ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އާއި ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް ބައްދަލުކުރެއްވުމުގެ ތެރެއިން-- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
ހަބަރު
05 Dec 2023 | 09:26
ބޮޑުކަންނެލީގެ މަސްވެރިކަމުގައި ދިމާވާ ދަތިތައް ބީކޭއެމްޔޫ އިން މިނިސްޓަރާ ހިއްސާކޮށްފި!

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އާއި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް ބައްދަލު ކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ބުނީ މި ބައްދަލުވުމުގައި ބޮޑުކަންނެލީގެ މަސްވެރިކަމުގައި ދިމާވަމުންދާ ދަތިތަކާއި، މަސްވެރިންގެ ކަންބޮޑުވުންތައް ޔޫނިއަންގެ ފަރާތުން މިނިސްޓަރާއި ހިއްސާ ކޮށްފައިވާ ކަަމަށެވެ.

މިކަމާއި ގުޅޭގޮތުން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) ގެ ފަރާތުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ބީކޭއެމްޔޫ އާއި ފިޝަރީޒް މިނިސްޓަރ އާއި އެކު މިއަދު ބޭއްވުނު ބައްދަލުވުމުގައި ކަންނެލި މަސްވެރިންނަށް ދިމާވެފައިވާ ހުރިހާ ދަތިތަކާއި ބެހޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. ވަކިން ހާއްސަކޮށް ތެލުގެ އަގު މަސްވެރިންނަށް ހެޔޮކޮށް ދެއްވުމަށް އެދެވުނު ކަމަށްވެސް ބީކޭއެމްޔޫއިން ބުނެފައި ވެއެވެ.

މަސްވެރިކަމުގެ ސިނާއަތަށް ކުރިއެރުން ހޯދުމަށް މަސައްކަތް ކުރުމަކީ ރައީސް ޑރ.މުއިއްޒުގެ ހަފްތާ 14 ގައި ވެސް ވަރަށް ބޮޑު އިސްކަމެއް ދީފައިވާ ކަމެކެވެ. މިގޮތުން ހަފްތާ 14 ގައި މި ސިނާއަތަށް ކުރިއެރުން ގެނައުމަށް ކުރުމަށް ހަމަޖެހިފައިވާ ކަންކަމުގެ ތެރޭގައި މިފްކޯ ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާ ކުރުމާއި، މަސްވެރިންގެ ގައުމީ ދަފުތަރެއް އެކުލަވާ ލުމުގެ ގޮތުން، ދަފްތަރުގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލުމުގެ އިތުރުން މަސްވެރިކަމުގެ ދާއިރާގެ އުފެއްދުންތައް މާކެޓު ކުރުމަށް ޚާއްސަ އެޖެންސީއެއް އުފެދުންވެސް ހިމެނެއެެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ
08 Sep 2026
ފިޒިއޮތެރަޕީގެ ދާއިރާ ކުރިއެރުވުމަށް އެމްއެންޔޫ އާއި އެމްޕީއޭ ދެމެދު އެމްއޯޔޫއެއް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް ފިޒިއޮތެރަޕީ އެސޯސިއޭޝަން (އެމްޕީއޭ) އާ ދެމެދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހާ ގުޅުވައިގެން، މިއަދުއެވެ.