ރިޕޯޓް
27 Apr 2022 | 11:56
ރައީސްގެ ގަރާރަށް ގޮންޖައްސަވައި އިންޑިއާ ރުއްސަން ނަޝީދު ދިވެހިންގެ ހިތުގައި ޗައިނާއާމެދު ނަފްރަތު އުފެއްދުމުގެ ދޮގު ޕްރޮޕެގެންޑާ އަނެއްކާވެސް

އެކުވެރި ގައުމުތަކާއި ދިވެހި ރާއްޖެއާއި ދެމެދު އޮންނަ ގުޅުމަށް ބުރޫ އަރުވައި ނަފްރަތު އުފެއްދުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއްކަމަށް ކަނޑައަޅައި އެކަން ހުއްޓުވުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ނެރުއްވާފައިވާ ގަރާރަށް ގޮންޖައްސަވައި އެމަނިކުފާނު އަމިއްލަ ޕާޓީގެ ލީޑަރ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޗައިނާއިން ރާއްޖޭގައި ޑިކްޓޭޓަރ ޝިޕެއް އުފައްދަން ބޭނުންވާކަމަށް ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ވެރިން ރުއްސެވުމަށްޓަކައި ނަޝީދު ވިދާޅުވީ އޭނާ އަބަދުވެސް އިސްކުރައްވާނީ އިންޑިއާ ފަސްޓް ޕޮލިސީ ކަމަށާއި ޗައިނާއިން ގެންގުޅޭ ދަރަނި ދަންތުރައިގައި ޖައްސައި ބިން ވެރިކުރުމުގެ ޕްލޭނަށް ޖާގަ ނުދެއްވާނެކަމަށެވެ.

" ޗައިނާމ ބޭނުންވަނީ ރާއްޖޭގައި ޑިމޮކްރަސީ ނައްތާލުމަށްފަހު އޮޓޮކްރަޓިކް ވެރިކަމެއް އުފައްދައި ޑިކްޓޭޓަރ ޝިޕެއް އުފެއްދުމަށްފަހު އެމީހުން ބޭނުންވާ ކަންތައްތައް ކުރަން. ދިވެހި ރާއްޖޭގެ ދަރަނީގެ 70 އިންސައްތައަކީ ޗައިނާއަށް ދައްކަން ޖެހިފައިވާ ދަރަނިތައް. މިއީ ޗައިނާއަށް ސިޔާސީ ގޮތުންނާއި އިގްތިސާދީގޮތުން ރާއްޖެއަށް ނުފޫޒު ހިންގަން ދެވިފައި އޮތް ބާރެއް" އެއްވެސް ހެއްކެއް ދެއްކުމެއްނެތި ނަޝީދު އަބަދުވެސް އިންޑިއާގެ ސިޔާސީ މީހުން ރުއްސަން ހައްދަވާ އިތުރުފުޅު ތަކުރާރު ކުރެއްވިއެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ދިވެހި ރާއްޖެ އިންޑިއާއާއި ގާތްކުރަން ކަމަށެވެ.

" ދިވެހި ރާއްޖެއިން ބޭނުންވަނީ އިންޑިއާއާއި ގާތް ރަހުމަތްތެރިކަމެއް ބާއްވަން. އަޅުގަނޑަށް އެކަމުގައި އެއްވެސް ޝައްކެއްނެތް. އަހަރެންނަކީ ސިޔާސީ މީހަކަށް ވާތީ އަހަރެން މިހެން ބުނެގެން ނުވާނެ. އަހަރެން ބުނެގެންނުވާނެ އަހަރެންނަށް ގިނައިން ވޯޓް ނުލިބޭ ވާހަކައެއްވެސް. އަހަރެންނަށް ޔަގީން މިހާތަނަށް ދެގައުމަށް ގާތް ނުވެވޭ މިންވަރަށް ގާތްވެވޭނެ ގޮތް އަހަރެމެންނަށް ފެންނާނެ" ނަޝީދު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިންޑިއާގެ ކުރީގެ ފޮރިން ސެކްރެޓަރީ ޝިޔާމް ޝަރަން މޮޑަރޭޓްކުރި އެއްވުމެއްގައި ލެކް ޗަރެއް ދެއްވަމުން ވިދާޅުވިއެވެ.

އިދިކޮޅު ލީޑަރ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަށްޓަވާފައިވާ އިންޑިއާ އައުޓް ކެމްޕެއިނަށް ނިސްބަތްކުރައްވައި ނަޝީދު ވިދާޅުވީ ރާއްޖޭގައި ފްރީ ސްޕީޗް ނުވަތަ ޚޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނަންވީ ގޮތް ކަނޑައެޅުމުގެ ގާނޫނެއް އެކުލަވާލުމުގެ ވިސްނުން މިހާރު އޮތް ކަމުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
ތިލަފުށިން ރީކޯ މޫސަގެ ހެވީލޯޑަށް ދީފަ އޮތް ބިން އެޗްޑީސީއާ ހަވާލުކުރަން އަންގައިފި
އެޗްޑީސީން ވަނީ ބިމު ކުއްޔާއި ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ދައްކަމުން ނުދާތީވެ އެ ފައިސާވެސް ހޯދުމަށް އެދިފައެވެ.
03 Aug 2026
އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ދެ ހެލިކޮޕްޓަރު ޖެހި ދެ މީހަކު މަރުވެއްޖެ
ޔޫނާން (ގްރީސް)ގެ ވެރިރަށް އެތެންސްއާ ގާތްގަނޑަކަށް 65 ކިލޯމީޓަރު ހުޅަނގުގައި އޮންނަ ސަރަހައްދެއްގައި ރޯވެފައިވާ ބޮޑު އަލިފާންގަނޑެއް ނިއްވުމަށް މަސައްކަތް ކުރަމުންދަނިކޮށް، ދެ ހެލިކޮޕްޓަރު ވައިގެ ތެރޭގައި ޖެހި ހިނގި ނުރައްކާތެރި ހާދިސާއެއްގައި ދެ މީހަކު މަރުވެއްޖެއެވެ.
03 Aug 2026
އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ސީ-ޓު-އެއާ ކާގޯއަށް 6 އިންސައްތައިގެ ކުރިއެރުމެއް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށް ކުރިއަށްގެންދާ ސީ-ޓު-އެއާ ޓްރާންޝިޕްމަންޓްގެ ޚިދުމަތަށް ބޮޑު ތަރުހީބެއް ލިބި، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި 6 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.
03 Aug 2026
ފަލަސްތީނުގެ އަސީރުން ތިބޭ ޖަލުތަކުގެ ވަށައިގެން ކިނބޫ ގެންގުޅުން މަނާކުރާ އަމުރެއް
ނިރުބަވެރި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ މުސްލިމް އަސީރުން ބޭތިއްބުމަށް ހަދާފައިވާ ކެޓްޒިއޮޓް ޖަލުގެ ވަށައިގެން ކިނބޫ ގެންގުޅުމަށް އެ ޖަމާއަތުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން ގްވީރު ރާވާފައިވާ ރޭވުން ތަންފީޒުކުރުން، ގުދުސްގެ ޑިސްޓްރިކްޓް ކޯޓުން ވަގުތީ ގޮތުން ހުއްޓުވައިފިއެވެ.