ފައްޔާޒް، އެމްޑީގެ ޖަލްސާއެއްގައި
ހަބަރު
10 Dec 2024 | 15:36
ޖަލްސާ ބާއްވަނީ ރައްޔިތުންގެ އަޑު އިއްވަން. އެނޫން ބޭނުމެއްނެތް: ފައްޔާޒް

އެމްޑީޕީން މިރޭ ކާނިވާ ސަރަހައްދުގައި ބާއްވާ ޖަލްސާއަކީ ސަރުކާރުން ކަންކަން ކުރަމުންދާ ގޮތާމެދު ރައްޔިތުންގެ ޝުއޫރު ފާޅުކުރުމަށް ބާއްވާ ޖަލްސާއެއް ކަމަށާއި، އެނޫން މަގްސަދެއް ނެތްކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން އިއްޔެ ބެއްވި ނުސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ރައީސް މުހައްމަދު އަމީން އާ ގުޅުވައިގެން ދެއްކި ވާހަކަތަކާ ގުޅިގެން ބައެއް ސިޔާސީ ފަރާތްތަކުން ދަނީ ފައްޔާޒުގެ އެ ވާހަކަތައް ވަރަށްބޮޑަށް ކުށްވެރިކުރަމުންނެވެ. އެ ވާހަކަތަކާ ގުޅިގެން މިއަދު މަޖިލީހަށްވެސް އެ މައްސަލަ ގޮސްފައިވާއިރު، ރާއްޖެ ޓީވީގައި މިއަދު ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ، އެމްޑީޕީން މިރޭ ބާއްވާ ޖަލްސާއަކީ ހަމައެކަނި ރައްޔިތުންގެ ޝުއޫރުތައް ފާޅުކުރުމަށް ބާއްވާ ޖަލްސާއެއް ކަމަށެވެ.

ފައްޔާޒް ވިދާޅުވީ ކުރީގެ ރައީސް އަމީން އާ ގުޅުވައިގެން ދެއްކެވި ވާހަކަތައް ވަރަށްބޮޑަށް އޮޅުވާލައިގެން ދައްކަމުންދާކަމަށާއި، ދެއްކެވި ހަމައެކަނި ވާހަކައަކީ އަމީންގެ ވެރިކަން ވެއްޓުނު ގޮތުގެ ވާހަކަ ކަމަށެވެ. 

އިދިކޮޅު ފަރާތްތަކުން ޖަލްސާ ބޭއްވިއަ ނުދިނުމަށް އެކިގޮތްގޮތުން މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވަމުން ފައްޔާޒް ވިދާޅުވީ، މިއުޅެނީ ހަމަނުޖެހުމެއް ހިންގަން ނޫންކަމަށާއި ކުރަން މިއުޅޭކަމަކީ ގާނޫނު އަސާސީން ލިބިދީފައިވާ ހައްގުގެ ދަށުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ސަރުކާރަށް އަޑުއިއްވަން ކަމަށެވެ. އިދިކޮޅުގެ ބޭނުމަކީ މިރޭ ބާއްވާ ޖަލްސާއަށް ދާނެ ރައްޔިތުން މަދުކުރުން ކަމަށާއި ރައްޔިތުންގެ ޝުއޫރުތައް ހުރިގޮތް މިހާރު ކޮންމެވެސް ވަރަކަށް ސަރުކާރަށް އެނގޭކަމަށެވެ.

އެބޭފުޅުން (ސަރުކާރު) ބޭނުންނުވަނީ ރައްޔިތުން ބިރުފަހަނަ އަޅައި ގޮސް އެ ނުރުހުން އޮތްކަން ރަސްމީކޮށް ފެންނަން

ފައްޔާޒް ވިދާޅުވިއެވެ

ފައްޔާޒް ވިދާޅުވީ ހަމަޖެހިފައިވާ ގޮތަށް މިރޭ 20:30 ގައި ކާނިވާ ސަރަހައްދުގައި ޖަލްސާ ފެށޭނޭ ކަމަށާއި، ސަރުކާރަށް ޖަލްސާ ނުހުއްޓުވޭނޭ ކަމަށެވެ. ޖަލްސާގައި އެއްވެސް ހަމަނުޖެހުމެއް ހިންގަން ފުރުސަތު ނޯންނާނޭކަން ފާހަގަކުރައްވަމުން ފައްޔާޒު ވިދާޅުވީ ޖަލްސާ ބާއްވާ ސަރަހައްދުގައި ރައްޔިތުން ޝުއޫރު ފާޅުކުރުމުގެ ގޮތުން ހަރަކާތްތަް ކުރިއަށްދާނޭ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.