ފުވައްމުލަކު ސިޓީ
ހަބަރު
31 Jan 2024 | 16:49
ޓްރާންސްފޯމަރަށް ދިމާވި މައްސަލަ ހައްލުކޮށް ފުވައްމުލަކަށް ކަރަންޓު ދީފި

ފުވައްމުލަކު ސިޓީއަށް ކަރަންޓް ދިނުމަށް ބޭނުންކުރި ދެ ޖަނަރޭޓަރަކަށް ދިމާވި މައްސަލަތައް ހައްލުކޮށް ރޭގެ ވަގުތެއްގައި މުޅިރަށް ކަރަންޓު ދީފިއެވެ.

ފުވައްމުލަކު ސިޓީގެ އިންޖީނުގޭގެ ޓްރާންސްފޯމަރަކަށް ދިމާވި މި މައްސަލަ ހައްލުކޮށްފައި ވަނީ  އައްޑޫސިޓީގައި ހުރި ޓްރާންސްފޯމަރެއް ގެންގޮސްގެން ކަމަށް ފެނަކައިން މަޢުލޫމާތު ދެއްވައެވެ.

ފުވައްމުލަކު ސިޓީއަށް ކަރަންޓު ދިނުމަށް ބޭނުންކުރި 800 ކިލޯވޮޓްގެ ޖަނަރޭޓަކަށް މައްސަލަ ދިމާވެފައި ވަނިކޮށް އިތުރު ޓްރާންސްފޯމަރެއް ހަލާކުވެގެން ކަރަންޓު ކެނޑިފައިވަނީ ފުވައްމުލަކުގެ މިސްކިތްމަގާއި މާދަނޑު އަވަށުންނެވެ.

ފެނަކައިން މަޢުލޫމާތު ދީފައިވާ ގޮތުގައި ފުވައްމުލަކު ސިޓީގެ މިސްކިތްމަގާއި މާދަނޑު އަވަށުން ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރެވިފައި ވަނީ އައްޑޫސިޓީގައި ހުރި 1000 ކިލޯވޮޓްގެ ޓްރާންސްފޯމަރެއް ގެންގޮސްގެންނެވެ.

ފުވައްމުލަކު ސިޓީގައި ހުރި 800 ކިލޯވޮޓްގެ ޖަނަރޭޓަށް މައްސަލަ ދިމާވުމާއިއެކު އެމައްސަލަ ހައްލުކުރުމުގެ މަސައްކަތް ފެނަކައިން ވަނީ ފަށާފައެވެ. އެގޮތުން އެކުންފުނިން ފުރަތަމަ މަސައްކަތް ކުރަމުން ގެންދިޔައީ ގައްދޫގައި އިންސްޓޯލް ނުކޮށްހުރި 800 ކިލޯވޮޓުގެ ޖަނަރޭޓަރު ސެޓެއް ގެންގޮސްގެން މައްސަލަ ހައްލުކުރުމަށެވެ. ނަމަވެސް ގައްދޫގެ ރައްޔިތުން ނިކުމެ އިޙްތިޖާޖު ކުރަން ފެށުމުން އެ ޖަނެރޭޓަރު ސެޓް ގެންދިއުން ވަނީ ހުއްޓަލައިފައެވެ.

ފުވައްމުލަކު ސިޓީއަށް ރޭ 1.16 ގައި އަލުން ކަރަންޓު ދޫކޮށްފައިވާއިރު ފެނަކައިން ބުނެފައިވަނީ އެސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް އެ ކުންފިނިން ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން 12000 ކިލޯ ވޮޓްގެ އާ ޖަނަރޭޓަރު ސެޓެއް ގެނައުމުގެ މަސައްކަތް ފަށާފައިވަ ކަމަށާއި މިހާރު އެ މަސައްކަތް އޮތީ ޓެންޑަރިން މަރުހަލާގައި ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Jul 2026
ދުވާރުތަކުގައި އުޅަނދު ޕާކުކުރާ މައްސަލަ؛ ހަނދާންކޮށްދެނީ، ފިޔަވަޅެއް ނާޅާ
ހުޅުމާލޭގެ ދެ ފޭހުގައިވާ ސޯޝަލް ހައުސިންތަކުގައި މިގޮތަށް ވެހިކަލް ޕާކުކުރުމަކީ ވަރަށް އާންމު ކަމެކެވެ. ތަކުރާރުކޮށް އެކަން ކުރާ މީހުންގެ މައްސަލަ ފުލުހަށް ހުށައެޅި ނަމަވެސް ފިޔަވަޅު ނާޅާކަމުގެ ޝަކުވާ ބޮޑެވެ.
06 Jul 2026
އިމިގްރޭޝަންގެ އޮޕަރޭޝަން ފުޑް ކޯޓްތަކަށް، 27 ބިދޭސީން ހައްޔަރު
މި އޮޕަރޭޝަނުގައި ޖުމްލަ 88 ބިދޭސީއަކު ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިއަ 27 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.
06 Jul 2026
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި ބައިވެރިވާން ހުޅުވާލައިފި
މި މަހާސިންތާގައި ބައިވެރިވާން އެދޭ ފަރާތްތަކުން 15 ޖުލައިގެ ކުރިން އެޕްލިކޭޝަނަށް ފޯމު ހުށައެޅުމަށް ވުޒާރާއިން އެދެ އެވެ.
06 Jul 2026
އަދާލަތާއި އެމްއެންޕީން އޮޑިޓް ރިޕޯޓް ހުށަނާޅާ: އިލެކްޝަންސް
އިލެކްޝަންސް ކޮމިޝަނުން ބުނީ 2025 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ހުށައަޅަން މެއި 20 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ދިން ކަމަށެވެ.
06 Jul 2026
ސަޢޫދީގެ ވަފުދެއް ރާއްޖޭގައި، ރައީސް ބައްދަލުކުރައްވައިފި
ސަޢޫދީ ޢަރަބިއްޔާގެ ވަފުދުން ވަނީ، ދިވެހި ސަރުކާރާއި ދިވެހިރާއްޖެއިން ދެންނެވި ހޫނު މަރަޙަބާއަށާއި ބެހެއްޓެވި މެހުމާންދާރީއަށް ޝުކުރު އަދާކުރައްވާފަ އެވެ.
06 Jul 2026
ބޯހިޔާވަހިކަމުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ވައިބާ ކޮމިއުނިޓީތަކެއް
ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ އެކަމަށް ހާއްސަކޮށް ހަތަރު, ވައިބާ ކޮމިއުނިޓީއެއް އުފައްދާފައިވާ ކަމަށެވެ.
06 Jul 2026
ބޭސްލިބުމަށް ދިމާވާ ދަތިތައް ދެނެގަތުމަށް ސްޓޭޓްފާމާއިން ސިލްސިލާ ބައްދަލުވުންތަކެއް
ރަށްރަށުގައި ބޭސްލިބުމަށް ދިމާވާ ދަތިތައް ދެނެގަނެ، ހަރުދަނާ ސިޔާސަތެއް ބިނާކުރުމަށް ސްޓޭޓްފާމާއިން ސިލްސިލާ ބައްދަލުވުންތަކެއް ފަށައިފި އެވެ.
06 Jul 2026
ހޯރަފުށީ ފަރުމައްޗަށް ބޮޑުމަހެއް ލައްގައިފި
ލެއްގި ބޮޑުމަހުގައި 30 ކިލޯ ހުރިއިރު އެ މަސް މިހާރު ވަނީ ވަޅުލާފައެވެ