އަޅުގަނޑުގެ މާލީ ބަޔާން ހުށަައަޅަން ނުޖެހޭނެ: ރެޑްވޭވް ސަލީމް

04 Mar 2019 | 16:13

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރ އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)ގެ މާލީ ބަޔާން މާލޭގެ ހަތަރު އަވަށުން ފެންނަންހުރުމުން ހުށައަަަޅަން ނުޖެހޭނެކަމަށް އެބޭފުޅާ ވިދާޅުވެއްޖެއެވެ.

ރެޑްވޭވް ސަލީމް މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނުހައްގު މުއްސަނދިކަން ހޯދާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް، ގާނޫނުލްއުގޫބާތަށް ހުށަހަޅާފައިވާ އިސްލާހު ގެނައުމުގެ ބިލަށް ވާހަކަފުޅު ދައްކަވަމުންނެވެ.

ސަލީމް ވިދާޅުވީ ފަހަކަށް އައިސް ގިނަ ފަރާތްތަކުން މާލީ ބަޔާނުގެ ވާހަކަ ދައްކަމުންދާކަމަށާއި، ނަމަވެސް ސަލީމް އެބޭފުޅާގެ މާލީ ބަޔާން ހުށައަޅަން ޖެހޭކަމަށް ދެކިވަޑައި ނުގަންނަވާކަމަށެވެ.

"އަޅުގަނޑުމެންގެ މާލީ ބަޔާން އެހުރީ މާލޭގެ ހަތަރު އަވަށުގައި ފެންނަން. ދާ ކޮންމެ މީހަކަށް ފެންނާނެ މާލީ ބަޔާން. އިތުރު އެއްޗެއް ހުށަހަޅާކަށް ނުޖެހޭނެ"، ސަލީމް ވިދާޅުވިއެވެ.

ސަލީމް ވަނީ އެބޭފުޅާއަށްވުރެ ވަކި ނަޒާހަތްތެރި ފަރާތެއް ރާއްޖޭގައި ނުހުންނާނެކަމަށް ވިދާޅުވެ، މާލީ ބަޔާން މިހާރު ހުށައަޅަމުންދާ ގޮތާާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

"މާލީ ބަޔާން ހުށަހަޅާ މީހުންގެ ހާލަތަކީ ކޮބައިތޯ، ތިމާއަތުގައި ހުރީ ކޯއްޗެއްކަން އެނގޭނެ މީހަކު ވެސް ނެތް، އެއީ ހަމައެކަނި ލިޔެކިޔުމުން ފެންނަން ހުންނަ އެއްޗެއް މިއީ ހަގީގަތް. މިކަހަލަ މޮޅު ވާހަކަދައްކާނެ، ފުރުސަތެއް ލިބޭއިރަށް އެއަށްވުރެ ބޮޑު ވައްކަމެއް ކުރާނެ. ފުރުސަތު ނުލިބި ހުންނަ ކޮންމެ މީހަކު މިބުނަނީ ތިމަންނައަކީ މާބޮޑު ނަޒާހަތްތެރިޔެކޭ. ފުރުސަތު ލިބުމާއެކީ، ކުރީގައި ހުރިމީހާއަށް ވުރެ ބޮޑު ވަގަކަށް ވެގެން މިދަނީ. މިއީ މިގައުމުގެ ހާލަތަކީ"، ސަލީމް ފާހަަގަކުރެއްވިއެވެ.

Advertisement

ކޮމެންޓް