ބެންޒެމާ ލަނޑުޖެހުމަށް ފަހު އުފާ ފާޅުކުރަނި
ކުޅިވަރު
12 Jan 2023 | 03:53
ވެލެންސިއާ ބަލިކޮށް ޗެންޕިއަން ރެއާލް ސްޕެނިޝް ކަޕް ފައިނަލަށް!

ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގެ ކިންގް ފަހުދު އިންޓަނޭޝަނަލް ސްޓޭޑިއަމްގައި މިރޭ ކުޅެވުނު ސްޕެނިޝް ސުޕަ ކަޕްގެ ފުރަތަމަ ސެމީފައިލް މެޗުގައި ޕެނަލްޓީ ޖަހައިގެން ވެލެންސިއާ ބަލިކޮށް މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ރެއާލް މެޑްރިޑުން ހޯދައިފިއެވެ. 

މުބާރާތުގެ އެންމެ ފަހުގެ ޗެންޕިއަން ރެއާލް މެޑްރިޑް މި މުބާރާތުގެ ޗެންޕިއަންކަން 12 ފަހަރު ހޯދާފައި ވާއިރު 2018 ވަނަ އަހަރުގެ ކުރިން މި މުބާރާތް ބާއްވަމުން އައީ ސްޕެނިޝް ލަލީގާ އަދި ކޮޕާ ޑެ ލަރޭ ގެ ޗެންޕިއަނުންގެ މެދުގައި ސީޒަން ހުޅުވުމުގެ ގޮތުން ހޯމް އެންޑް އަވޭގެ އުސޫލުން ކުޅެވޭ މުބާރާތެއްގެ ގޮތުގައެވެ. ނަމަވެސް 2018 ވަނަ އަހަރުން ފެށިގެން މި މުބާރާތް ބާއްވަމުން އަންނަނި 4 ޓީމުގެ މެދުގައެވެ. ކޮޕާ ޑެ ލަރޭގެ ފައިނަލްގައި ކުޅޭ ދެޓީމުގެ އިތުރުން ލީގުގެ އެންމެ ކުރި ލިބޭ ދެ ޓީމާއެކު 4 ޓީމުގެ މެދުގައި ސީޒަނުގެ މެދުތެރެއިން ކުޅޭ އެއް ހަފްތާގެ މުބާރާތެއް ގޮތަށެވެ.

މިރޭގެ މެޗުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފުރަތަމަ ހާފުގައި ފެނިގެންދިޔައިރު ފުރަތަމަ ލަނޑުޖަހައި ލީޑް ހޯދީ ރެއާލް މެޑްރިޑުންނެވެ. މިއީ ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގައި ވެލެންސިއާގެ ސްވިޒަލޭންޑް ޑިފެންޑަރ އެރޭ ކޮމަރޓް އެޓީމުގެ ޕެނަލްޓީ އޭރިއާ ތެރެއިން ރެއާލްގެ ފޯވާޑް ކަރީމް ބެންޒެމާ އަށް ކުރި ފައުލަކާއި ގުޅިގެ ރެއާލް އަށް ލިބުނު ޕެނަލްޓީއަކުން ބެންޒެމާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ފުރަތަމަ ހާފު 1-0 ން ރެއާލް މެޑްރިޑް ކުރީގައި އޮވެ ނިމުނު ނަމަވެސް ދެވަނަ ހާފު ފެށިގެން 24 ސިކުންތް ނުވަނީސް ވެލެންސިއާ އިން މެޗުގެ ނަތީއްޖާ އެއްވަރު ކުރިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބުރެޒިލްގެ މިޑްފިލްޑަރ ސެމިއުލް ޑިއާސް ލިނޯ އެވެ. މިއީ އެޓީމުގެ ސްޕެނިޝް ޑިފެންޑަރ ޓޯނީ ލަޓޯ ގޯލުކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ރެއާލް މެޑްރިޑް ގޯލު އޭރިއާ ތެރެއިން މުޅިން ހުސްކޮށް އޮވެ އެއްފަހަރުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ލިނޯ ކާމިޔާބުކުރި ލަނޑެކެވެ.

މެޗުގެ 90 މިނެޓް ކުޅުން ހަމަވި އިރު ދެޓީމު 1-1 ން އެއްވަރުވެފައި އޮތުމުން އިތުރުވަގުތުގެ 15 މިނެޓުގެ ދެ ހާފު ނިމުނީވެސް 1-1 ން ދެޓީމު އެއްވަރުފައި އޮވެގެންނެވެ. މެޗުގެ ނަތީއްޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ރެއާލް ގެ ބެންޒެމާ، މޮޑްރިޗް، ކުރޫސް އަަދި އަސެންސިއޯގެ ޕެނަލްޓީ ކާމިޔަބުކުރި އިރު ވެލެންސިއާގެ ކަވާނީ، އިލައިކްސް މޮރިބާ، އަދި ހޫގޯ ގުއިލަމޮން ގެ ޕެނަލްޓީ ކާމިޔަބު ކުރިއެވެ. ނަމަވެސް އެޓީމުގެ އެރޭ ކޮމަރޓް އަދި ކެޕްޓަން ހޯސޭ ގަޔާ ގެ ޕެނަލްޓީ ނާކާމިޔާބުވެ ރެއާލް މެޑްރިޑަށް މުބަރާތުގެ ފައިނަލުން ޖާގަލިބުނީއެވެ. 

ފައިނަލުގައި ރެއާލް މެޑްރިޑް މި މަހުގެ 15 ވަނަ ދުވަހު ނުކުންނާނީ މާދަމާރޭ ކުޅެވޭ ސެމީފައިނަލުގެ ދެވަނަ މެޗުގައި ބާސެލޯނާ އާއި ރެއަލް ބެޓިސް ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.