މެމްބަރު ނިހާދު މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
24 Oct 2022 | 05:22
ކިތަންމެ ވަރަކަށް ފިތުނަ އުފެއްދުޔަސް މި ސަރުކާރު ވައްޓައެއް ނުލެވޭނެ: ނިހާދު

ސަރުކާރުގެ ވާދަވެރިން ކިތަންމެ ވަރަކަށް ފިތުނަ އުފެއްދިނަމަވެސް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ވައްޓާ ނުލެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ. 

ނިހާދު މިފަދައިން ވިދާޅުވެފައިވަނީ ސަރުކާރުގެ ވާދަވެރިންނަށް ފާޑުކިޔުން އަމާޒުކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ. 

އެގޮތުން ނިހާދު ވިދާޅުވީ 2023 ގެ ރިޔާސީ އިންތިޚާބު ބޯމަތިވަމުން އަންނަ އިރު، މިހާރު އޮތް ސަރުކާރާއި މެދު ރައްޔިތުންގެ ހިތުގައި ނަފުރަތު އުފެއްދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އަދި ރައްޔިތުންނަށް އޮޅުވާލާ ފިތުނަ އުފައްދާ ސަރުކާރު ވައްޓާލެވޭތޯ ކުރަމުންދާ މަސައްކަތް މެކުހައް ޖަހާފައިވާކަމަށެވެ. 

އެހެން ނަމަވެސް އެގޮތަށް ވާދަވެރިން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް މި ސަރުކާރު ވައްޓާ ނުލެވޭނެކަމަށް ނިހާދު ވަނީ ވިދާޅުވެފައެވެ. އަދި ފިތުނަ އުފައްދައިގެން ސަރުކާރު ވައްޓާލެވޭވަރަށްވުރެ ރައްޔިތުން މި ސަރުކާރުގެ ދެކެ ލޯބިވާކަމަށް ނިހާދު ގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ. 

ފިތުނަ އުފައްދައިގެން ސަރުކާރު ވައްޓާލަން ބަޔަކު މަސައްކަތް ކުރާކަމަށް ނިހާދު ވިދާޅުވިނަމަވެސް، އެއީ ކޮން ބައެއްކަން ސާފުކޮށް އޭނަގެ ޓްވީޓުގައި ބަޔާންކޮށްފައެއް ނުވެއެވެ. 

ނިހާދުގެ ފާޑުކިޔުންތައް އަމާޒުކުރައްވާފައިވަނީ ޗާގޯސް މައްސަލައިގައި ސަރުކާރާއި ވާދަވެރި ސިޔާސީ ޕާޓީއިން ގިނަ ތުހުމަތުތަކެއް ސަރުކާރަށް އަމާޒުކުރަމުންދާ ދަނޑިވަޅެއްގައެވެ. އަދި ވާދަވެރި ސިޔާސީ ޕާޓީގެ އިތުރުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ބައެއް ޕާޓީތަކުގެ އިތުރުން އެމްޑީޕީގެ ނަޝީދު ފެކްޝަންގެ މެމްބަރުންގެ ނުރުހުންވެސް އަމާޒުކުރައްވާފައިވެއެވެ. 

ބެލެވޭ ގޮތުގައި ނިހާދުގެ މި ނުސީދާ ރައްދަކީ މި ހުރިހާ ފަރާތްތައް ޝާމިލުވާގޮތަށް ދީފައިވާ ރައްދެކެވެ. އަދި އެ ޓްވީޓުގެ މަގްސަދަކީ ސަރުކާރަށް ރައްޔިތުން އިތުބާރުކުރާކަން ވާދަވެރިންނަށް ހަނދާންކޮަށްދިނުން ކަމުގައި ބެލެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ