ވިޔަފާރި
29 Jan 2025 | 11:18
ވޭވްޕާސް؛ ފެރީ އޮޕަރޭޓަރުންނަށް ޚާއްސަ، ތަފާތު ޕްލެޓްފޯމެއް

”ވޭވްޕާސް“ އަކީ ފެރީ އޮޕަރޭޓަރުންނަށް ޚާއްޞަކޮށް، އެފަރާތްތަކާއި ފަސިންޖަރުންނާއި ފަސޭހައިން ގުޅުވާލަދިނުމަށް އުފައްދާފައިވާ ޚާއްސަ ޕްލެޓްފޯމެކެވެ. ވޭވްޕާސް އާއެކު ފެރީ އޮޕަރޭޓް ކުރާ ފަރާތްތަކުގެ މުޅި ބުކިންގ ޕްރޮސެސް ފަސޭހަވެ، ފެރީން ދެމުންދާ ޚިދުމަތްތައް - ޓިކެޓް ރިޒަރވޭޝަނުން ފެށިގެން ރިޕޯޓިންގ އާ ހަމައަށް - ތިބާ ބޭނުންވާ ގޮތަށް ދައްކުވައިދެވޭނެއެވެ.

ވޭވްޕާސް ގެ ޚާއްސަ ކަންކަން

1. ކަސްޓަމައިޒް ކުރެވޭ

ވޭވްޕާސް އަކީ، އޮޕަރޭޓަރެއްގެ ގޮތުގައި ތިބާގެ ބޭނުންތަކަށް ފެތޭގޮތަށް ފަރުމާކުރެވިފައިވާ، ކަސްޓަމައިޒް ކުރެވޭ ވައިޓް ލޭބަލް ޕްލެޓްފޯމެކެވެ. އޭގައި ރިއަލްޓައިމް ބަގް ފިކްސްތަކާއެކު ފުރިހަމަ ސަރވަރ މެނޭޖްމަންޓް ހިމެނެއެވެ.

2. ރައްކާތެރި މުޢާމަލާތްތައް

ރައްކާތެރި މުޢާމަލާތްތަކަށް މަގުފަހިކޮށްދޭ ބީއެމްއެލް އިންޓެގްރޭޓެޑް ޕޭމަންޓް ގޭޓްވޭއަކާއި، ތިބާގެ ކަސްޓަމަރުންގެ ބުކިންގ ޕްރޮސެސް ފުރިހަމަކުރުމަށް ކަސްޓަމައިޒް ކުރެވޭ ޕޭމަންޓް އޮޕްޝަންތައް ވޭވްޕާސް ޕްލެޓްފޯމުގައި ހިމެނެއެވެ.

3. ރިއަލްޓައިމް ރިޕޯޓިންގ

ޓިކެޓް ވިއްކުމާއި، ފަސިންޖަރުންގެ ޓްރެންޑްތަކާއި، އަދި ހިންގުމުގެ ހަރުދަނާކަމާ ބެހޭ މަޢުލޫމާތު ހޯދުމަށް ރިއަލްޓައިމް ރިޕޯޓިންގ ވޭވްޕާސް މެދުވެރިކޮށް ބަލާލެވޭނެއެވެ.

ވޭވްޕާސް އިން މައުލޫމާތު ދިން ގޮތުގައި އެ ޕްލެޓްފޯމްގެ އެންމެ ފުރަތަމަ ބައިވެރިޔާ ކަމުގައިވާ ”އެކްސް ސްޕީޑުން“ ވަނީ، އެ ޕްލެޓްފޯމް މެދުވެރިކޮށް، އެންމެ ތިން ދުވަހުގެ ތެރޭގައި 200 އަށްވުރެ ގިނަ ޓިކެޓް ވިއްކާފައެވެ.

ފަސޭހަކަމާއެކު ބުކިންގ މެނޭޖްކުރުމުން ފެށިގެން، ފެރީ ހިންގުންތައް އައު ގޮތަކަށް ބަދަލުކުރުމަށް ފަރުމާކުރެވިފައިވާ ވޭވްޕާސްގެ ތަފާތު ޕެކޭޖްތައް ހިމެނެއެވެ.

އެހެންކަމުން، އެ އޮޕަރޭޓަރެއް ބޭނުންވާ ޕެކޭޖެއް ޚިޔާރުކޮށް ފެރީ އޮޕަރޭޓް ކުރުމުގެ ކަންކަން ލުއި ފަސޭހަ ކުރުމަށް ވޭވްޕާސް އާއި ގުޅިގެން ކުރިއަށް ދިޔުމަށް އެ ފަރާތުން އެދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.