އޮފްސައިޑް ގޯލް ޖަހައިގެން ލިވަޕޫލްގެ ކޯޗް މޮޅުވުމަކީ އާންމުކަމެއް: ޕެލެގްރިނީ

05 Feb 2019 | 11:59

އޮފްސައިޑް ގޯލް ޖަހައިގެން ލިވަޕޫލްގެ ކޯޗް ކްލޮޕް މޮޅުވުމަކީ އާންމުކަމެއް ކަމުގައި އިނގިރޭސި ޕްރިމިއަރ ލީގުގައި ވެސްޓް ހަމް ޔުނައިޓެޑް އަދި ލިވަޕޫލް ބައްދަލުކުރި މެޗަށް ފަހު ވާހަކަ ދައްކަމުން ވެސްޓް ހަމްގެ ކޯޗް ޕެލެގްރިނީ ބުނެފިއެވެ.

ވެސްޓް ހަމްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗް ނިމުނީ 1-1 ކުން އެއްވަރުވެގެންނެވެ. ވެސްޓް ހަމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ގޯލް ޖަހާ ލީޑް ނަގާފައިވަނީ ލިވަޕޫލްއެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ މިލްނާ ދިން ޕާހަކުން މާނޭއެވެ. މި ގޯލް ޖެހުމަށް މަގުފަހިކޮށްދިން މިލްނާއަށް ބޯޅަ ލިބުން އިރު އޭނާ ހުރީ އޮފްސައިޑްވެފައިކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް ލައިންސްމަންއަށްވަނީ އެކަން ފާހަގަނުކުރެވިފައެވެ.

ހިތްވަރު އެލުވާނުލާ އެއްވާނެއްގައި ކުޅެމުން ދިޔުމުގެ ނަތީޖާއަށްވީ ސެޓް ޕީސް ކުޅުމަކުން ވެސްޓް ހަމް ގޯލެއް ކާމިޔާބުކޮށް ފުރަތަމަ ހާފް ނިމުމުގެ ކުރިން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އެންޓޯނިއޯއެވެ. 

ލިވަޕޫލްގެ ފަރާތުން އާންމުކޮށް ފެންނަ އަވަސް ރީތީ ކުޅުން ނުފެނުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 ގެ ނަތީޖާއެއްގައި އޮވެގެންނެވެ.

ލިވަޕޫލް ޖެހި ގޯލްއަކީ އޮފްސައިޑް ގޯލެއް ކަމަށް އަޑު އިވުން ކަމަށައި އެކަން ރެފްރީއަށް އެނގޭނެކަން ޔަގީންވާ ކަމުގައި މެޗަށް ފަހު ކްލޮޕް ބުންޏެވެ. ރެފްރީންނަކީވެސް އިންސާނުންކަން ގަބޫލު ކުރާ ކަމަށައި މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުގެ ކުރިން ލިވަޕޫލް ޖެހި ގޯލަކީ އޮފްސައިޑް ލަނޑެއްކަން ނޭނގޭކަމުގައި ކަމަށްވެސް ކްލޮޕް ބުންޏެވެ. ލިވަޕޫލްއަށް ދިމާވެގެން އުޅޭ މައްސަލައަކީ ޕްރެޝަރެއް ނޫން ކަމުގައި ފާހަގަކުރަމުން ކްލޮޕް އިތުރަށް ބުނީ ކްލަބް އޮތް ރަނގަޅު ހާލަތު 'އެންޖޯއީ' ނުކުރެވެނީ ކަމަށެވެ.

ނަތީޖާއައި ދޭތެރޭ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައިހުރި ޕެލެގްރިނީ ބުނީ އޭނާ 2013 ވަނަ އަހަރު ކޯޗުކަން ކޮށްދިން މަލާގާ އަތުން އޭރު ކްލޮޕް ކޯޗުކަން ކޮށްދެމުންއައި ޑޯޓްމަންޑް ޗެންޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި މޮޅުވީ އޮފްސައިޑް ގޯލެއް ކާމިޔާބުކޮށްގެން ކަމަށެވެ. އެހެންކަމުން ރޭގެ މެޗަށްފަހު ލިވަޕޫލްގެ ކޯޗް ކްލޮޕްއަށް އެއްވެސް ކަމަކާމެދު ޝަކުވާ ކުރުމުގެ ޖާގައެއް ނެތް ކަމުގައި ކަމަށްވެސް ޕެލެގްރިނީ ބުނެފައިވެއެވެ.

ލީގް ތާވަލުގެ އެއްވަނައިގަ 62 ޕޮއިންޓާއެކު ލިވަޕޫލް އޮތް އިރު ސިޓީ ދެވަނައިގަ އޮތީ 59 ޕޮއިންޓް ހޯދައިގެންނެވެ. 

Advertisement

ކޮމެންޓް