އަލީ ހުސެއިން ޖޭޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޖޭޕީ
ހަބަރު
26 Aug 2023 | 18:34
މިދިޔަ 5 އަހަރު ރައީސަކީ ކާކުކަން އޮޅޭ ހިސާބަށް ދިޔަ: އަލީ ހުސެއިން

މިދިޔަ 5 އަހަރު ރައީސުލްޖުމްހޫރިއްޔާ އަކީ ކާކުކަން އޮޅޭ ހިސާބަށް ކަންކަން ބޮއްސުންލައިގެން ދިޔަކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ. 

އަލީ ހުސެއިން މިފަދައިން ވިދާޅުވެފައި ވަނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އދ ދިގުރަށަށް ކުރެއްވި ރިޔާސީ ކެމްޕޭނު ދަތުރުފުޅުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނެވެ. 

އެގޮތުން އޭނާ ވިދާޅުވީ މި ހިނގާ ފަސް އަހަރުގައި ރައީސުލްޖުމްހޫރިއްޔާ އަކީ ކާކުކަން އޮޅޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް ވަޒީރުންނާއި، ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން ވެސް ނަންގަވަމުން ގޮސްފައިވާ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ހުންނެވީ އެ ބާރުތައް ވާނެ ގޮތެއްވާން ދޫކޮށްލައިގެން އަޅާ ނުލައްވާ ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ. 

"މިދިޔަ 5 އަހަރު މި ވާ ގޮތަކީ، އިންޖީނުގެއަކާއި ބެހޭ ކަމެއް ވެއްޖެއްޔާ ރައީސުލްޖުމްހޫރިއްޔާ އަކީ ފެނަކައިގައި ހުންނަވާ އެމްޑީ. ޚާރިޖީ ކަމަކާއި ގުޅޭ ކަމެއް ވެއްޖެއްޔާ ރައީސުލްޖުމްހޫރިއްޔާ އަކީ ޚާރިޖީ ވަޒީރު. އިކޮނޮމިކް ކަމާއި ބެހޭ ކަމަށް ވަންޏާ، އިޤްތިޞާދީ ކަމަކާއި ބެހޭ މައްސަލައެއް ވެއްޖެއްޔާ ހީވަނީ ރައީސުލްޖުމްހޫރިއްޔާ އަކީ އިކޮނޮމިކް މިނިސްޓަރުހެން. އެހެންވީމަ ރައީސުލްޖުމްހޫރިއްޔާ އަކީ ކާކުކަން އޮޅޭ ހިސާބަށް ހަގީގަތުގައި ކަންކަން ވަނީ ގޮސްފައި. އަޅާނުލައްވާ ހުރީ"

މެމްބަރު އަލީ ހުސެއިން 

އެކަން ފާހަގަކުރައްވާ އަލީ ހުސެއިން ވިދާޅުވީ މި ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާގެ ޒިންމާ އަދާކުރައްވާނެ ބޭފުޅަކު އައްޔަންކުރުން މުހިންމު ކަމަށެވެ. 

9 ސެޕްޓެމްބަރުގައި ލަާ ވޯޓަކީ ހަމައެކަނި ވެރިއަކު އައްޔަންކުރާ ލާ ވޯޓެއް ނޫން ކަމަށާއި، އެއީ މި ގައުމުގައި ދެން އުފައްދާނީ ދިވެހިންގެ ސަރުކާރެއް ތޯ ނޫނީ ބައެއްގެ ގޮނޑިކޮއްކޮ ސަރުކާރެއް ނިންމާނެ ވޯޓެއްކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ. 

އެކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ރިޔާސީ އިންތިޚާބުގައި މީހަކަށް ވޯޓުލާއިރު، އެމީހަކު ނިސްބަތްވާ ސިޔާސީ ޕާޓީގެ ބޮޑު ކުޑަމިނާއި، ތައުލީމަށް ބެލުމަށްވުރެ މުހިންމީ ރައްޔިތުންނާއި ގުޅޭ، ރައްޔިތުން ގޮވައިގެން މަސައްކަތް ކުރެވޭނެ ލީޑަރަކު އައްޔަންކުރުން ކަމަށެވެ.

އެ އުސޫލުން ބަލާއިރު، އެ ގާބިލުކަން ހުރި ކެންޑިޑޭޓަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ކަމާއި މެދު ޝައްކު ނުކުރައްވާކަމަށް އަލީ ހުސެއިން ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އެންޓަނާއަކުން މީހަކު ވެއްޓި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެނީ
އެންޓަނާ މަތިން ވެއްޓުނު މީހާއަށް އަނިޔާވިއިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.
14 Sep 2026
މިނިސްޓަރު ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓަރޝަރީ ހެލްތު ސާވިސަސްގެ މަގާމަށް، ގ. ފިނިވިލު، މުހައްމަދު ތަލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް، ގދ. ތިނަދޫ ޝިފާ، އަހްމަދު ހަބީބް ޢައްޔަންކުރައްވާފަ އެވެ.
14 Sep 2026
ސަފީރު ޝަބީނާ, އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު ބެލްގްރޭޑް ގައި ހުންނަ "ޕެލެސް ސާބިއާ" ގައެވެ.
14 Sep 2026
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯ ފަރުމާކޮށްގެން 60،000 ރުފިޔާ، ކެމްޕެއިންގައި ވޮއިސް ބައިވެރިވޭ
މީގެ އިތުރުން މަޝްރޫޢުގެ މީޑިއާ ޕާޓްނަރުންނާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި މަޝްރޫއުގައި "ވޮއިސް" އިން ބައިވެރިވެ އެވެ.
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން