ހިންދީ ފިލްމް "ފޮޓޮގްރާފް": ނަވާޒުއްދީން އަދި ސަންޔާއައި ދެމެދު ލޯބީގެ ފެށުން، ފޮޓޯގަނޑަކުން!

22 Feb 2019 | 19:34

ސަންޔާ މަލޯތްރާ އަދި ނަވާޒުއްދީން ސިއްދީޤީ އިސް ރޯލް ތަކުން ފެނިގެންދާ ފިލްމް "ޕޮޓޯގްރާފް" ގެ ޓްރެއިލާރ ވަނީ، ފޭނުންގެ ބޮޑު ތަރުޙީބަކާއި އެކު ރިލީޒްކޮށްފައެވެ.

މާރޗް މަހުގެ 15 ވަނަ ދުވަހު ސިނަމާތަކުން ފެނިގެންދާނެ މި ފިލްމުގެ ޓްރެއިލާރ އިން ދައްކުވައިދެނީ، މުމްބައިގައި ހުންނަ "ގޭޓްވޭ އޮފް އިންޑިއާ" ބިނާ ކައިރިން، ފޮޓޯނަގާމީހަކު އަންހެންކުއްޖެއްގެ ފޮޓޯ ނަގަން އުޅޭ މަންޒަރެވެ. އަދި ކުރިއަށް ދެން ސިފަވަނީ، ފެށުނީ ކިހިނަކުންތޯ ޔަޤީން ނުވާވަރުގެ އާދަޔާ ޚިލާފު އަދި ތަފާތު ލޯބީގެ ވާހަކައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ޓްރެއިލާރ އަކީ ބޮލީވުޑްގައި އާންމުކޮށް ނިކުންނަ ޓްރެއިލާރތަކަށް ވުރެ މަޑުމައިތިރި ޓްރެއިލާރއެކެވެ. އެހެންނަމަވެސް މި ޓްރެއިލާރ ވަނީ، ފިލްމުގައި ނެގޭ ފޮޓޯގަނޑުގެ އިތުރުން ނަވާޒުއްދީން އަދި ސަންޔާގެ ލޯތްބާއި މެދު ބެލުންތެރިންގެ މެދުގައި ޝައުގުވެރިކަން އުފެއްދުމުގައި ކާމިޔާބުވެފައެވެ.

ފިލްމުގެ ވާހަކައިން ދައްކުވައިދޭނީ، ނަވާޒް ގެ ކެރެކްޓާރ، އޭނާގެ މާމަގެ އެދުމުގެ މަތިން މީހަކާއި އިންނަން ޖެހުމުން، އެއްގޮތަކަށްވެސް ނުދަންނަ އަންހެންކުއްޖެއް ލައްވާ އޭނާގެ ލޯބިވެރިޔާގެ ދައުރު ކުޅުވާ މަންޒަރުކަމަށް ފިލްމުގެ ވާހަކައާއިމެދު މިހާތަނަށް ހާމަކޮށްފައިވާ މަޢުލޫމާތުތަކުން އެނގެއެވެ.

"ފޮޓޯގްރާފް" ފިލްމް ޑައިރެކްްކޮށްފައިވަނީ ރިތޭޝް ބާޓްރާ (ދަ ލަންޗްބޮކްސް) އެވެ. އަދި ތަޖުރިބާކާރު އެކްޓާރ ނަވާޒުއްދީންއާއިއެކު ޙަރަކާތްތެރިވާން ހަމަޖެހިފައިވާ ސަންޔާ އަކީ ކުރިން ސަލްމާން ޚާންގެ "ޑަންގަލް" އިން ވިދާލި، 26 އަހަރުގެ ޒުވާން އަންހެން ފަންނާނެއްކަންވެސް ފާހަގަކޮށްލެވެއެވެ.

Advertisement

ކޮމެންޓް