ދިވެހިންނަށް ލަންކާގައި ވިސާޖެހުުމުގައި ބޮޑެތި ލުއިތަކެއް!

07 Feb 2019 | 12:28

ސްރީލަންކާއަށްދާ ދިވެހިންނާއި އެގައުމުގައި ތިބޭ ދިވެހިންނަށް ވިސާ ޖެހުމުގައި ބޮޑެތި ލުއިފަސޭހަތަކެއް، މި ސަރުކާރުން ހަމަޖައްސަވައިދެއްވައިފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ މީޑިޔާއަކަށް ދެއްވި ބަަސްދީގަތުމެއްގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދެވެ.

ޝާހިދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ދާދިފަހުން ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވިސާއާއި ގުޅުންހުރި ގިނަ ޝަކުވާތަކެއް ލިބިވަޑައިގަންނަވާފައިވާކަމަށެވެ.

އެގޮތުން ފަސް އަހަރުން ދަށުގެ ކުދިންނަށް ސްޓޫޑެންޓްސް ވިސާ ނުލިބުމާއި، 16 އަހަރުން މަތީގެ ފިރިހެން ދަރިވަރުންގެ މައިންބަފައިންނަށް ޕޭރެންޓަލް ވިސާ ނުލިބުމުގެ ޝަކުވާ ވަރަށް ބޮޑަށް ލިބުނުކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މިކަންތައްތައް ހައްލުކޮށް، ކިޔަވާ ކުދިންގެ އާއިލާތަކުގެ ކާފައިންނާއި މާމައިންނަށްވެސް ލަންކާއިން ވިސާ ލިބޭގޮތް ވަރަށް އަވަހަށް ހަމަޖެހިގެން ދާނެ ކަމަށް ޝާހިދު ވަނީ ހާމަކުރައްވާފައެވެ.

ސްރީލަންކާގެ އިމިގްރޭޝަން ގަވާއިދު ހަމަޖެހިފައިވާ ގޮތުން 16އަހަރާއި 18އަހަރުގެ ފިރިހެން ކުދިންގެ ބެލެނިވެރިންނަށް ޕޭރެންޓަލް ވިސާއެއް ނުލިބޭނެއެވެ.

Advertisement

ކޮމެންޓް