ރައީސް ޔާމީން ކޯޓަށް ވަޑައިގަންނަވަން ގެކޮޅުން ނިކުމެވަޑައިގަތުން/ ފޮޓޯ: ޕީޕީއެމް
ހަބަރު
12 Nov 2023 | 13:29
އާރަށު މައްސަައިގެ އިސްތިއުނާފު އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފި

ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ވ އާރަށު މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފި އެވެ. 

އެކަން ރައީސް ޔާމީންގެ ގާނޫނީ ޓީމުން ވަނީ ކަށަވަރުކޮށްދީފައެވެ. އެގޮތުން އެމަނިކުފާނުގެ ގާނޫނީ ވަކީލު އަބްދުﷲ ޝިޔާޒު ވިދާޅުވީ އެ މައްސަލައިގެ އަޑުއެހުމެއް މާދަމާ މެންދުރު 1:45 އަށް ތާވަލުކޮށްފައިވާ ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ވެސް އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާފައިވާއިރު، ދަށު ކޯޓުގައި އެ މައްސަލަ ކުރިއަށް ގެންގޮސްފައިވާ ގޮތާއި ގުޅިގެން، ހައިކޯޓުގެ ފަނޑިޔާރުން ވަނީ މުހިންމު ގިނަ ސުވާލުތަކެއް ކުރައްވާފަ އެވެ. 

އެ ދުވަހުގެ އަޑުއެހުމުގައި ފަނޑިޔާރުން ވިދާޅުވީ އެ މައްސަލައިގައި އަދިވެސް އެ ކޯޓުން ސާފުކުރަން ބޭނުންވާ ބައެއް މުހިންމުކަންކަން ހުރިކަމަށެވެ. މާދަމާގެ އަޑުއެހުމުގައި އެ ކަންކަން ސާފުކުރައްވާނެއެވެ. 

އެ މައްސަލައާއި ގުޅިގެން މިހާރު ރައީސް ޔާމިނުގެ ފަރާތްޕުޅުންނާއި، އެ މައްސަލައިގައި ހިމެނޭ ޔޫސުފް ނައީމުގެ ފަރާތްޕުޅުން ވަނީ އިސްތިއުނާފީ ނުކުތާތައް ހުށައަޅާ، އެ ނުކުތާތަކަށް ދައުލަތުން ޖަވާބު ވެސް ދީފައެވެ. 

އެ މައްސަލައިގެ އަޑުއެހުންތައް އަލުން ފަށާފައިވަނީ ވަރަށް ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހުގައި ކަން ފާހަގަކޮށްލެވެއެވެ. އަދި އެ މައްސަލަ ލަސްވެގެން ދިއުމަކީ ރައީސް ޔާމިނުގެ ވަރަށް ގިނަ ހައްގުތަކެއް ގެއްލިގެންދާ ކަމެއްކަން ފާހަގަކޮށް ގާނޫނީ ވަކީލުން ވެސް ގެންދަވަނީ ކަންބޮޑުވުން ފާޅުކުރައްވަމުން ނެވެ. 

ރައީސް ޔާމީނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލަ ގާތްގަނޑަކަށް ނިމުމަކާއި ހަމަޔަށް ގޮސްފައިވާއިރު، މިވަގުތު އެމަނިކުފާނު ގެންދަވަނީ އެ މުއާމަލާތާއި ގުޅިގެން އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ސާބިތުވާކަމަށް ކަނޑައަޅާ މިދިޔަ ޑިސެމްބަރުމަހުގެ 25 ގައި ކުރި ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ނެވެ. 

ރިޔާސީ އިންތިޚާބަށް ފަހު އެމަނިކުފާނު ގެކޮޅަށް ބަދަލުކުރައްވާފައިވާއިރު، މިހާރު އެމަނިކުފާނުގެ ހުކުމަށް ވެސް ވަނީ ކޮންމެވެސް ލުޔެއް ދެއްވާފައެވެ. އެގޮތުން މާލެ ސަރަހައްދުގައި ހިމެނޭ މާލެ، ވިލިމާލެ އަދި ހުޅުމާލެއަށް ވަޑައިގެން އާންމުންނާއި ބައްދަލުކުރުމުގެ ހުއްދަ މި ލުޔާއެކު އެމަނިކުފާނަށް ލިބިގެން ގޮސްފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް