އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން މިމަހު 18 ވަނަދުވަހު

06 Jan 2019 | 16:06

މިއަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ފަރާތްތައް ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން މިމަހު 18 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

ޕްރައިމަރީއާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން އެމްޑީޕީގެ ފަރާތުން އިބްރާހިމް ވަހީދު ވިދާޅުވީ މިމަހުގެ 18 ވަނަ ދުވަހު އެމްޑީޕީގެ ޕްރައިމަރީ އޮންނާނެކަމަށާއި ވޯޓުލުން ކުރިއަށްދާ ޕާޓީގެ ހަރުގެ ހުންނަ ރަށްރަށުގައި، ހަރުގޭގައި ކަމަށެވެ.

އަދި ހަރުގެ ނެތް ރަށްރަށުގައި އިޖުތިމާއީ މަރުކަޒުފަދަ ތަންތަނުގައި ވޯޓުލުން ކުރިއަށްގެންދާނެކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މި ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނީ މެންދުރުފަހު 2:30 އިން ފެށިގެން ރޭގަނޑު 8:30އަށެވެ. 8:30 ގެ ކުރިން ކިޔޫގައި ތިބި ބަޔަކަށް ވޯޓުލެވޭނެ އިބްރާހިމް ވަހީދު ވަނީ ވިދާޅުވެފައެވެ.

މިފަަހަރުގެ ޕްރައިމަރީގައި 86 ދާއިރާއަކަށް މީހުން ކުރިމަތިލާފައިވާކަމަށް އެމްޑީޕީން މައުލޫމާތުދެއެވެ.

Advertisement

ކޮމެންޓް