އީމާން އަށް ރަށުން މަރުހަބާ ކިޔަނީ
ހަބަރު
21 May 2023 | 21:23
ގަދަ 10 އެއްގެ 3 ވަނާގައި ހިމެނުނު، ކުނބުރުދޫ ސުކޫލުގެ އީމާންއަށް ރަށުން ހޫނު މަަރުހަބާއެއް!

ރާއްަޖޭގެ އޯލެވެލްގެ ގަދަ ދިހައެއްގައި ހިމެނުނު އީމާން އަށް އޭނާގެ ރަށުން ވަނީ ހޫނު މަރުޙަބާއެއް ކިޔައިފިވެ.

6 އޭ ސްޓާރ އާއި 2 އޭ ހޯދައިގެން ފާތިމަތު އީމާން އިބްރާހިމް ހިމެނިފައިވަނީ ރާއްޖޭގެ ގަދަ10 އެއްގެ 3 ވަނަގައެވެ. މިއީ ކުނބުރުދޫގެ ތާރީޚުގައި އެންމެ ފުރަތަމަ ގަދަ 10ގައި އެރަށު ސުކޫލުން ކިޔެވި ކުއްޖަކު ހިމެނުނު ފުރަތަމަ ފަހަރެވެެ. 

މިމަހުގެ 15 ގައި ބޭއްވުނު ގަދަ 10ގެ ޖަލްސާ ނިންމާލައި ރަށަށް ދިއުމުން ރަށުގެ ރައްޔިތުން ނުކުމެ ވަނީ އީމާން އަށް ހޫނު މަރުޙަބާއެއް ކިޔައިފައިވެއެވެ. ރަށު ސްކޫލާއި، ކައުންސިލް އަދި ރަށުގެ ހުރިހާ މުއައްސަސާއެއް ވަނީ އީމާން އަށް މަރުހަބާ ކިޔުމުގައި ބައިވެރިވެފައި ވެއެވެ. 

ކުނބުރުދޫ ސްކޫލްގެ ޕްރިންސިޕަލް އަހްމަދު ނިޔާޒް ވޮއިސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އީމާން އާއި އީމާންގެ އާއިލާއަށް ރަތް ދޫލައިގެ މަރުހަބާ އެއް ކިޔާފައިވާކަމަށެވެ. 

ނިޔާޒް ވިދާޅުވީ ރަށުގެ އަމިއްލަ ފަރާތްތަކުންވެސް އީމާން ރަށަށް އަރައިގެން އައި ވަގުތު މާބޮޑިތަކާއި ފައިސާގެ ހާރާއި މާފަތި ތަކުން މަރުހަބާ ކިޔައިފައިވާ ކަމަށެވެ.

އަދި އީމާން އާއި އީމާންގެ އާއިލާގެ ޝަރަފުގައި ރަށު ސްކޫލްގެ ބެލެނިވެރިންނާއި، ސްކޫލާއި، އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓި އަދި ކައުންސިލް ގުޅިގެން ރޭގަނޑުގެ ކެއުމެއް ބޭއްވިފައި ވާ ކަމަށެވެ. އަދި މިހަފްލާގައި އެކި އެކި ފަރާތްތަކުން އީމާން އަށް ހަދިޔާތައް ދިީފައި ވާކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ. 

އީމާން އާއި ޢާއިލާގެ ޝަރަފުގައި ބޭއްވުނު ޑިނާރ ނައިޓުގައި އިމާން އޭނާގެ މަންމަ އާއި ބައްޕަ އާއި އެކުގައި؛ އެ ޑިނާރ ނައިޓުގައި އެ ރަށު ކައުންސިލާއި އެހެން މުއައްސަސާ ތަކުން އީމާން އަށްވަނީ ހަނދާނީ ފިލާ އާއި ހަދިޔާ އާއި ފައިސާގެ އިނާމް ދީފައި-- ފޮޓޯ/ ކުނބުރުދޫ ސުކޫލު

ޕްރިންސިޕަލް ނިޔާޒް ވިދާޅުވީ އީމާން އަކީ އެންމެ ތުއްތު އިރުއްސުރެވެސް ކިޔެވުމަށް ވަރަށް މޮޅު ކުއްޖެއް ކަމަށެވެ. ހިތްވަރާއި އެކު ބުރަ މަސައްކަތުން ކާމިޔާބު ހޯދި ކުއްޖެއް ކަމަށެވެ. 

"އީމާން އަކީ ވަރަށް ސެލްފް މޯޓިވޭޓެޑް ކުއްޖެއް، ކިތަންމެ ބައިވަރު ފިލާވަޅެެއް ދިނަސް ފަސް ޖެހުމެއް ޝަކުވާއެއް ނެތި ހަދާނެ" ނިޔާޒް ވިދާޅުވިއެވެ.

ނިޔާޒް ވިދާޅުވީ އަދި މިވީހާ ތަނަށް ވެސް އީމާންގެ އެއްވެސް އަޚްލާޤީ މައްސަލައެއް ރިޕޯޓް ކުރެވިފައި ނުވާކަމަށެވެ. 

އީމާންގެ ކިޔެވުމާއި ބެހޭގޮތުން އީމާން އާއި ވާހަކަ ދައްކާލުމުން އީމާން ބުނީ ގިނަ ގިނައިން ޕޭޕަރުތައް ޕްރެކްޓިސް ކުރުމާއި، ފިލާވަލުތައް ދަސްކުރުމާއި އޮންލައިން ކްލާސްތަކުގައި ވެސް ބައިވެރި ވި ކަމަށެވެ. އީމާން ބުނީ މިކަމުގައި އީމާންގެ އާއިލާގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެން ދިޔަ ކަމަށެވެ. 

އަދި ރަށަށް މިވަރުގެ ބޮޑު ފަޚުރެެއް ހޯދައި ދެވުމަކީ ވަރަށް އުފާވި ކަމެއް ކަމަށެވެ.

އީމާން ގަދަ 10 އެއްގެ 3 ވަނަ ހާސިލް ކޮށްފައިވަނީ ކުނބުރުދޫ ސްކޫލުން ކިޔަވައިގެނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އެންޓަނާއަކުން މީހަކު ވެއްޓި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެނީ
އެންޓަނާ މަތިން ވެއްޓުނު މީހާއަށް އަނިޔާވިއިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.
14 Sep 2026
މިނިސްޓަރު ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓަރޝަރީ ހެލްތު ސާވިސަސްގެ މަގާމަށް، ގ. ފިނިވިލު، މުހައްމަދު ތަލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް، ގދ. ތިނަދޫ ޝިފާ، އަހްމަދު ހަބީބް ޢައްޔަންކުރައްވާފަ އެވެ.
14 Sep 2026
ސަފީރު ޝަބީނާ, އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު ބެލްގްރޭޑް ގައި ހުންނަ "ޕެލެސް ސާބިއާ" ގައެވެ.
14 Sep 2026
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯ ފަރުމާކޮށްގެން 60،000 ރުފިޔާ، ކެމްޕެއިންގައި ވޮއިސް ބައިވެރިވޭ
މީގެ އިތުރުން މަޝްރޫޢުގެ މީޑިއާ ޕާޓްނަރުންނާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި މަޝްރޫއުގައި "ވޮއިސް" އިން ބައިވެރިވެ އެވެ.
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން