އެމްޑީޕީ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް: ފޮޓޯ/ އެމްޑީޕީ
ހަބަރު
10 Dec 2024 | 11:28
ސަރުކާރުން ވައުދު ނުފުއްދާތީ މަސްވެރިކަން އިނދަޖެހި މަސްވެރިން ތިބީ ވަރަށް ދަތި ހާލުގައި: ފައްޔާޒު

މަސްވެރިންގެ ދުވަސް ފާހަގަކުރަމުންދާއިރު، ސަރުކާރުން ވައުދުތައް ނުފުއްދުމުގެ ސަބަބުން މަސްވެރިކަން އިނދަޖެހި، މަސްވެރިން ވަރަށް ދަތި ހާލުގައި ތިބިކަމަށް ކުރީގެ އިކޮނަމިކް މިނިސްޓަރ އަދި އެމްޑީޕީ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

މަސްވެރިންގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ، މަސްވެރިންނަށާއި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކަށް މަސްވެރިންގެ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާ ކަމަށެވެ. 
ނަމަވެސް މި ދުވަސް ފާހަގަކުރަމުންދާއިރު، ސަރުކާރުން ވައުދުތައް ނުފުއްދުމުގެ ސަބަބުން މަސްވެރިކަން އިނދަޖެހި، މަސްވެރިން ވަރަށް ދަތި ހާލުގައި ތިބިކަން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ފައްޔާޒު ވިދާޅުވީ، މި ކަންބޮޑުވުންތައް ސަރުކާރަށް އިއްވުމަށްޓަކައި މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާގައި ބައިވެރިވުމަށް އެންމެހާ ފަރާތްތަކަށް ދަޢުވަތު އަރުވާ ކަމަށެވެ.

ފައްޔާޒު މިހެން ވިދާޅުވެފައި ވާއިރު، "ގާނޫނުއަސާސީގެ ދިފާއުގައި ރައްޔިތުން“ ނަމުގައި ބާއްވާ މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ، މިރޭ 20:30 ގައި ކާނިވާ ސަރަހައްދުގައެވެ.

އެމްޑީޕީން ބުނެފައިވާ ގޮތުން، މި ޖަލްސާއަކީ ގިނަ ބައެއްގެ މަސައްކަތުން ހޯދި ޑިމޮކްރަސީ އާއި އިންސާނީ ހައްގުތައް މި ސަރުކާރުން ނިގުޅައިގަންނަމުން ދާތީ އެކަމާ ދެކޮޅަށް އަޑުއުފުލަން ބާއްވާ ޖަލްސާއެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Jun 2026
ކުރީގެ އަނބިމީހާ ވިއްކާލާނެ ކަަމަށް ބުނެ އިންޒާރުދިން މައްސަލައެއް: ތުހުމަތުގައި ބުރަދަނެއް ނެތް
ފުލުހުންނަށް ހުށަހެޅުނު މި މައްސަލާގައި ޖިންސީ ގޯނާގެ އެއްވެސް ތުހުމަތެއް ހިމެނިފައެއް ނުވާ ކަމަށް ފުލުހުން ބުންޏެވެ.
05 Jun 2026
ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި
މީކާއީލް އިންތިހާބު ކުރަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށްވެސް ބުންޏެވެ.
05 Jun 2026
އައްޑޫ ސިޓީގެ ހުރިހާ އުމްރާނީ ތަރައްޤީއަކީ އެމްޑީޕީގެ އެއްޗެއް: ނަޝީދު
އައްޑޫގެ އުމްރާނީ ހުރިހާ ތަރައްގީއަކީ އެމްޑީޕީގެ އެއްޗެއް ކަމަށާ، އިތުރު އެއްވެސް ސަރުކާރަކުން އައްޑޫގެ ތަރައްގީއަށް ކަމެއް ކޮށްދީފައި ނުވާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
05 Jun 2026
އަނބިމީހާ ކޮޓަރިއެެއްގައި ބަންދުކޮށް، ހަށިވިއްކުވި މައްސަލައެއް
އަނބިމީހާ ކޮޓަރިއެއްގައި ބަންދުކޮށްގެން ގެންގުޅެ، އޭނާ ލައްވައި ހަށިވިއްކުވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބަންގްލަދޭޝް ފިރިހެނަކު 10 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
05 Jun 2026
ވ. ތިނަދޫ ރައީސްގެ ގޮނޑިއާމެދު ސުވާލު: ކައުންސިލް ހިންގުން ނާއިބަށް
އެ އޮތޯރިޓީގެ ބޯޑުން ގޮތެއް ނިންމައި ވަކި ގޮތެއް އަންގަންދެން ކައުންސިލްގެ ރައީސް ޝުޖާއު މަގާމުގެ މަސްއޫލިއްޔަތުން ވަގުތީ ގޮތުން އެއްކިބާވުަށާއި ކައުންސިލް އިދާރާއަށް ނުނިކުތުމަށް އަންގާފައިވެ އެވެ.
05 Jun 2026
މިއަހަރު ރައީސް މުޢިއްޒު އިސްތިއުފާދެއްވަން ޖެހޭނެ: ޞާލިޙް
މިއަހަރު ނިމުމުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަގާމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށާ، މަޖިލީހުގެ ތެރެއިން އެމަނިކުފާނު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
05 Jun 2026
ހެޔޮކަންކަމަށް އަމުރުކޮށް މުންކަރާތްތައް މަނާކުރުމަކީ އެންމެންގެ ޒިންމާއެއް
ކުޅަދާނަވީ މިންވަރަކުން ހެޔޮކަންތައްތަކަށް އަމުރުކުރުމާއި ނުބައިކަންތައްތައް ނަހީކުރުމަކީ މުޖުތަމަޢުގެ ކޮންމެ ފަރުދެއްގެ އިޖުތިމާޢީ އަދި ދީނީ ޒިންމާއެއްކަން މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
05 Jun 2026
ޒުވާން ޝުރުތިކާ މަރުވިއިރު ހޮޓެލުން ޗެކްއައުޓްވާން އޮތީ އެންމެ 30 މިނެޓް
އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ މާލްވިޔާ ނަގަރުގައި ހުރި ހޮޓަލެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި، މަޝްހޫރު ޓާޓާ އިންސްޓިޓިއުޓް އޮފް ސޯޝަލް ސައިންސަސް (ޓީ.އައި.އެސް.އެސް) އިން ދަސްވެނިވި އުމުރުން 25 އަހަރުގެ ޝްރުތިކާ ބަރަންވާލް ވަނީ މަރުވެފައެވެ.