ފޮޓޯ: ރ.މަޑުއްވަރީ މަސްވެރިން ޕޭޖު
ހަބަރު
29 Sep 2022 | 12:40
ސަރުކާރުގެ ވައުދު ނުފުއްދި، ކަންނެލީގެ މަސްވެރިކަން ނެތި ހިނގައިދާނެ ކަމުގެ ބިރު ހީވޭ: ބީކޭއެމްޔޫ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން މަސްވެރިންނަށް ވެފައިވާ ހަމައަގުގެ ވައުދު ދައުރުގެ މިހާތަނަށް އައި އިރުވެސް ފުއްދިފައި ނުވާއިރު، ބޮޑު ކަންނެލީގެ މަސްވެރިކަން އިންތިހާއަށް ދަށަށް ގޮސް ނެތި ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާކަމަަށް ބޮޑު ކަންނެލީގެ މަސްވެރިކަން ހިމާޔަތްކޮށް ކުރިއެރުވުމަށް އުފައްދާފައިވާ ޖަމިއްޔާއެއް ކަމަށްވާ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ބުނެފިއެވެ.

ބީކޭއެމްޔޫ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބޮޑުކަންނެލި މަސް ގަނެވޭނެ އެންމެ ކުޑަ އަގެއް ކަނޑައެޅުމަކީ އެ ޔޫނިއަނުން މިހާރު ކުރަމުން އަންނަ އެންމެ މުހިއްމު މަސައްކަތް ކަމަށެވެ. އެހެނީ، މަސްވެރިކަން ކުޑަކޮށްވެސް ރަނގަޅުވެލާއިރަށް ބޮޑުކަންނެލި ގަންނަ އަގު މަސްވެރިންގެ މަސައްކަތް ދެކޮޅުނުޖެހޭ މިންވަރަށް ކުޑަކުރަމުންދާ ކަމަށެވެ. 

މިއާއެކު އެ ބަޔާނުގައި ބުނީ، މި ސަރުކާރުން މަސްވެރިންނަށް މަހުގެ ހަމައަގު ހޯދައިދިނުމަށް ވެފައިވާ ވައުދު ފުއްދުމުގެ ގޮތުން 2021 ވަނަ އަހަރުގައި މަސްވެރިންނާއި ބޮޑުކަންނެލި ގަންނަ ކުންފުނިތަކާއެކު ކޮންމެވެސް ވަރަކަށް މަޝްވަރާކުރި ކަމުގައިވީ ނަމަވެސް އޭގެ ފަހުން އެއްވެސް މިންވަރަކަށް މަޝްވަރާތައް ކުރިއަށްނުދާ ކަމަށެވެ.  

އަދި ބޮޑުކަންނެލި ގަންނަ ކުންފުނިތަކާއެކު ކުރި މަޝްވަރާތަކުން ކުރިއެރުމެއް ނުލިބުމުން، ސަރުކާރާއެކު މަޝްވަރާތައް ކުރިއަށް ގެންދަން ތަކުރާރުކޮށް އެދިފައިވާ ކަމަށާ އެހެންނަމަވެސް، ދަށް އަގު ކަނޑައެޅުމުގައި ކުރިއެރުމެއް ނުލިބޭކަމަށް އެ ޔޫނިއަނުން ބުނެއެވެ.

"ބޮޑު ކަންނެލީގެ މަސްވެރިކަމުގެ ސިނާއަތް ދުވަހުން ދުވަހަށް ދަށަށް ގޮސް ނެތި ހިނގައިދާނެ ކަމުގެ ބިރު މިހާރު ވަނީ ހީވާން ފަށާފައި." ބީކޭއެމްޔޫ ގެ ބަޔާނުގައި ވެއެވެ. 


އެ ޔޫނިއަނުން ފާހަގަކުރި ގޮތުގައި ތެލުގެ އަގު އެތައް ތަނެއް ބޮޑުވެ ޚަރަދުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި އުތުރާއި ދެކުނުގައި މަސްވެރިންނަށް ސަރުކާރުން ކަނޑައަޅާފައިވާ ސަބްސިޑީ މާލެ ސަރަހައްދުން ތެޔޮ ގަންނަ މަސްވެރިންނަށް ނުލިބުމުން ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ އޮޑިފަހަރަށް ތެޔޮ ގަންނަންޖެހެނީ އެންމެ ބޮޑު އަގުގައި ކަމަށް އެ ޔޫނިއަނުން ބުނެއެވެ.


އަދި ހަމަ  އެހެންމެ، ތެލުގެ އަގަށް ބައިނަލްއަޤުވާމީ ބާޒާރުގައި އަންނަ ހެޔޮ ބަދަލު ރާއްޖޭގައި ތެޔޮ ވިއްކާ އަގަށް ނާންނަކަމަށާ، މިފްކޯގެ އައިސް ޕްލާންޓުތައް ދަރަނިން ސަލާމަތްނުވެވިގެން އުޅޭ ފެނަކައިގެ ދަށަށް ބަދަލުކުރުމަކީ އެކަމުގެ ސަބަބުން އައިސް ގަންނަން ލިބޭ އަގުވެސް އިތުރަށް އުފުލޭނެ ކަމެއްގެ ގޮތުގައި ޔޫނިއަނުން ފާހަގަކުރެއެވެ.


މީގެ އިތުރުން، ކަންނެލި ގަންނަ ކުންފުނިތަކުގެ ހާލަތު ރަނގަޅުވުމަކީ މުހިއްމުކަމެއް ކަމުގައި ދެކޭކަން ހާމަކުރުމާއެކު އެ ޖަމްއިއްޔާއިން ބުނީ، އެ ކުންފުނިތަކަށް ސަރުކާރުން ލިބެންޖެހޭ އެއްބާރުލުން ނުލިބުމުގެ ސަބަބުން ކަންނެލި ކިރޭ މިންވަރު މަދުވެ، ކިއުގައި އެތައް ދަުވަހެއް ހޭދަކުރާންޖެހިފައިވާ ކަމަށެވެ. އަދި ކަންނެލި ކިރުނު ނަމަވެސް ކިރާ ކަންނެއްޔަށް ދުވަހުން ދުވަހަށް ލިބެންޖެހޭ ފައިސާ ނުލިބުމަކީވެސް ބޮޑު ކަންބޮޑުވުމެއް ކަމުގައި އެ ޖަމްއިއްޔާއިން ފާހަގަކުރިއެވެ.


މިއާއެކު ބޮޑުކަންނެލީގެ މަސްވެރިކަން ސަލާމަތްކުރުމުގައި ސަރުކާރުގެ ކޮނޑުގައި އެޅިފައި އޮތް ބޮޑު ޒިންމާއަށް އިހުމާލުނުވުމަށް އެ ޖަމިއްޔާ އިން ވަނީ ސަރުކާރަށް ގޮވާލާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ
08 Sep 2026
ފިޒިއޮތެރަޕީގެ ދާއިރާ ކުރިއެރުވުމަށް އެމްއެންޔޫ އާއި އެމްޕީއޭ ދެމެދު އެމްއޯޔޫއެއް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް ފިޒިއޮތެރަޕީ އެސޯސިއޭޝަން (އެމްޕީއޭ) އާ ދެމެދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހާ ގުޅުވައިގެން، މިއަދުއެވެ.