އެމްޑީޕީން ހުޅުމާލޭގައި ބާއްވާ ހަރަަކާތެއްގައި އަދުރޭގެ ދަރި ފައިސަލް!

11 Apr 2019 | 13:40

މަޖިލިސް އިންތިޚާބުގައި ހުުޅުމާލޭ ދާއިރާ ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެނޑިޑޭޓް އަލީ ނިޔާޒުގެ ހަރަކާތެއްގައި އެ ދާއިރާއަށް ޕީއެންސީން ވާދަކުރި އިބްރާހިމް ފައިސަލް ބައިވެރިވެއްޖެއެވެ.

ފައިސަލް އަކީ ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރ އަބްދުއްރަހީމް އަބްދުﷲ ގެ ދަރިކަލުންނެވެ.

ހުޅުމާލެ ގޮނޑިކާމިޔަބު ކުރެއްވި ޢަލީ ނިޔާޒް ވަނީ ފައިސަލް އަދި އަމިއްލަ ގޮތުން ވާދަ ކުރި ކެނޑިޑޭޓް ސަންޗޭޒް ދައުވަތު ގަބޫލުކޮށް މި އިވެންޓްގައި ބައިވެރިވިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

މިރޭގެ ހަރަކާތުގައި ފައިސަލް ބައިވެރިވަނީ ނިޔާޒުގެ ދައުވަތަކަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ނަތީޖާ ވެބްސައިޓުން ދައްކާ ގޮތުގައި ނިޔާޒަށް ވަނީ ވޯޓުލީ މީހުންގެ މެޖޯރިޓީ ލިބިފައެވެ. އެއީ 936ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 48.30އިންސައްތައެވެ. ނިޔާޒާއި އެންމެ ކައިރިން ވާދަކުރެއްވީ ޕީއެންސީގެ އިބްރާހިމް ފައިސަލެވެ. ފައިސަލްއަށް ލިބުނީ 518 ވޯޓެވެ.

ހުޅުމާލޭ ދާއިރާއަށް ޖުމްލަ ހަތް ކެނޑިޑޭޓުން ވާދަކުރިކަން ފާހަގަކޮށްލެެވެއެވެ.

Advertisement

ކޮމެންޓް