އިމާރާތެއްގެ މަތިން ވެއްޓުނު ކުނި ކޮތަޅަކުން ޖެހި މީހަކަށް އަނިޔާވެއްޖެ

18 Feb 2019 | 21:04

އިމާރާތެއްގެ މަތިން ވެއްޓުނު ކުނި ކޮތަޅަކުން ޖެހި މީހަކަށް އަނިޔާވެއްޖެއެވެ.

މިހާދިސާ ހިނގާފައިވަނީ މިރޭގެ ވަގުތެއްގައި މާލޭގައެވެ. ހެންވޭރު ކިލޯގްރާމް ހުންނަ އިމާރާތުގެ މަތިން ކުނި ކޮތަޅެއް ވެއްޓި އަނިޔާވެފައިވަނީ 35 އަހަރުގެ އަންހެނަކަށެވެ.

މިހާދިސާއާއި ގުޅިގެން ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ބުނެފައިވަނީ އެފަދަ ހާދިސާއެއް ހިނގާފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާކަމަށެވެ. އަދި ފުލުހުން އެމައްސަލަ ބަލަމުން އަންނަ ކަމަށްވެސް އެއިދާއިން ބުނެފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހާދިސާ ހިނގަން މެދުވެރިވީ ހ. ކިލޯގްރާމް ހުންނަ އިމާރާތުގެ މަތިން ވަލެއް ޖަހާ ކުނި ކޮތަޅު ބާލަން އުޅުމުގެ ތެރޭގައެވެ.

އިމާރާތެއްގެ މަތިން ވެއްޓުނު ކުނި ކޮތަޅަކުން ޖެހި މީހަކަށް އަނިޔާވެފައިވާއިރު ރޭގައިވެސް ވަނީ މިފަދަ ދެހާދިސާއެއް ހިނގާފައެވެ. އެގޮތުން އެއް ހާދިސާ ހިނގާފައިވަނީ މާލޭގައެވެ. އެހާދިސާ ގައި މާލޭގެ އިމާރާތެއްގެ މަތިން ކަޓިން ބޯޑެއް ވެއްޓި މީހަކަށް ވަނީ އަނިޔާވެފައެވެ.

އަދި މީގެ އިތުރުން ހުޅުމާލޭގައި ހަދަމުންދިޔަ އިމާރާތެއްގެ މަތިން ވެއްޓުނު ގަލަކުން ޖެހި ބަނގުލަދޭޝްގެ ރައްޔިތަކު ވަނީ މަރުވެފައެވެ.

Advertisement

ކޮމެންޓް