އެމްޑީޕީގެ ދިހަ ކެނޑިޑޭޓެއްގެ ފޯމު އީސީން ބޭރުކޮށްލައިފި

10 Feb 2019 | 18:59

މިއަހަރުގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރުމަށް ހުށައެޅި ފޯމްތަކުގެ ތެރެއިން ދިހަ ފޯމެއް ބަަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަން ކޮމިޝަންންގެ މެންބަރު އަހުމަދު އަކުރަމް ވޮއިސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެމްޑީޕީން ހުށަހެޅި 86 ފޯމްގެ ތެރެއިން 10 ފޯމް އަނބުރާ ފޮނުވާލާފައިވާކަމަށެވެ. އަދި އެފޯމްތައް އަނބުރާ ފޮނުވާލާފައިވަނީ ފޯމާއި އެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް ހަމަނުވާތީކަމަށެވެ.

އަދި އެމްޑީޕީގެ ފަރާތުން ހުށަހެޅި ފޯމްތަކުގެ ތެރެއިން ބަލައިގަނެފައިވަނީ 76 ފޯމް ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

ފޯމްތަކުގައި ހުރި މައްސަލަ ތަކާއި ގުޅޭގޮތުން ސުވާލުކުރެއްވުމުން އަކްރަމް ވިދާޅުވީ އެގޮތަށް އަނބުރާ ފޮނުވާލާ ފޯމްތަކާއި ގުޅިގެން މާބޮޑު ތަފްސީލެއް ހާމަކުރެވެން ނެތްކަމަށެވެ. އެހެން ނަމަވެސް އަނބުރާ ފޮނުވާލި ދިހަ ފޯމް ވެސް މިމަހުގެ އެކާވީސް ވަނަ ދުވަހުގެ ކުރިން އަލުން ލިޔެކިއުންތަކާއި އެކު ހުށަހަޅައިފި ނަމަ ބަލައިގަންނާނެ ކަމަށްވެސް އަކްރަމް ފާހަގަކުރެއްވިއެވެ.

އެމްޑީޕީން ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ނިންމާފައިވަނީ 86 ދާއިރާ އަށެވެ. އެޕާޓީގެ ކެންޑިޑޭޓަކު ވާދަނުކުރާ ހަމައެކަނި ދާއިރާ އަކީ ފ. ނިލަންދޫ ދާއިރާ އެވެ.

Advertisement

ކޮމެންޓް