ެމެމްބަރު ޝިޔާމު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
29 Sep 2022 | 12:34
ކަންނެލި މަސްވެރިންނަކަށް އަޅައެއް ނުލާ، ފަޒީރު ފިލައިގެން އުޅޭތާ ދޮޅު އަހަރުވެއްޖެ: ޝިޔާމު

ސަރުކާރުން އިހުމާލުވަނީ ހަމައެކަނި ކަޅުބިލަމަހުގެ މަސްވެރިންނަށް އެކަނި ނޫންކަމަށާއި، ކަންނެލި މަސްވެރިންނަށް ސަރުކާރުގެ އަޅާލުން އެއްވެސް ވަރަކަށް ނުލިބޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ. 

ޝިޔާމު މިފަދައިން ވިދާޅުވެފައިވަނީ ބޮޑު ކަންނެލީގެ މަސްވެރިންގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއައުން ނެރުނު ބަޔާނެއް ޓްވިޓާގައި ހިއްސާކުރައްވަމުންނެވެ. 

އެ ބަޔާނުގައި މަހަށް ހަމައަގު ކަނޑަނޭޅުމާއި ތެލުގެ އަގު ބޮޑުވުން އަދި އައިސް ލިބުން އިންތިހާއަށް ދަތިވާއިރު ސަރުކާރުން އަޅާނުލާކަމަށް ބުނެ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ވަނީ ގިނަ ކަންބޮޑުވުންތަކެއް ހިއްސާކޮށްފައެވެ. 

އޭގެ ތެރޭގައި ކަންނެލީގެ ފްލޯ ޕްރައިސް ކަނޑައެޅުމާއި ގުޅޭގޮތުން 2021 ވަަނަ އަހަރު ފެށި މަޝްވަރާތައް ވަކި ހިސާބަކުން ހުއްޓާލާ، އެފަހުން އަޅާ ނުލެވި އޮތްކަން ެ ޖަމުއިއްޔާއިން ފާހަގަކުރެއެވެ. އަދި ތެލުގެ އަގު ބޮޑުވުމާއެކު، އެކަށީގެންވާ މިންވަރަށް މަސް ނުކިރޭތީ ދޯނިތަކުން ބޮޑެތި ޚަރަދުތަކެއް ކުރަންޖެހުމަކީވެސް ތަކުލީފެއްގެ ގޮތުގައި ވަނީ ފާހަގަކުރައްވާފައެވެ. 

މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވަމުން ޝިޔާމު ވިދާޅުވީ ކަންނެލި މަސްވެރިންނަށް ސަރުކާރުގެ އަޅާލުން ނުލިބޭ ތާގައި، މަސްވެރި ވަޒީރު ފިއްލަވައިގެން އުޅުއްވާތާވެސް ދޮޅު އަހަރުވެއްޖެކަމަށެވެ. 

ގިނަ ދުވަސްތަކަކަށްފަހު މަސްވެރިކަން ތިޔާގިވެފައިވާއިރު، މަސް ކިރޭގެ ރަނގަޅު އިންތިޒާމުތައް ހަމަޖައްސާދެވިފައި ނުވާކަމުގެ ޝަކުވާތައް މަސްވެރިން ދަނީ ކުރަމުންނެވެ. 

މަސްވެރިންގެ ޝަކުވާތަކާއި ގުޅިގެން ފިޝަރީޒް މިނިސްޓަރު މަޖިލީހަށް ހާޒިރުކޮށް ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވަނީ މަސްވެރިކަން ރަނގަޅުވާ މޫސުމާއި ދިމާކޮށް ސަރުކާރުން ގަންނަން މަސައްކަތްކުރި ބޯޓުތައް ގަނެވިފައި ނުވާކަމަށް ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ
08 Sep 2026
ފިޒިއޮތެރަޕީގެ ދާއިރާ ކުރިއެރުވުމަށް އެމްއެންޔޫ އާއި އެމްޕީއޭ ދެމެދު އެމްއޯޔޫއެއް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް ފިޒިއޮތެރަޕީ އެސޯސިއޭޝަން (އެމްޕީއޭ) އާ ދެމެދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހާ ގުޅުވައިގެން، މިއަދުއެވެ.