ރިޕޯޓް
10 Mar 2022 | 14:07
ރައީސް ޔާމީންގެ ޝަރީއަތް ލައިވް ނުކުރުމަށް ދައްކާ ހުއްޖަތު، ކިހާ ވަރެއްގެ ބުރަދަނެއް ހުރި ވާހަކައެއް؟

ވ.އާރަށް ކުށްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން އިދިކޮޅު ސިޔާސީ ލީޑަރު ރައީސް ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ރިޝްވަތު ގަބޫލުކުރިކަމާއި، މަނީ ލޯންޑަރކުރިކަމުގެ ދައުވާ ދައުލަތުން ވަނީ އުފުލާފައެވެ. އެމަނިކުފާނު އެކަމަށް އިންކާރުކުރައްވައެވެ. އަނެއްކޮޅުން އެ މުއާމަލާތާއި ގުޅިގެން ރިޝްވަތު ދިންކަމަށް ދައުލަތުން ދައުވާ އުފުލާފައިވާ ފަރާތްކަމަށްވާ ޔޫސުފު ނައީމު ވަނީ އެކަމަށް އިންކާރުކޮށްފައެވެ.

މިހާތަނަށް އެ މައްސަލައާއި ގުޅިގެން ބޭއްވި އިބްތިދާއީ އަޑުއެހުންތަކަށް ބަލާއިރު، ދައުލަތުން ދައުލާއުފުލުމުގައި ބުރަވެފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މުގުލުގައި ހުރިކަމަށް ތުހުމަތުކުރެވޭ ކުރީގެ ނައިބުރައީސް އަހުމަދު އަދީބުގެ ބަހަށެވެ. ދައުވާ ސާފުކޮށްދިނުމަށް ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ކުރި ސުވާލަށް ޖަވާބުދެއްވަމުން ދައުލަތުން ވަނީ ރައީސް ޔާމީންއަށް ޔޫސުފު ނައީމު ރިޝްވަތު ދިންކަމަށް އަދީބު ވިދާޅުވެފައިވާކަން ފާހަގަކުރައްވާފައެވެ.

އެމްއެމްޕީއާރުސީއާއި ގުޅުވައި އެމަނިކުފާނުގެ މައްޗަށް ފުލުފުލުގައި އުފުލަމުން މިދާ ދައުވާތަކުގައި ގާނޫނީ ބުރަދަދެއް ނެތްކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުން ފާހަގަކުރައްވައެވެ. އާރަށުގެ މައްސަލައަކީވެސް ސީދާ އިދިކޮޅު ސިޔާސީ ލީޑަރަށް ވީތީ އުފުލާ ސިޔާސީ ދައުވާތަކެއްކަމަށް ރައީސް ޔާމީންގެ ގާނޫނީ ޓީމުން ކެނޑިނޭޅި ވިދާޅުވަމުންދާއިރު، މި މައްސަލައިގެ ތެރެއަށް ސަރުކާރުގެ އިސް ވެރިންނާއި، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ނުފޫޒުގަދަ މެމްބަރުން ތަފާތު ގޮތްގޮތުން ނުފޫޒު ފޯރުވަމުންދާކަމަށް އިދިކޮޅު ކޯލިޝަނުންވެސް ގެންދަނީ ކެނޑިނޭޅި ތުހުމަތުތައް ކުރަމުންނެވެ.

އަނެއްކޮޅުން ގެއްލިގެން އުޅެނީ ރައްޔިތުންގެ ފައިސާތަކެކެވެ. ތުހުމަތު ކުރަނީ ރާއްޖޭގެ އާބާދީގެ ލައްކައަކާއި ގާތްކުރާ ރައްޔިތުން ތާއީދުކުރާ ލީޑަރަރެއްގެ މައްޗަށެވެ. އެމަނިކުފާނުގެ މައްޗަށް މީގެކުރިންވެސް މިފަދަ މައްސަލައެއްގައި ދައުވާތައް އުފުލާފައިވާއިރު، އެ މަނިކުފާނު ވަނީ ރާއްޖޭގެ އެންމެ މަތީ ކޯޓުން މިނިވަންވެވަޑައިގަންނަވާފައެވެ. ނުހައްގު ހުކުމެއްގައި އަހަރަކަށްވުރެ ގިނަ ދުވަސް ހުންނެވުމަށްފަހުގައެވެ. އެ ޝަރީއަތް ކުރިއަށް ގެންދިޔައިރުވެސް ކޯޓުތަކަށް ނުފޫޒު ފޯރުވަމުންދާ ވާހަކަ ގާނޫނީ ޓީމުން ގެންދިޔައީ ކެނޑިނޭޅި ފާހަގަކުރައްވަމުންނެވެ.

އަދުގެ ހާލަތުވެސް ވަކި ތަފާތެއް ނޫނެވެ. ކޯޓުތަކަށް އޮތް ނުފޫޒުގެ ވާހަކަ ހަމަ އެގޮތަށް އެބަ ދެކެވެއެވެ. އަނެއްކޮޅުން ވަކި މުއްދަތެއްގެ ތެރޭގައި ރައީސް ޔާމީން އަނބުރާ ޖަލަށް ލާނެކަމުގެ އިންޒާރު ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިންނާއި އެމްޑީޕީއަށް ނިސްބަތްވާ ބައެއް މަޖިލީސް މެމްބަރުން ވަނީ ދެއްވާފައެވެ. މިއީވެސް ސީދަ އާރަށުގެ މައްސަލައިގެ ތެރެއަށް ސިޔާސީ ނުފޫޒު ފޯރުވާފައިވާ މިންވަރުދައްކުވައިދޭ ހެކިތަކުގެ ގޮތުގައި ރައީސް ޔާމީންގެ ގާނޫނީ ޓީމުން ވަނީ ސިފަކުރައްވާފައެވެ.

އެ ހުރިހާކަމެއް އެހެން ހުރުމާއެކު ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ތަކުރާރުކޮށް މި މައްސަލަ ލައިވްކޮށްގެން ކުރިއަށް ގެންދިއުމަށް ތަކުރާރުކޮށް އެދިލައްވާފައެވެ. އެމަނިކުފާނުގެ މައުސޫމުކަން ރައްޔިތުންނަށް ހާމަކޮށްދެވެނީ ރައްޔިތުންނަށް ފެންނާނެހެން ޝަރީއަތް ލައިވްކުރެވިގެންކަމަށް އެމަނިކުފާނު ގާބޫލުފުޅުކުރައްވާކަމަށް ކޯޓުގައިވެސް ވިދާޅުވެފައިވެއެވެ. އަދި އެފަދައިން އެމަނިކުފާނު އެދިލައްވާފައިވަނީ މި މައްސަލައިގެ ވަށައިގެން އެނބުރޭ ސިޔާސީ ނުފޫޒުތައް އިންތިހާއަށް ހުރުމާއެކު، ޝައްކާއި ވަހުމު ފިލުވާލެވެން ފަސޭހައިން އޮތް ގޮތަކީވެސް އެއީ ކަމަށް ވާތީއެވެ.އެއާއެކު ގެއްލިގެން މި އުޅެނީ ރައްޔިތުންގެ ފައިސާއެވެ.

މިއީ ރައްޔިތުންގެ މަސްލަހަތު ވަރަށް ބޮޑަށް އެކުލެވޭ މައްސަލައެކެވެ. އަދި މިފަދަ މައްސަލަތައް ލައިވްކުރުމުގައި ކޯޓުން ވަނީ މީގެކުރިން ވަކި ގޮތެއްވެސް ކަނޑައަޅާފައެވެ. އެއީ ޚިޔާނާތާއި ގުޅުންހުރި މައްސަލަތައް ދެ ފުށްފެންނާނެހެން ލައިވްކޮށް ކުރިއަށް ގެންދިއުމެވެ.

އެމްއެމްޕީއާރުސީއާއި ގުޅުވާ ރައީސް ޔާމިންގެ މައްޗަށް އުފުލި މަނީ ލޯންޑަރކުރިކަމުގެ ދައުވާއާއި ގުޅޭ ޝަރީއަތް ލައިވްކޮށްގެން ކުރިއަށް ގެންދިޔައީ ކްރިމިނަލް ކޯޓުން 2019 ވަނަ އަހަރު ނިންމާފައިވާ އެ ނިންމުމާއި ގުޅިގެންނެވެ. މައްސަލައިގެ އަޑުއެހުންތައް ލައިވްކޮށްގެން ކުރިއަށް ގެންދިއުމަށް އެދިލައްވާ ރައީސް ޔާމީންގެ ފަރާތްޕުޅުން ދެއްކެވި ވާހަކަތަކުގައި ކޯޓުގެ އެ ނިންމުމާއި އެއްގޮތަށް އަޑުއެހުންތައް ކުރިއަށް ގެންދިއުމަށްވެސް އެދިލައްވާފައިވެއެވެ.

އިތުރަށް އެމަނިކުފާނުގެ ފަރާތްޕުޅުން ވަނީމައްސަލައާއި ގުޅިގެން، ދެކެވޭ ވާހަކަތާއި، ފެތުރޭ އަޑުތަކުން ބަރީއަވެ، ކޯޓުގެ ހުރުމަތް ނުކެނޑި ދެފުށްފެންނާނެހެން ޝަރީއަތް ކުރިއަށް ގެންދެވޭނީވެސް ލައިވްކޮށްގެންކަން ފާހަގަކުރައްވާ މުހިންމު ނުގުތާތަކެއް ނަންގަވާފައެވެ.

ޝަރީއަތް ލައިވްކޮށް ކުރިއަށް ގެންދިއުމަކީ ދައުލަތުންވެސް ބޭނުންވާ ގޮތެވެ. ޚިޔާނާތާއި ގުޅުންހުރި މައްސަލަތައް ކުރިއަށް ގެންދަންވާނީ ލައިވްކޮށްގެންކަމަށް ދައުލަތުންވެސް ވަނީ ނިމިދިޔަ އަޑުއެހުންތަކުގައި ބުނެފައެވެ.

އެއާއެކުވެސް ފެނިގެންދާ މަންޒަރަކީ، މިހާތަނަށްވެސް އެ ޝަރީއަތް ލައިވްކުރާނެކަމުގެ ޔަގީންކަން ކޯޓުން ދީފައި ނުވާ މަންޒަރެވެ.  މައްސަލައިގައި ހިމެނޭ ދެ ފަރާތުންވެސް މައްސަލަ ލައިވްކޮށްގެން ކުރިއަށް ގެންދަން ބޭނުން ނަމަވެސް، އެ އިންތިޒާމުތައް ހަމަޖައްސާދިނުމުގައި ކޯޓުން ވަނީ ފަހަތުފަޔަށް ބުރަވެފައެވެ. ވ. އާރަށުގެ މައްސަލައާއި ގުޅިގެން އިތުރު އަޑުއެހުންތަކެއް ކުރިއަށް އޮތްއިރު އަދިވެސް މައްސަލަ ލައިވްކޮށްގެން ކުރިއަށް ގެންދާނެކަމުގެ ފެހި ސިގްނަލެއް ނުލިބެއެބެއެވެ.

ކުރިއަށް އޮތް އަޑުއެހުމުގައި އޮތީ މައްސަލައާއި ގުޅޭ ހެކިތައް ހުށައެޅުމެވެ. އެ އަޑުއެހުމުގައި ހެއްކާއި ގުޅިގެން ވަކާލާތުކުރެވޭނެއެވެ. މިއީ މައްސަލަ ވަޒަންކޮށްލަން ބަލާލަން ރަނގަޅު އަޑުއެހުމަކަށް ވާނެއެވެ. އެހެން ނަމަވެސް، އަދި މި މަންޒަރުތައް ރައްޔިތުންނަށް ފެންނާނެހެން އިންތިޒާމުތައް ހަމަޖައްސާފައިވާކަން ނުވަތަ ހަމަޖެހިގެންދާނެކަމުގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ކްރިމިނަލް ކޯޓުން ހާމަކޮށްފައެއް ނުވެއެވެ.

ކޯޓުގެ ބަހަނާއަކީ އައިޓީ ޓެކްނީޝަނެއް ނެތުމެވެ. ޓެކްނީޝަނެއް މިހާ ހިސަބަބެއް އައިރުވެސް ހަމަނުޖެއްސުނު ސަބަބެއް ސާފެއް ނޫނެވެ. ކޯޓުތަކަށް ބޭނުންވާ މުވައްޒަފުން ނެގުމުގެ ޒިންމާ އޮތީ ޑިމާރްޓުމަންޓު އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ ކޮނޑުގައެވެ. އެ މުއައްސަސާއިންވެސް މިކަމުގައި ޖަވާބެއް ނުދެއްވައެވެ. މުވައްޒަފެއް ނެގުމުގެ މަސައްކަތް އޮތް ހިސާބެއް ސާފުކޮށެއް ނުދެއެވެ. އަޑުތައް ފެތުރިފައިވާ ގޮތުގައި މުވައްޒަފެއް ނެގުމުގެ ކަންކަން ލަސްކުރަނީ ފަނޑިޔާރުންގެ ސުލކީ މައްސަލަތައް ބަލަން އޮންނަ ޖޭއެސްސީއިން އެކަމަށް ބާރު އަޅާ، މުވައްޒަފަކު ނެގުމުގެ ކަންކަން ފަސްކުރުމަށް ކޮށްފައިވާ އަމުރަކާއި ގުޅިގެންނެވެ. ޖޭއެސްސީގެ ސީދާ ނުފޫޒުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ
08 Sep 2026
ފިޒިއޮތެރަޕީގެ ދާއިރާ ކުރިއެރުވުމަށް އެމްއެންޔޫ އާއި އެމްޕީއޭ ދެމެދު އެމްއޯޔޫއެއް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް ފިޒިއޮތެރަޕީ އެސޯސިއޭޝަން (އެމްޕީއޭ) އާ ދެމެދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހާ ގުޅުވައިގެން، މިއަދުއެވެ.