުޅަހެޔޮކަމަށާއި، ވިޓަމިން-ޑީ ލެވެލް މަތިކުރުމަށާއި، ދިފާއީ ނިޒާމު ވަރުގަދަކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. އެހެންކަމުން ރާއްޖެ ފަދަ އަވިގަދަ ގައުމެއްގައި، އަވީގެ ނުރައްކަލުން ސަލާމަތްވެ ހުރެ، އޭގެ ފައިދާ އެންމެ ފުރިހަމައަށް ހޯދޭނީ ކިހިނެއްތޯ ބަލާލުމަކީ މުހިންމު ކަމެކެވެ.
10 Aug 2026
އެމެރިކާގެ ސުލްހައިގެ ޕްލޭން އިސްރާއީލުން ގަބޫލެއް ނުކުރި
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޣައްޒާއަށް ހުށަހެޅި 15 ނުކުތާގެ ސުލްހައިގެ ޕްލޭން ގަބޫލުނުކުރާނެކަން އިިއުލާންކޮށްފިއެވެ.
09 Aug 2026
ދީނީ އިލްމުވެރިންގެ އަހަރީ ބައްދަލުވުން މި މަހު 14 އަދި 15 ގައި
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ، "21 ވަނަ ޤަރުނުގައި އިސްލާމީ ދަޢުވަތު" މި ތީމްގެ މައްޗަށެވެ.
09 Aug 2026
ދިހަ ދުވަސްތެރޭ ރާއްޖޭގައި ބަންގްލަދޭޝްގެ 8 މީހަކު މަރު، ގިނައީ ސްޓްރޯކް
ބަންގްލަދޭޝްގެ ވިއުސް ނޫހުން ރިޕޯޓްކުރި ގޮތުގައި ޖުލައި މަހުގެ 25 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ތިންވަނަ ދުވަހަށް ރާއްޖޭގައި ބަންގްލަދޭޝްގެ އަށް މީހަކު މަރުވެފައިވެ އެވެ.
09 Aug 2026
އިންފަންޓީނޯގެ އަގު ވައްޓާލުމަށް ބަޔަކު މަސައްކަތްކުރަމުންދާކަމަށް ފީފާއިން ބުނެފި
"ފީފާގެ ރައީސަކީ އެ އިދާރާގެ މެންބަރު ގައުމުތަކުގެ މެދުގައި ބޭއްވުނު ޑިމޮކްރެޓިކް އިންތިޚާބަކުން ހޮވިފައިވާ ބޭފުޅެއް. އޭނާ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަނީ އެ މެންޑޭޓުގެ ދަށުން" ފީފާގެ ބަޔާނުގައިވެއެވެ
09 Aug 2026
ނޫރު ބިލްޑިންގެ ތަފްސީލީ ކުރެހުން އަންނަ މަހުގައި ނިމޭނެ
މި ބިލްޑިންގަކީ ގުރްއާނަށް ހާއްސަ ވަގްފެއް ގޮތުގައި 15 ބުރިއަށް މާލެގައި ބިނާކުރެވޭ ބިލްޑިންގެކެވެ. މިތާނގެ 3 ފްލޯ ހާއްސަ ކުރެވިފައި ހުންނާނީ އިސްލާމީ މިނިސްޓްރީގެ އިދާރާއަށެވެ.