އައްޑޫސިޓީގައި ތަރައްޤީކުރި ހަންކެޑެ ބްރިޖް --- ފޮޓޯ: އައްޑޫލައިވް
ހަބަރު
10 Aug 2024 | 22:35
ހަންކެޑެ ބްރިޖްގެ މަސައްކަތް ނިމި، އިފްތިތާޙް ކުރަނީ

ހަންކެޑެ ބްރިޖްގެ މަސައްކަތް ނިމި، އިފްތިތާޙް ކުރަން ތައްޔާރުވެފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ. 

އައްޑޫ ސިޓީގައި ތަރައްޤީކުރަމުން ދިޔަ ހަންކެޑެ ބްރިޖްގެ މަސައްކަތް ނިމިފައިވާކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު މިއަދު ވަނީ ހާމަކުރައްވާފައެވެ. މި ބްރިޖަކީ އައްޑޫ ސިޓީގެ ފަތުރުވެރިކަމުގެ ދާއިރާއަށް އައު ހަރުފަތަކަށް ވާސިލުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މޭޔަރު ނިޒާރު ބައެއް މީޑިއާަކަށް މިއަދު ވިދާޅުވިގޮތުގައި، މާދަމާ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު އައްޑޫއަށް ވަޑައިގެން ބްރިޖު އިފްތިތާޙް ކުރައްވާނެއެވެ. ނަމަވެސް ބައެއް ސަލާމަތީ މަސައްކަތްތައް ނުނިމި ހުރުމާއެކު، އާންމުންނަށް ބްރިޖު ހުޅުވާލެވޭނީ އޭގެ ފަހުން ކަމަށް އޭނާ ވިދާޅުވިއެވެ.

1.4 ކިލޯމީޓަރުގެ ދިގުމިނުގައި ހަތަރު ލޭނުގެ މި ބްރިޖް ތަރައްޤީކޮށްފައިވަނީ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ. މި މަޝްރޫޢުގެ މަސައްކަތް ފެށުނީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. އައްޑޫގެ އެތެރޭގެ މަގުތައް ހިމެނޭހެން މުޅި މަޝްރޫޢުގެ އަގަކީ 1.19 ބިލިއަން ރުފިޔާއެވެ.

ހަންކެޑެ ބްރިޖަކީ އައްޑޫ ސިޓީގެ ލިންކް ރޯޑް ހަންކެޑެ ހުރަސްކޮށް އޮންނަ ބްރިޖެކެވެ. މި ބްރިޖް މުހިންމުވާ އެންމެ ބޮޑު ސަބަބަކީ، ހަންކެޑެ ކިޔާ ސަރަޙައްދު އެއްކޮށް ފަތުރުވެރިކަމަށް ދޫކޮށްލެވޭނެ ގޮތް ހެދުމެވެ. މި ބްރިޖް ނިމުމާއެކު، ހަންކެޑެ އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫޢުގެ ބިންގާވެސް އަޅާފައިވާކަން ފާހަގަކުރެވެއެވެ.

މި ބްރިޖް ނިމުމަކީ އައްޑޫ ސިޓީގެ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށް ބެލެވެއެވެ. އަދި މިއީ އައްޑޫ ސިޓީގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް އިތުރު ބާރެއް ލިބިގެންދާނެ ކަމެއްކަމަށްވެސް ލަފާކުރެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް