ރަށެއްގެ މަގު ބައްތި
ހަބަރު
04 Jul 2024 | 11:50
ގިނަ ރަށްތަކުގައި މަގުބައްތިތައް ރައްކާތެރިއެއް ނޫން: ފެނަކަ

ގިނަ ރަށްތަކުގައި ހަރުކުރެވިފައި ހުރި މަގުބައްތިތަކަށް ކަރަންޓް ދެވިފައި ހުރީ ރައްކާތެރި ގޮތަކަށް ނޫން ކަމަށް ފެނަކައިން ބުނެފިއެވެ.

ފެނަކައިގެ ކަރަންޓުގެ ހިދުމަތް ދީފައިވާ ރަށްތަކުގެ މަގު ބައްތިތަކުގެ ސަލާމަތީ ކަންތައްތައް ހުރި ގޮތް ބެލުމުގެ ގޮތުން ހުރިހާ ރަށެއްގައި ހުރި މަގު ބައްތިތައް އިންސްޕެކްޓް ކުރުމަށްފަހު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، މި އިންސްޕެކްޝަނުން ގިނަ ރަށްތަކުގައި ހަރުކުރެވިފައި ހުރި މަގުބައްތިތަކަށް ކަރަންޓް ދެވިފައި ހުރީ އީއެލްސީބީ މެދުވެރި ނުކޮށްކަން ވަނީ ފާހަގަކުރެވިފައިވާ ކަމަށެވެ. 

މި ގޮތަށް ކަރަންޓު ދޫކޮށްފައި ހުރުމުން ނުރައްކާތެރި ހާދިސާއެއް ހިނގުމަކީ އެކަށީގެންވާ ކަމެއް

ފެނަކަ

ފެނަކަ އިން ބުނީ ނުރައްކާތެރި ހާދިސާއެއް މެދުވެރިވިޔަ ނުދިނުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އެ ކުންފުނިން ކަރަންޓުގެ ހިދުމަތް ދޭ މަގުބައްތިތަކަށް މީގެ ފަހުން ކަރަންޓު ދޫކުރާނީ އެ ކުންފުނިން ދޭ ނަމޫނާ ކުރެހުމާއި އެއްގޮތަށް ސަލާމަތީ މިންގަނޑުތަކަށް ފެތޭ ގޮތަށް ހަދާފައި ހުންނަ ސަބް ޑީބީ ހަރުކޮށްފައިވާ ނަމަ ކަމަށް ކުންފުނިން ހިދުމަތް ދޭ ރަށްތަކުގެ ކައުންސިލްތަކަށް މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު އަންގާފައިވާ ކަމަށެވެ.

ައަދި އެފަދަ މަގު ބައްތިތައް މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ކުރިން ސަބް ޑީބީ ހަރުކޮށް ނިންމުމަށް ކުރިން އަންގާފައިވީ ނަމަވެސް ގިނަ ކައުންސިލްތަކުގެ އެދުމުގެ މަތިންނާއި މަސައްކަތުގެ މުހިންމުކަމުން މި މުއްދަތު އިތުރު އެއް މަސް ދުވަހަށް އިތުރުކުރަން ނިންމާފައިވާ ކަމަށް ފެނަކަ އިން ބުންޏެވެ.

ފެނަކައިން ބުނެފައިވާގޮތުން، މި މުއްދަތުގެ ތެރޭގައި ކައުންސިލްތަކުން ތަކެތި ފޯރުކޮށްދިނުމުން ފެނަކައިން ހިލޭ ސަބް ޑިބީތައް އިންސްޓޯލް ކޮށްދޭނެއެވެ. ނުވަތަ ފެނަކައިން ތަކެތި ފޯރުކޮށް ބިލް ކުރެވޭ ގޮތަށް އެ ކުންފުނީގެ ޓެކްނިކަލް މުވައްޒަފުންގެ އެހީތެރިކަމާއެކު ސަބްޑީބީ ތައްޔާރުކޮށް ހަރުކޮށްދިނުމުގެ މަސައްކަތް ކޮށްދެވިދާނެ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

މިއީ ޔުޓިލިޓީ ރެގިއުލޭޝަން އޮތޯރިޓީ (ޔޫއާރްއޭ) ގެ މިންގަނޑަށް މަގު ބައްތިތައް ގެނައުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަން ފާހަގަކޮށއ ފެނަކައިން އިތުރަށް ބުނީ، މި މުއްދަތުގެ ތެރޭގައި މިންގަނޑާއި އެއްގޮތަށް އިސްލާހު ނުކުރެވޭ މަގު ބައްތިތަކުން ކަރަންޓު މިމަހުގެ ނިޔަލަށް ކަނޑާލެވޭނެ ކަމަށެވެ.

އަދި މި ކަންތައްތައް ކައުންސިލްތަކުން ރަނގަޅު ކުރަމުންދޭތޯ ފެނަކައިގެ ބްރާންޗްތަކުން ގާތުން ބަލަމުންދާނެ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ފެނަކައިން މިފަދަ އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފައިވާއިރު މިދިޔަ މޭ މަހު އުނގޫފާރުގައި ހުރި މަގުބައްތި ހޮޅި ދަނޑިއަކުން މަގުމަތީގައި ހުރި ފެންގަނޑަކަށް ކަރަންޓް ދަތުރުކޮށް ދެ ކުޑަކުދިންނާއި 18 އަހަރުގެ ޒުވާނަކު ކަރަންޓުގައި ޖެހި، އެތަނުން 18 އަހަރުގެ ޒުވާނާ ވަނީ ނިޔާވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.