ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު/ ފޮޓޯ: އިންޓަނެޓް
ހަބަރު
20 Jun 2023 | 10:18
ރައީސް ޔާމީންގެ ފުއްގިރި މައްސަލައިގެ އަޑުއެހުންތައް ޖުލައި މަހަށް ފަސްކޮށްފި

ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ އުފުލާފައިވާ ދައުވާތަކާއި ގުޅޭ ޝަރީއަތުގެ އަޑުއެހުންތައް ޖުލައި މަހަށް ފަސްކޮށްފި އެވެ. 

އެ މައްސަލައާއި ގުޅޭ އަޑުއެހުމެއް މިއަދުގެ 9:00 އަށް ކްރިމިނަލް ކޯޓުން ތާވަލުކުރި ނަމަވެސް، އެ މައްސަލައިގައި ދައުވާ އުފުލާފައިވާ ކްރިކް ރިޒާ އާލާސްކަންފުޅާއި އުޅުއްވާތީ މިއަދުގެ އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ. 

ކްރިމިނަލް ކޯޓުން ބުނީ ދެން އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާނީ ޖުލައި މަހުގެ 2 ވަނަ ދުވަހުގައި ކަމަށެވެ. އަދި އެމަހު 4 ގައި ވެސް އަޑުއެހުމެއް ތާވަލުކުރެވިފައިވާކަމަށް ކްރިމިނަލް ކޯޓުން ވަނީ މައުލޫމާތު ދެއްވާފަ އެވެ. 

ފުއްގިރި މައްސަލައިގައި މިހާރު ކުރިއަށް ދަނީ ދައުލަތުގެ ފަރާތުން ހުށައަޅާ ހެކިންގެ ހެކިބަސް ނެގުމެވެ. މިހާތަނަށް ފަސް ފަރާތެއްގެ ހެކިބަސް ވަނީ ނަގާފަ އެވެ. 

އޭގެ ތެރޭގައި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ކުށް ސާބިތުވެފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓާ އަބްދުالله ޒިޔަތުގެ ހެކިބަސް ހިމެނެއެވެ. 

މިހާތަނަށް އެ މައްސަލައާއި ގުޅިގެން 22 ގަޑިއިރުގެ ހެކިބަސް ވަނީ ނަގާފައެވެ. ފުއްގިރި މައްސަލަ އަވަސް އަރުވާލައިގެން ކުރިއަށް ގެންދާތީ ރައީސް ޔާމިނުގެ ފަރާތްޕުޅުން ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ވެސް ފާޅުކުރައްވާފަ އެވެ. 

އެގޮތުން ފުއްގިރި މައްސަލަ "ހަވާ ފަޓާސް ބަރިއެއް" ހެން ކުރިއަށް ގެންދާއިރު، ރައީސް ޔާމިނުގެ ފަރާތްޕުޅުން ހައިކޯޓަށް ހުށައަޅުއްވާފައިވާ އާރަށު އިސްތިއުނާފު މައްސަލައަށް ހުރަސް އެޅޭގޮތަށް ކުރިއަށްދެންދާތީ، އެމަނިކުފާނުގެ އިސްތިއުނާފީ ހައްގުތަކަށް ހުރަސްއެޅިގެންދާކަމަށް ރައީސް ޔާމީން ވަނީ ފާހަގަކުރައްވާފަ އެވެ. 

އެމަނިކުފާނުގެ އިސްތިއުނާފަށް ހުރަސް ނޭޅޭގެ ފަދަ ގޮތަކަށް ދަށި ކޯޓުން ޝަރީއަތްތައް ތާވަލުކޮށްދިނުމަށް ރައީސް ޔާމީން ވަނީ އެދިވަޑައިގެންފަ އެވެ. 

ފުއްގިރި މައްސަލައިގެ އަޑުއެހުންތައް އަންނަ މަހަށް ފަސްކޮށްފައިވާއިރު، މި ހަފްތާގައި އާރަށު މައްސަލައިގެ އިސްތިއުފާނު އަޑުއެހުމެއް ބާއްވާނެކަމަށް ހައި ކޯޓުން ވަނީ ބުނެފައެވެ. އެހެން އެ އަޑުއެހުން ބާއްވާނެ ވަކި ދުވަހެއް އަދި އެ ކޯޓުން ހާމަކޮށްފައެއް ނުވެއެވެ. 

ކޮމެންޓް
ރަސް
ޔާމީނަށް މިހާރު ރަނގަޅުވާނީ ފުއްގިރި މައްސަލަ ވީހާވެސް ބޮޑަކަށް ލަސްކުރިއްޔާ. އެކަމު އާރަށު އިސްތިއުނާފު މައްސަލަ 24 ގަޑިއިރު ބޭއްވިއްޔާ.
20 Jun 2023
ގުޅޭ ލިޔުންތައް
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.