ތަނަވަސްކަމެއް ނެތި މަގުމަތީގައި އުޅޭ ކުދިންނަށް ކިޔަވައިދޭ ދެބެއިން

26 Jan 2019 | 13:22

އަވައްޓެރި ޕާކިސްތާނުގައި ދިރިއުޅޭ މީހުންގެ އާބާދީގައި ފަގީރުންގެ ނިސްބަތް ގިނައެވެ. ތައުލީމް ހާސިލްކުރަން ބޭނުންވެ އެފަދަ ތަނަވަސްކަމެއް ނެތް އެތައް ކުދިން އުޅެއެވެ. 

އޭގެ ތެރޭގައި ވަންނާނެ ގެދޮރުގެ ނެތި މަގުމަތީގައި އުޅޭ ކުދިންގެ އަދަދުވެސް ވަރަށް ގިނައެވެ.

އެފަދަ ކުދިންނަށް ތައުލީމް ފޯރުކޮށްދިނުމަށްޓަކައި ޕާކިސްތާނުގެ ކަރާޗީއަށް ދެބެއިން ވަނީ ކަރާޗީގައި އައުޓް ޑޯ ސުކޫލެއް ހަދާފައެވެ. 

އެ ސުކޫލުގައި ހަތަރު ފާރެއް ނުހުރެއެވެ. އަދި މަތިން ހިޔާ ކޮށްފައެއްވެސް ނުހުރެއެވެ. އޭގެ ބަދަލުގައި އެއީ ހުސްބިމެކެވެ. އެ ހުސްބިމުގައި ވަކި ހިސާބަކުން ފެންސް ޖަހާފައިވެއެވެ. ފެންސް ޖަހާފައިވާ ސަރަހައްދުގެ ތެރޭގައި ގޮނޑިއާއި މޭޒް ބަހައްޓައިގެން އެކުދިންނަށް އެ ދެބެއިން ކިޔަވައިދެއެވެ.

ސާދަ އަހަރުގެ ޝީރީން ނަމަކަށް ކިޔާ އެ އަންހެންކުއްޖާއާއި އޭނާގެ ބޭބެ ހަސަން އެ މަސައްކަތް ފަށާފައިވަނީ މަގުމަތީގައި ސަލާން ޖަހަންތިބި ފަސްކުދިންނާއި އެކު ގައެވެ. ނަމަވެސް މިހާރު އެފަދަ 250 ކުދިން އެތަނުން ތައުލީމް ހާސިލްކުރެއެވެ.

ތައުލީމް މީގެ ކުރިން ލިބިފައި ނުވާ ބޮޑެތި މީހުންވެސް އެތަނަށް ތައުލީމް ހާސިލްކުރަން ދެއެއެވެ. ކިޔަވައި ދިނުމުގެ އިތުރުން އެތަނަށް ކިޔަވަން އަންނަ ކުދިން އުޅޭ ސަރަހައްދު ތަކަށް ދިއުމުގެ ދަތުރުފަތުރު ހަމަޖައްސައިދެއެވެ. އަދި އެކުދިންނަށް ޕޮކެޓް މަނީވެސް ޝީރީންމެން ދެބެއިން ދެއެވެ.

އެސުކޫލުގެ ޚަރަދުތައް ބަލަހައްޓަނީ ޝީރީންގެ އާއިލާއާއި އެއާއިލާގެ ރަހުމަތްތެރިންނެވެ.

Advertisement

ކޮމެންޓް