ޕީއެސްއެމް ޓީވީ ބިލިޑިންގ-- ފޮޓޯ: ޕީއެސްއެމް
ހަބަރު
21 Mar 2024 | 12:42
ޕީއެސްއެމްއިން ބިގަށް 78.5 މިލިއަން ރުފިޔާ ދައްކަން ކުރި ޙުކުމް ބާތިލްކޮށްފި

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އަމިއްލަ ވިޔަފާރި ކުންފުންޏެއްކަމަށްވާ ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) އަށް 78.5 މިލިއަން ރުފިޔާ ދައްކަން ކޮށްފައިވާ ޙުކުމް ހައިކޯޓުން ބާތިލުކޮށްފިއެވެ.

މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން (އެމްއެންބީސީ) އިން ބިގަށް 78.5 މިލިއަން ރުފިޔާ ދައްކަންޖެހޭކަމަށް ކަނޑައަޅައި އެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން 2016 ވަނަ އަހަރު ހުކުމް ކުރީ، އެ ކުންފުންޏާއި އެކު އެމްއެންބީސީ އިން ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެ ކުންފުންޏަށް ދައްކަންޖެހޭ 5 މިލިއަން ރުފިޔާ ނުދައްކައިގެންކަމަށް ބުނެއެވެ. 

އޭރު މި މައްސަލައިގައި ސިވިލް ކޯޓުން ހުކުމް ކުރި އިރުވެސް ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ދަށުން ހިންގަމުން ދިޔަ ނަމަވެސް އެ މައްސަލައިގައި ޕީއެސްއެމް ބައިވެރި ކޮށްފައިނުވާކަން ފާހަގަކޮށްލެވެއެވެ.

ހަމައެކަނި 5 މިލިއަން ރުފިޔާ ދައްކަން ޖެހޭއިރު، ޕީއެސްއެމް އިން ބިގަށް 78.5 މިލިއަން ރުފިޔާ ދައްކަން ޖެހޭތީ 2019 ވަނަ އަހަރު ޕީއެސްއެމްއިން އެހުކުމް އިސްތިއުނާފް ކުރުމަށް ހައިކޯޓަށް ހުށައެޅިނަމަވެސް، މުއްދަތު ހަމަވިފަހުން އިސްތިއުނާފަށް ހުށަހެޅިކަމަށް ބުނެ އެކޯޓުން ވަނީ މައްސަލަ ބަލައިނުގަތުމަށް ނިންމާފައެވެ. ޕީއެސްއެމްއިން ހައި ކޯޓުގެ މި ނިންމުން 2021 ވަނަ އަހަރު ސުޕްރީމް ކޯޓަށް އިސްތިއުނާފް ކުރަން ހުށައެޅުމުން އެ ކޯޓުން ވަނީ އެ މައްސަލަ އިސްތިއުނާފް ކުރެވޭނެކަމަށް ނިންމައި، އެ މައްސަލަ ބަލައިގަތުމަށް ހައިކޯޓަށް އަމުރުކޮށްފައެވެ.

އެއާއިއެކު ހައިކޯޓުން ވަނީ މި މައްސަލަ ބެލުމަށްފަހު އެމްއެންބީސީ އިން ބިގަށް ދައްކަން ޖެހޭ 78.5 މިލިއަން ރުފިޔާ ދައްކަން ކުރި ހުކުމް ބާތިލުކޮށް މި މައްސަލަ އަލުން ބެލުމަށް ސިވިލް ކޯޓަށް އަމުރުކޮށްފައެވެ.

މި ހުކުމްގައި ހައި ކޯޓުން ވަނީ އެމްއެންބީސީގެ މައްޗަށް ކޮށްފައިވާ ހުކުމެއް ޕީއެސްއެމްގެ މައްޗަށް ތަންފީޒު ނުކުރެވޭނެކަމަށާއި، އެމްއެންބީސީއަކީ އުވާލާފައިނުވާއިރު، މިއީ އެކުންފުނީގެ ޒިންމާ އަކަށް ވާއިރު އެކަމަށް ޕީއެސްއެމް ޒިންމާ އުފުލަން ނުޖެހޭނެ ކަމަށް ބުނެފައެވެ. އަދި މި މައްސަލަގައި 2016 ވަނަ އަހަރު ހުކުމް އިއްވި އިރުވެސް ޕީއެސްއެމް  ބައިވެރިކޮށްފައިނުވާކަން ހުކުމްގައި ފާހަގަކޮށް، ސުޕްރީމް ކޯޓުން ވަނީ ސިވިލް ކޯޓުން މި މައްސަލަ އަލުން ބަލާއިރު، ޕީއެސްއެމް ބައިވެރި ކުރުމަށް ވެސް އަމުރުކޮށްފައެވެ.

މި ހުކުމް މިދިޔަ ސަރުކާރުގައި ވެސް ހައި ކޯޓުގައި ބާތިލުކޮށްފައިވީ ނަމަވެސް، އެ ހުކުމްގައި ބަޔާންކޮށްފައިވާ ފައިސާގެ ތެރެއިން 30 މިލިއަން ރުފިޔާ، ޕީސީބީގެ އެންގުމާއި އެއްގޮތަށް ފިނޭންސް މިނިސްޓްރީން ލޯނެއް ނަގައިގެން ބިގަށް ދޫކުރިކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް