ނަޒާހަތްތެރި މަޖިލީހެއް ހޮވޭނީ ނަޒާހަތްތެރި އިންތިޚާބަކުން: ރައީސް މައުމޫން

10 Apr 2019 | 01:10

ނަޒާހަތްތެރި ރައްޔިތުންގެ މަޖިލީހެއް ގާއިމްކުރެވޭނީ ނަޒާހަތްތެރި އިންތިޚާބެއް ބާއްވައިގެންކަމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިހެން ވިދާޅުވީ އެމަނިކުފާނުގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ އެމްއާރްއެމްގެ ފަރާތުން މަޖިލިސް އިންތިޚާބަށް ހެޔޮ މަސައްކަތްތަކެއް ކުރިނަމަވެސް އެ މަސައްކަތާއި އެއްވަރަށް ކާމިޔާބު ލިބުމުގެ ފުުރުސަތު ހަނިިވިކަމަށެވެ.

އެކަމުގެ ސަބަބެއްގެ ގޮތުގައި ރައީސް މައުމޫން ވަނީ އެކި އެކި ނޭދެވޭ ނުފޫޒު ވަނުން ފާހަގަކުރައްވާފައެވެ. އެ ނޭދެވޭ ނުފޫޒުތަކަކީ ކޮބައިކަން ރައީސް މައުމޫން ފާހަގަކުރައްވާފައެއް ނުވެއެވެ.

ރައީސް މައުމޫން ވިދާޅުވީ ބޭނުންވެގެން މިއުޅެނީ ނަޒާހަތްތެެރި މަޖިލީހެއް ހޮވުމަށް ކަމަށެވެ. އަދި އެކަމަށްޓަކައި ނަޒާހަތްތެރި އިންތިޚާބެއް ބާއްވަންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެއާއި ޚިލާފަށް ބާއްވާ އިންތިޚާބުގެ ނަތީޖާއަކީ ތެދު ނަތީޖާއަކަށް ނުވާނެކަމަށް ރައީސް މައުމޫން ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވި ދަނޑިވަޅަކީ އެމްޑީޕީން މަޖިލިސް އިންތިޚާބު ކާމިޔާބުުކުރީ ރިޝްވަތުންކަމަށް ގާސިމް ފަަދަ ބޭފުޅުން ވިދާޅުވެފައިވާ ދަނޑިވަޅެކެވެ.

Advertisement

ކޮމެންޓް