މަޖިލީހުގެ ކުރީގެ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އަބްދުالله ޝަފީޤު (މޯޑް)
ހަބަރު
10 Dec 2024 | 10:48
ރައީސް އަމީނާމެދު ކަންތައް ކުރި ގޮތަށް އެއްވެސް ވެރިޔަކާމެދު ކަންތައް ވާކަށް ނޭދެން: މުޙައްމަދު އަބްދުالله ޝަފީގު

ރައީސް އަމީނާމެދު ކަންތައް ކުރި ގޮތަށް އެއްވެސް ވެރިޔަކާމެދު ކަންތައް ވާން އެދިނުލައްވާ ކަމަށް އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ މަޖިލީހުގެ ކުރީގެ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އަބްދުالله ޝަފީޤު (މޯޑް) ވިދާޅުވެއްޖެއެވެ. 

އެމްޑީޕީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒް ވަނީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ދެރަދޭ އުސޫލުން ކަންކުރާނަމަ، ކުރީގެ ރައީސް މުހައްމަދު އަމީން އަށް ހެދިގޮތް ހަދަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

”ރައްޔިތުންނަށް ދެރަ ދިނީމަ، ހަމަ މުޙައްމަދު އަމީނަށް ހެދިހެން ހަދަން ޖެހޭނީ. އެހެން ކޮން ގޮތެއްތޯ ހަދާނީ؟ އެއީ ދިވެހިރާއްޖޭގެ ތާރީޚު“ ފައްޔާޒު އިސްމާޢީލް ވިދާޅުވިއެވެ. 

އެކަމާއިގުޅިގެން، ފައްޔާޒަށް ރައްދު ދެއްވައި އަމީން ދީދީގެ ކާފަދަރިން އެކްސްގައި ކުރެއްވި ޕޯސްޓަކަށް ކުރެއްވި ކޮމެންޓެއްގައި މޯޑު ވިދާޅުވީ، ދިވެހި ތާރީޚްގެ ކަޅު އެޞަފުޙާ އިއާދަވާން އެދިނުލައްވާ ކަމަށެވެ. 

އެމްޑީޕީން އިއްޔެ ނޫސްވެރިންގެ ބައްދަލުވުން ބާއްވާފައިވަނީ އެޕާޓީން މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު ޖަލްސާއަށް ތައްޔާރުވުމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށެވެ. 

ނޫސްވެރިންނާ ވާހަކަދައްކަވަމުން ފައްޔާޒް ވަނީ ކުރީގެ ރައީސް އަމީން އާ ގުޅޭގޮތުން އެމްޑީޕީގެ އެކްޓިވިސްޓަކު ދެއްކި ވާހަކަ ދިފާއުކޮށް ވާހަކަދައްކަވާފައެވެ. އެގޮތުން ރައްޔިތުންނަށް ދެރަދޭ އުސޫލުން ކަންކުރާނަމަ އަމީން ދީދީއަށް ހަދާލިގޮތުން ނޫން ދެން އިތުރުގޮތެއް ނެތްކަމަށް ވިދާޅުވެފައެވެ. ފައްޔާޒު ވިދާޅުވީ އެހެން ބުނި މީހަކު އެގޮތަށް ބުނެފައިވަނީ ރައީސް ޑރ.މުއިއްޒުއަށް ނަސޭހަތަކަށް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.