އިމްތިޔާޒު އެންމެ އަވަހަށް އުފައްދާ ފިލްމުގައި ސާރާ އަދި ކާރްތިކު

02 Mar 2019 | 12:41

ސާރާ އަލީ ޚާން އަދި ކާރްތިކް އާރްޔަން އެކުގައި ފިލްމަކުން ފެނިގެން ދިއުމަކީ އެ ދެމީހުންގެ ފޭނުން ވަރަށް އިންތިޒާރު ކުރި ދުވަހެކެވެ.

ކޮފީ ވިތު ކަރަންގެ އެޕިސޯޑެއްގައި ސާރާ ވަނީ ބޮލީވުޑްތަރިންގެ ތެރެއިން އޭނާ ޑޭޓަކަށް ދާން ބޭނުންވަނީ ކާރްތިކް އާ އެކުގައި ކަމަށް ބުނެފައެވެ. އެއާއެކު އެދެމީހުންގެ ފޭނުން އަންނަނީ އެދެމީހުން އެކުގައި ފިލްމަކުން ފެނިގެން ދާނީ ކޮންދުވަހަކުން ތޯ ސުވާލުކުރަމުންނެވެ.

އެސުވާލުތަކަށް މިވަނީ ޖަވާބް ލިބިފައިއެވެ. އެގޮތުން އިމްތިޔާޒް އަލީ ދެން އެންމެ އަވަހަށް އުފައްދާ ފިލްމުން ފެނިގެންދާނީ ސާރާ އަދި ކާރްތިކް ކަމަށް ރިޕޯޓްތަކުގައިވެއެވެ. އަދި ނަންވެސް ދީފައި ނުވާ މިފިލްމަކީ ރޮމޭންޓިކް ފިލްމެއްކަމަށް ނޫސްތަކުގައިވެއެވެ.

މިފިލްމަށް ނަމެއް އަދި ދީފައި ނުވި ނަމަވެސް ފިލްމުގެ މަސައްކަތްތައް އަންނަ ހަފްތާގެ ތެރޭގައި ފައްޓާނެއެވެ. އެގޮތުން ފިލްމުގެ ގިނަ މަންޒަރުތައް ޝޫޓް ކުރުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ޕަންޖާބް އަދި ދިއްލީގައެވެ.

މިފިލްމުގެ މުހިންމު ރޯލަކުން ރަންދީޕް ހޫޑާ ފެނިގެންދާނެ ކަމަށް ނޫސްތަކުގައި ބުނެފައިވާއިރު، އޭނާ ފެނިގެންދާނީ "ލަވް އާޖް ކަލް"ގައި ރިޝީ ކަޕޫރު ކުޅެފައިވާ ރޯލާއި ވައްތަރު ރޯލަކުން ކަމަށްވެސް ނޫސްތަކުގައިވެއެވެ.

Advertisement

ކޮމެންޓް