ިމިސަރުކާރުން އަދީބާއި މެދު މާ އަނިޔާވެރި: ރައީސް ޔާމީން
މި ސަރުކާރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި މެދު މާބޮޑަށް އަނިޔާވެރިކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޕީޕީއެމްއާއި ޕީއެންސީއާއި ގުޅިގެން މަޖިލިސް އިންތިޚާބަށް ގުޅިގެން ނުކުތުމަށް ކޯލިޝަނެއް ހެދުމަށް ބޭއްވި ރަަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ޔާމީން ވިދާޅުވީ އޭރުވެސް ފާޑުކިޔަމުންދިޔައީ އަދީބަށް ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ނުދެވޭތީ ކަމަށެވެ.
"އެއީ އަހުމަދު އަދީބަށް ބޭހަށް ނުދެވޭތީ އެއީ އަހުމަދު އަދީބަށްކުރާ އަނިޔާއެއްކަމަށް ދެކިގެން. އެހެންކަމުން ފާޑުކިޔުން އަނިޔާ އެ ލަފްޒަށް ބަދަލުވަންޏާ ދެން ތި ވިދާޅުވީ މިހާރު މާބޮޑަށް ފާޑުކިޔޭ. އެހެންވެ އޭގެ މާނައަކީ މިހާރު މި ސަރުކާރު މިކަހަލަ ކަންތައްތަކުގައި މަ އަނިޔާވެރިއޭ ދެއްތޯ"، ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އަނިޔާއަކީ ކޮބައިކަން ވަރަށް ބޮޑަށް އޮޅިފައިވާ ކަމަށާއި ގާނޫނީ އުސޫލުގެ ތެރެއިން ދެވޭ އަދަބަކީ އަނިޔާ ނޫންކަމަށެވެ. މީހަކު ކުރިކުށެއްގެ ސަބަބުން ޖަލުގައި ހުންނަންޖެހުމަކީ އެއްބަޔަކު އަނިޔާކަމުގައި ސިފަކުރިޔަސް އެއީ އަނިޔާ ނޫންކަމަށް އެމަނިކުފާނު ބަޔާންކުރެއްވިއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists