ހައްޖު ކޯޕަރޭޝަންގެ އެމްޑީ ހިމެނޭ ގްރެފިކްސް---ފޮޓޯ: ވޮއިސް
ރިޕޯޓް
17 Aug 2023 | 11:06
ހައްޖު ކޯޕަރޭޝަންގެ އޮފީސް އިމާރާތެއް އަޅަން ހައްޖުވެރިންގެ ފައިސާ ނަގަނީ! ދެން ހައްޖަށް ގެންދާނީ ކިހިނެތް؟

މޯލްޑިވްސް ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ހައްޖަށް ދިޔުމަށް މީހުން އެކުންފުންޏަށް ދައްކާފައިވާ ފައިސާއިން 130 މިލިޔަން ރުފިޔާ ބޭނުންކޮށްގެން ހުޅުމާލޭގައި އޮފީސް އިމާރާތެއް އެޅުމަށް އެކުންފުނިން ނިންމައި ބީލަމަށްލައިގެން އެމަސައްކަތްކުރާނެ ކުންފުންޏެއް ހޮވައި ފިނޭންސް މިނިސްޓްރީން އެޕްރޫވްކުރަން ހުށަހަޅައިފިއެވެ.  

އެހެންނަމަވެސް ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިމަޝްރޫއު ހިންގަން ރާވާފައިވާ ގޮތާމެދު ފިނޭންސް މިނިސްޓްރީއަކުން މުޅިއަކުން ހިތްހަމައެއް ނުޖެހެއެވެ. އެހެންވިޔަސް މިމަޝްރޫއު އެމިނިސްޓްރީން އެޕްރޫވްކުރުމަކީ ދާދިގާތުގައިވާ ކަމެކެވެ.

ހައްޖު ކޯޕަރޭޝަނަށް 8 ބުރީގެ އޮފީސް އިމާރާތެއް އަޅަން ރާވާފައިވާ މިމަޝްރޫއާމެދު ސުވާލު އުފެދޭފަދަ އަދި ހައްޖަށް ދިޔުމަށް އެކޯޕަރޭޝަނަށް ފައިސާ ދައްކާފައިވާ މީހުން ވަރަށް މަތީ ދަރަޖައަކަށް ކަންބޮޑުވާންޖެހޭފަދަ ކަންތައްތަކެއް އެބަހުއްޓެވެ.

މިމަޝްރޫއުގެ ކަންކަން ހިންގައިފައިވާ ގޮތާމެދު ވޮއިސުން ހެދި އިންވެސްޓިގެޝަނަށްފަހު ފާހަގަކުރެވުނު ކަންކަން މި ރިޕޯޓްގައި ހިމަނައިލަމެވެ.

އޮފީސް އިމާރާތް އަޅަނީ ހައްޖު ކޯޕަރޭޝަންގެ ބޯޑުން ދެކޮޅު ހަދަހަދައި އޮއްވައި 

ހައްޖަށްދާން މީހުން ދައްކާފައިވާ ފައިސާއިން އޮފީސް އިމާރާތެއް އެޅުމަށް އެކުންފުނީގެ ބޯޑަށް ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ އިސްމާއީލް ހަމީދު ފުރަތަމަ ހުށަހެޅުމެއް ހުށަހެޅީ 2021 ވަނަ އަހަރުތެރޭގައެވެ.

އެހުށަހެޅުމާއިގެން އޭނާ ބޯޑަށް ވަޑައިގެންނެވިއިރު ހައްޖު ކޯޕަރޭޝަންގައި މީހުން ހައްޖަށްދާން ތިން އަހަރަށް ދައްކާފައިވާ 200 މިލިޔަން ރުފިޔާ ހުއްޓެވެ.  އިސްމާއީލް ހަމީދުގެ ހުށަހެޅުމުގައިވަނީ 70 ވަރަކަށް މިލިޔަން ރުފިޔާ ހޭދަކޮށްގެން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހިން 5 ހާސް އަކަފޫޓުގެ ބިމެއް ކޯޕަރޭޝަނަށް ގަނެ އޮފީސް އިމާރާތެއް އެޅުމަށެވެ.

އެހެންނަމަވެސް އެހުށަހެޅުން ހައްޖު ކޯޕަރޭޝަންގެ ބޯޑުން ރިޖެކްޓް ކުރިއެވެ. ސަބަބަކީ ފައިސާ ހޯދާނެ އެއްވެސް އެހެން އިންސްޓްރޫމެންޓެއް ނެތި ހައްޖުވެރިންގެ ފައިސާ އެކަނި ބޭނުންކޮށްގެން އެކަންކުރުމަކީ ބޯޑު މެންބަރުންނަށް ގަބޫލުރަން ފަސޭހަވި ކަމަކަށް ނުވުމެވެ.

ބޯޑުން ރިޖެކްޓް ކުރުމުން އޭގެ މަހެއްހާ ދުވަސްފަހުން އަނެއްކާ 85 މިލިޔަން ރުފިޔާގެ ޕްރޮޕޯޒަލެއް ހުށަހަޅައި އެވެސް ބޯޑުން ރިޖެކްޓްކުރުމުން ދެން މެނޭޖިންގ ޑިރެކްޓަރ ހުށަހެޅުއްވި ޕްރޮޕޯޒަލްގައި އޮތީ 130 މިލިޔަން ރުފިޔާ އެކަމަށް ހޭދަކުރުމަށެވެ. އެކަމަކު ތިންވަނަ ފަހަރުވެސް ބޯޑުން ދެކޮޅު ހެދިއެވެ.

ހައްޖު ކޯޕަރޭޝަންގެ އޮފީސް އިމާރާތްއަޅަން އެޗްޑީސީއިން ބިންގަތުމުގެ އެއްބަސްވުމުގައި ސޮއިކުރުން

ނަން ހާމަކުރަން ބޭނުންނުވާ ހައްޖު ކޯޕަރޭޝަންގެ ބޭފުޅަކު ވޮއިސްއާ ވާހަކަ ދައްކަވަމުން ވިދާޅުވީ ބޯޑުގެ ކަންބޮޑުވުމަކީ އޮފީސް ބިލްޑިންގއަޅަން ހަމައެކަނި ހައްޖާޖީންގެ ޕަބްލިކް ފަންޑު ބޭނުންކުރަން ހުށަހަޅާފައި އޮތުމެވެ.

ހައްޖުވެރިންގެ ފައިސާއިން 130 މިލިޔަން ރުފިޔާ ނަގައިފިނަމަ ފައިސާ ދައްކާފައިވާ މީހުން ހައްޖަށް ގެންދެވޭނެ ގޮތެއް ނޯންނާނެއެވެ. ހައްޖު ކޯޕަރޭޝަނަށް ކޮންމެ އަހަރަކު ލިބޭ އެއްހާސް މީހުންގެ ކޯޓާގައި ހައްޖަށް ގެންދަން ކޮންމެ އަހަރަކު 100 ވަރަކަށް މިލިޔަން ރުފިޔާ ހޭދަވެއެވެ. ކޯޕަރޭޝަންގައި ހުރީ 69 ހާސް ރުފިޔާގެ މަގުން ތިން އަހަރަށް ތިން ހާސް މީހުން ދައްކާފައިވާ 200 މިލިޔަން ރުފިޔާއެވެ. އެއިން 130 މިލިޔަން ރުފިޔާ އިމާރާތްއަޅަން ނަގައިފިނަމަ އެއަހަރު މީހުން ހައްޖަށް ގެންދެވޭނެ ގޮތެއް ނޯންނާނެއެވެ.

އިމާރާތުން ފައިދާލިބެން އަށެއްކަ އަހަރުގެ މުއްދަތެއް ނަގައެވެ. އެހެންވީމާ އިމާރާތް އަޅަން ފައިސާ ނެގުމަށްފަހު މީހުން ހައްޖަށް ގެންދިއުމުގެ ހައްލަކަށް މެނޭޖިން ޑިރެކްޓަރ ގެންގުޅުއްވި ވިސްނުންފުޅަކީ ފައިސާ ދައްކާފައިވާ މީހުން ގޮވައިގެން ބޭންކުން ލޯނު ނަގައިގެން ހައްޖަށް ދިޔުމަށް ކަމަށް ވޮއިސްއަށް އެނގިފައިވެއެވެ.

ސަރުކާރުގެ މިދައުރު ނިމުމުގެ ކުރިން އިމާރާތް ހަދަން ފަންޑު ބޭނުންކުރުމަކީ ކޮންމެހެންވެސް ބޭނުންވެފައިވާ ކަމެކެވެ.

އިމާރާތް ހަދަން މެޑްޓެކް ހޮވިގޮތާމެދު ސުވާލު އުފެދޭ

ވޮއިސްއިން ހޯދި ހޯދުންތަކުން އެނގުނުގޮތުގައި 3 ފަހަރު މަތިން ބޯޑުން މި ޕްރޮޕޯޒަލަށް ދެކޮޅު ހެދުމުން އެކަމަށް އޮތް އެންމެ ބޮޑު ހުރަހަކީ ބޯޑުގެ ޗެއަރމަންކަމަށް ބެލިގެން ބޯޑުގެ ޗެއަރ އެހެން ކުންފުންޏަކަށް ބަދަލު ކުރެވުނެވެ.

އެބަދަލުގެނެސްގެންވެސް ބޯޑުން ފާސްވާގޮތް ނުވުމުން ހައްޖު ކޯޕަރޭޝަންގެ އަސާސީ ގަވާއިދު ބަދަލު ކުރިއެވެ. އަސާސީ ގަވާއިދު އޮންނަގޮތުން އެފަދަ ނިންމުމެއް ނިންމޭނީ ބޯޑުގެ ހުރިހައި މެންބަރުން އިއްތިފާގުވެގެންނެވެ. ގަވާއިދަށް ބަދަލުގެނައީ ބޯޑުގެ އަޣްލަބިއްޔަތުން ފާސްކުރެވޭގޮތަށެވެ.

އަސާސީ ގަވާއިދު ބަދަލުކުރުމާއެކު މިދިޔަ 2022 ވަނަ އަހަރުގެ މެއިމަހުގެ 31 ވަނަ ދުވަހު އެޗްޑީސީއާއެކު ހުޅުމާލޭގައި ހައްޖު ކޯޕަރޭޝަންގެ އޮފީސް އިމާރާތެއް ތަރައްގީ ކުރުމުގެ އެއްބަސްވުމުގެ ނަމުގައި އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ.

އެކަމަކު މިއެއްބަސްވުމަކީ ތިން އަހަރުގެތެރޭގައި އަށް ބުރީގެ އޮފީސް އިމާރާތް ހެދުމަށް ހުޅުމާލޭގެ އަމީން އެވެނިއު ކުރިމަތިން ފަސްހާސް އަކަފޫޓްގެ ބިމެއް ހައްޖު ކޯޕަރޭޝަނަށް ގަތުމެވެ. ބިން ގަތުމަށް ގާތްގަނޑަކަށް 35 ވަރަކަށް މިލިޔަން ރުފިޔާ ހައްޖުވެރިންގެ ފަންޑުން ނަގާފައިވާކަމަށް މައުލޫމާތު ލިބެއެވެ.

އޮފީސް އިމާރާތް އަޅާނެ ފަރާތެއް ހޯދަން މިއަހަރުގެ މޭމަހުގެ ހަތަރުވަނަ ދުވަހު އިއުލާންކުރުމަށްފަހު އެމަހުގެ 21 ވަނަ ދުވަހު މުއްދަތު ހަމަވިއިރު އިމާރާތް ހަދަން ކުރިމަތިލީ މެޑްޓެކް ކިޔާ ކުންފުންޏަކުން އެކަންޏެވެ. ދެވަނަ ފަހަރަށް އިއުލާންކުރީ އެމަހުގެ 21 ވަނަ ދުވަހުއެވެ.

ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލާން ދިނީ އެންމެ ތިން ދުވަހެވެ. އެމަހުގެ 21 އިން 24 އަށެވެ. ދެންވެސް އައީ މެޑްޓެކެވެ. އެއާއެކު މެޑްޓެކަށް ޕްރޮޖެކްޓް ހަވާލުކުރުމަށް ކޯޕަރޭޝަނުން ނިންމިއެވެ. ހައްޖުކޯޕަރޭޝަނުން ބީލަމުގެ ކަންކަން ގެންގޮސްފައިމިވަނީ މަތީދަރަޖައަކަށް ސުވާލުތަކާއި ޝައްކު އުފެދޭފަދަ ގޮތަކަށެވެ.

ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލާން ދިނީ އެންމެ ތިން ދުވަހެވެ. އެމަހުގެ 21 އިން 24 އަށެވެ.

އެއްމަސްދުވަހުގެތެރޭގައި އަވަސްއަރުވާލައިގެން ބަޔަކު ހޮވަންވީ ކީއްވެގެންހެއްޔެވެ. ދެވަނަ ފަހަރަށް ބިޑް އިއުލާންކޮށް ދީފައިވާ ތިން ދުވަހުގެ މުއްދަތަކީ އެއްވެސް ކުންފުންޏަކަށް ތައްޔާރުވެގެން ކުރިމަތިލެވޭވަރަށްވުރެ ކުރުމުއްދަތެކެވެ. އެހެންނަމަވެސް ވަކި ކުންފުންޏަކަށްދޭން ރާވައިގެން ކުރިކަމެއްކަމަށްވާނަމަ އެކުންފުންޏަކަށް ކުރިމަތިލެވިދާނެއެވެ.

ދިވެހި ރައްޔިތުންގެ ހައްޖުފައިސާ ހިމެނޭ ފަންޑުން ފައިސާނަގައިގެން އިމާރާތެއް އަޅަން މިހޮވި ކުންފުންޏަކީ އިމާރާތްކުރުމުގެ ކޮން ތަޖްރިބާއެއް އޮތް ކުންފުންޏެއްތޯއެވެ.

މެޑްޓެކް ރާއްޖޭގައި މީހުންނަށް އެނގިފައި އޮންނަނީ ރާއްޖެއަށް މެޑިކަލް އިވްވިޕްމަންޓްތައް އެތެރެކޮށް ވިއްކުމުގެ ވިޔަފާރި ކުރާ ކުންފުންޏެއްގެގޮތުގައެވެ. އިމާރާތްކުރުމުގެ މާކަބޮޑު ތަޖުރިބާއެއް ހުރި ކުންފުންޏެއްކަމަށް ފާހަގަ ކުރެވިފައި ނުވިނަމަވެސް ހުޅުމާލެއިން ޕްރޮޖެކްޓެއް އެކުންފުންޏަށް ލިބިފައި އޮންނަ ކަމަށް ވެއެވެ. އެކަމަކު ހައްޖު ފަންޑުން ފައިސާ ދޫކޮށްފިނަމަ އިމާރާތްކުރާ ތިންވަނަ ޕާޓީއަކަށް ދީގެން އިމާރާތެއް ނިންމިދާނެއެވެ.

ސަރުކާރުން މިކަން މިހިނގާގޮތް ބަލަންޖެހޭ

އިސްލާމިކް މިނިސްޓްރީން ދީނީކަންކަމަށް ޚަރަދުކުރުމަށް ވަގުފު އިމާރާތްފަދަ އިމާރާތްތައް ހަދައި ބޭނުންކުރާގޮތަށް ހައްޖުކޯޕަރޭޝަނުން ވަގުފް ބިނާއެއް ހެދުމުކީ މުހިއްމު ކަމަކަށް ވެދާނެއެވެ.

ކޮންމެ އަހަރަކު މީހުން ހައްޖަށް ގެންދަންޖެހޭތީ އެކުންފުނިން މެނޭޖްކުރަންޖެހޭ އަދި ބަލަހައްޓަންޖެހޭ ވަރަށްގިނަ ސާމާނުތަކެއް ހުރެދާނެއެވެ. އެކަމަކު އެކަމަށް ހަމައެކަނި ހައްޖުވެރިންގެ ފައިސާނެގުމުގެ ބަދަލުގައި އެހެންގޮތްތަކެއް ހޯދުމުގެ ވިސްނުން އެކުންފުނީގެ ވެރިން ނުގެންގުޅެންވީ ސަބަބެއް ނޭނގެއެވެ.

ހައްޖަށްދާން ތިން ހާހެއްހާ ދިވެހި ރައްޔިތުން ދައްކާފައިވާ ފައިސާއަށް ހައްޖު ކޯޕަރޭޝަނުން މިކުރަން އުޅޭކަމާމެދު ޚާއްސަގޮތަކުން ބަލަންޖެހެއެވެ.

ހައްޖުކޯޕަރޭޝަން ހިންގަން އިސްވެ ތިއްބެވީ އަދާލަތު ޕާޓީއަށް ނިސްބަތްވާ ބޭފުޅުންނަށްވުމާއެކު އެޕާޓީއަށް އަތުވެދާނެ ބަދުނާމަކާމެދު ޚުދު އެޕާޓީންވެސް ފިކުރު ހިންގައި ބަލަންޖެހެއެވެ. ނިކަމެތި ރައްޔިތުމީހާ ހައްޖަށްދާން ފައިސާ އެއްކުރަން ހާދަ ދިގުމުއްދަތެއް ނަގައެވެ.

ވޮއިސްގެ މި ލިޔުމުގެ ބޭނުމަކީ އެތައްގުރުބާނީއެއްވެގެން މުގައްދަސް އަޅުކަމެއް އަދާކުރުމަށް ރައްޔިތުން އެއްކުރި ފައިސާކޮޅު މިގޮތަށް އެރައްޔިތުންނަށް އެނގުމަކާވެސް ނުލައި ބޭނުންކޮށްގެން ހައްޖަށްދާން ދިވެހި ދައުލަތް ދަރާގޮތަށް ލޯނެއް ނަގަންޖެހޭފަދަ ހާލަތެއް ކުރިމަތިވުމުގެ ކުރިން ދިވެހި ސަރުކާރުގެ އެންމެ އިސްވެރިންގެ ސަމާލުކަމަށް މިކަން ގެނައުމެވެ.

ކޮމެންޓް
ނުރަބޯ
ހައްޖު ކޯޕަރޭޝަން މިހާރުން މިހާރަށް އުވާލާ. ދީނީ ބޮޑު އަޅުކަމެއްކުރަން ރައްޔިތުން ދީފައިހުންނަ ފައިސާ އަށް ޚިހާނާތްތެރިވެ ދޯކާ ދޭ ކުންފުންޏެއް ބޭނުމެއްނޫން……!!!
17 Aug 2023
ސާރާ
ދައުލަތެއް ބަނގުރޫޓުވެއްޖޭ ބުނާނީ ދެން ކިހާވަރެއް ވީމާ ހެއްޔެވެ؟ އަމީރުންގެ އަމީރު ޖަވާބުދެއްވާ!
05 Sep 2023
ގުޅޭ ލިޔުންތައް
09 Aug 2026
ދީނީ އިލްމުވެރިންގެ އަހަރީ ބައްދަލުވުން މި މަހު 14 އަދި 15 ގައި
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ، "21 ވަނަ ޤަރުނުގައި އިސްލާމީ ދަޢުވަތު" މި ތީމްގެ މައްޗަށެވެ.
09 Aug 2026
ދިހަ ދުވަސްތެރޭ ރާއްޖޭގައި ބަންގްލަދޭޝްގެ 8 މީހަކު މަރު، ގިނައީ ސްޓްރޯކް
ބަންގްލަދޭޝްގެ ވިއުސް ނޫހުން ރިޕޯޓްކުރި ގޮތުގައި ޖުލައި މަހުގެ 25 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ތިންވަނަ ދުވަހަށް ރާއްޖޭގައި ބަންގްލަދޭޝްގެ އަށް މީހަކު މަރުވެފައިވެ އެވެ.
09 Aug 2026
އިންފަންޓީނޯގެ އަގު ވައްޓާލުމަށް ބަޔަކު މަސައްކަތްކުރަމުންދާކަމަށް ފީފާއިން ބުނެފި
"ފީފާގެ ރައީސަކީ އެ އިދާރާގެ މެންބަރު ގައުމުތަކުގެ މެދުގައި ބޭއްވުނު ޑިމޮކްރެޓިކް އިންތިޚާބަކުން ހޮވިފައިވާ ބޭފުޅެއް. އޭނާ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަނީ އެ މެންޑޭޓުގެ ދަށުން" ފީފާގެ ބަޔާނުގައިވެއެވެ
09 Aug 2026
ނޫރު ބިލްޑިންގެ ތަފްސީލީ ކުރެހުން އަންނަ މަހުގައި ނިމޭނެ
މި ބިލްޑިންގަކީ ގުރްއާނަށް ހާއްސަ ވަގްފެއް ގޮތުގައި 15 ބުރިއަށް މާލެގައި ބިނާކުރެވޭ ބިލްޑިންގެކެވެ. މިތާނގެ 3 ފްލޯ ހާއްސަ ކުރެވިފައި ހުންނާނީ އިސްލާމީ މިނިސްޓްރީގެ އިދާރާއަށެވެ.
09 Aug 2026
ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ކުރިއަށްގެންދިޔަ "ވިޔަނަ ކޭމްޕް" ކާމިޔާބުކަމާއެކު ނިންމާލައިފި
ކޭމްޕްގައި ކުރިއަށް ގެންދިޔަ ޙަރަކާތްތަކުގެ ތެރޭގައި ދީނީ ޢިލްމީވޯކްޝޮޕާއި، ދީނީ ދަރުސްތައް، ތަރުބަވީ ސެޝަންތައް، ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ސްޓަޑީ ކޭމްޕް ތަކާއި ސްކިލް ޑިވެލޮމްޕެންޓް ޕްރޮގްރާމްތައް، ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ސެޝަންތަކާއި ޓީމް ބިލްޑިންގ ހަރަކާތްތަކުގެ އިތުރުން ކުޅިވަރު ޙަރަކާތްތައް ހިމެނެއެވެ
09 Aug 2026
ބޭނުންވަނީ މުޒާހަރާ މާލެތެރޭގައި ރައްޔިތުންނަށް އަޑު އިވޭގޮތަށް ކުރިއަށްްގެންދަން: އެމްޑީޕީ
މުޒާހަރާ ކުރިއަށްގެންދަން މަޖީދީމަގު ނޫން އެހެންމަގެއް ހިޔާރުކުރެވެން ނެތްކަމަށް އެޕާޓީން ވަނީ ބުނެފައެވެ
09 Aug 2026
ހަމަސްނުވާ ތުއްތު ކުދިން ކަރުހިއްކުން ފިލުވުމަށް ފެން ނުދީ: އެޗްޕީއޭ
އެޗްޕީއޭއިން ބުނީ މައިމީހާގެ ގާތުން ދޭ ކިރުގެ 88 އިންސައްތައަކީ ފެންކަމުގައިވާތީ، ދަރިފުޅުގެ ކަރުހިއްކުން ފިލުވުމަށް ގާތުންދޭ ކިރު ފުދޭނޭކަމަށް
09 Aug 2026
ގެއްލުނު ތިން މީހުން ހޯދަން ބޭރުގެ އެހީ ހޯދަނީ
ހާރިޖިއްޔާގެ އޮފީހުން ބުނީ، މީހުން ހޯދުމުގެ މަސައްކަތުގައި ލިބެންހުރި ހުރިހާ ވަސީލަތެއްގެ ބޭނުން ހިފައި، އެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ދޭކަމަށެވެ