ރައޯވާ ހައްދާދް-- ފޮޓޯ: ޕީސް ފައުންޑޭޝަން
ހަބަރު
20 Dec 2022 | 15:32
އޮސްޓްރޭލިއާގެ ލައިފް ކޯޗް، ރައޯވާ ހައްދާދް ރާއްޖެ ވަޑައިގަންނަވަނީ!

މީގެ ކުރިންވެސް 2 ފަހަރެއްގެ މަތިން ރާއްޖެ ވަޑައިންނެވި އޮސްޓްރޭލިއާގެ ސަރޓިފައިޑް ނިއުރޯ-ލިންގުއިސްޓިކްސް ޕްރޮގްރާމް (އެން.އެލް.ޕީ) ޕްރެކްޓިޝަނަރ ރައޯވާ ހައްދާދް މިހިނގާ ޑިސެމްބަރ މަހުގެ 27 ގައި ރާއްޖެ ވަޑައިގަންނަވާގޮތައް ހަމަޖެހިއްޖެއެވެ.

ރާއްޖޭގައި ތަފާތު އިޖުތިމާޢީ ހަރަކާތްތައް ހިންގާ ޕީސް ފައުންޑޭޝަނާއި އޮސްޓްރޭލިއާގެ މަދީނާ އެކެޑެމީ ގުޅިގެން، މި ދަތުރުގައި މާލެ ހިމެނޭހެން ރާއްޖޭގެ ދެ ރަށެއްގައި ގިނަގުނަ ޕްރޮގްރާމްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

ރައޯވާ އަކީ ރާއްޖޭގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ލައިފް ކޯޗިންގ ވޯކްޝޮޕްތައް ހިންގަވާ ބޭކަނބަލެކެވެ. އެގޮތުން، އޮސްޓްރޭލިއާ، ނިއުޒިލަންޑް، މެލޭޝިއާ، ސްޕެއިން އަދި ފިޖީ ފަދަ ޤައުމުތަކުގައި ޒުވާނުންނަށް، ޚާއްޞަކޮށް ޒުވާން އަންހެން ކުދިންނަށް ވޯކްޝޮޕްތައް ހިންގަވާފައިވެއެވެ.

އެންމެ ފަހުން ރައޯވާ ރާއްޖެ ވަޑައިގެންނެވި ދަތުރުރުގައި ތަފާތު ގިނަ ވޯކްޝޮޕްތަކެއް ހިންގަވާފައިވެއެވެ. އެގޮތުން، އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއަރ ސްޓާފުންނަށް ކުރިޔައްގެންދެވުނު ލީޑަރޝިޕް ވޯކްޝޮޕު ފާހަގަކޮށްލެވެއެވެ. މާލެ ސަރަހައްދުގެ ހުރިހާ ސުކޫލެއްގެ ޕްރިންސިޕަލުން ބައިވެރިވެވަޑައިގެންނެވި މި ވޯކްޝޮޕުގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު ޢަލީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖެއަށް މިފަހަރު ކުރައްވާ ދަތުރުގައި ރައޯވާ ކުރިޔަށް ގެންދަވާނެ ޕްރޮގްރާމްތަކުގެ ތެރޭގައި އަންހެން ކުދިންނަށް ޚާއްޞަ ޕްރޮގްރާމްތަކާއި އަދި ކުޑަކުދިންނާއި ބެލެނެވެރިންނަށް ޚާއްޞަ ލައިފް ކޯޗިންގ ވޯކްޝޮޕްތައް ހިމެނެއެވެ. ޕްރޮގްރާމްތައް ކުރިޔަށް ދާނީ މާލެ އާއި ރ. މީދޫ ގައެވެ.

ޕީސް ފައުންޑޭޝަނަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު އެކިއެކި ޕްރޮގްރާމްތައް ހިންގާ ޖަމިއްޔާ އެކެވެ. 2010 ވަނަ އަހަރު އުފަންވި މި ޖަމިއްޔާއިން މިހާރުވަނީ ދިވެހިރާއްޖޭގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، އިޖްތިމާޢީ ގޮތުންނާއި ތަޢުލީމީ ގޮތުން ހަރުދަނާ ޖީލެއް ބިނާކުރުމުގައި ތަފާތު ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ.

މި ދަތުރުގެ އިތުރު މަޢުލޫމާތު ޕީސް ފައުންޑޭޝަނުގެ ސޯޝަލް މީޑިއާ ޕޭޖްތަކުން ލިބިލައްވާނެއެވެ. އަދި 9552949 އަށް ގުޅުއްވުމުންވެސް ލިބިލައްވާނެއެވެ.

ފޭސްބުކް: @PeaceFoundation.mv

އިންސްޓަގްރާމް: peace.mv

ޓްވިޓަރ: @Mv_Peace

ޓެލެގްރާމް: t.me/PeaceFoundation

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.